Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކާ އެކު ބޮޑު 15 މަޝްރޫއެއް ރޯދައިގެ ކުރިން ނިމޭނެ: ޝަހީމް

މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކާ އެކު ބޮޑު 15 މަޝްރޫއެއް ރޯދައިގެ ކުރިން ނިމޭނެ: ޝަހީމް

މުހައްމަދު ޖަމްޝަތު
313 ދުވަސް ކުރިން - 22 އޮކްޓޫބަރު 2025 13:42
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު  މިއަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަނީ---ފޮޓޯ: މަޖިލިސް އިދާރާ
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަނީ---ފޮޓޯ: މަޖިލިސް އިދާރާ
ޚުލާސާ

މަޝްރޫއުތައް އަވަސްކުރުމަށް ސަރުކާރުން ވަރަށް ބުރަކޮށް މަަސައްކަތް ކުރަމުންދާ ކަމަށާއި މިދިޔަ 2 އަހަރުތެރޭގައި ކޮންޓްރެކްޓަރުންނަށް 170 މިލިއަން ރުފިޔާ ދޫކުރި ކަމަށް މިނިސްޓަރު ވިދާޅުވި

ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން އިސްލާމީ ކަންކަމާ ގުޅުންހުރި ބޮޑު 15 މަޝްރޫއެއްގެ މަސައްކަތް ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން މިއަދު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ ދާއިރާގެ ގިނަ މަޝްރޫއުތަކެއް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާއިރު ބައެއް މަޝްރޫއުތައް މަޑުޖެހިފައިހުރީ ކުރީ ސަރުކާރުން އެ މަޝްރޫއުތައް ހަވާލުކުރި ކޮންޓްރެކްޓަރުގެ ސަބަބުން ކަމަށެވެ. އެކަންކަން ހައްލުކޮށް، ވީހާވެސް އަވަހަށް މަޝްރޫއުތައް ނިންމުމަށް މި ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ މި ސަރުކާރުގެ އެއްވެސް އިހުމާލެއް އޮވެގެން ވެފައިވާ ކަމެއް ނޫން. އެހެން ބަޔަކު ހަވާލުކޮށްފައިވާ މަޝްރޫއެއް ގާބިލުނޫން ބަޔަކާ ހަވާލުކުރުމުގެ ސަބަބުން އެ މަޝްރޫއު ލަސްވެފައި މިވަނީ. އަޅުގަނޑުމެންގެ ސަރުކާރު ގާއިމުވި ފަހުން ހަވާލުކުރެވުނު މަޝްރޫއުތައް މިދަނީ ނިމެމުން،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

Advertisement

Advertisement 1

ޝަހީމް ވިދާޅުވީ ހުރިހާ މަޝްރޫއެއް ވެސް ނިންމަން ސަރުކާރުން އަންނަނީ ވަރަށް ބުރަކޮށް މަަސައްކަތް ކުރަމުން ކަމަށާއި އިސްލާމީ ދާއިރާގެ މަޝްރޫއުތަކަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަަރަށް ބޮޑު އަހައްމިޔަތުކަމެއް ދެއްވާ ކަމަށެވެ.

އެގޮތުން، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ޕްރައިވެޓް ސެކްޓަރ ކުންފުނިތަކަށް ދައްކަންޖެހޭ 170 މިލިޔަން ރުފިޔާ ދޫކުރައްވާ ކަމަށާއި މިއާއެކު އަންނަ ރޯދަ މަހުގެ ކުރިން ބޮޑު 15 މަޝްރޫއެއްގެ މަސައްކަތް ނިމޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"މިގޮތުން ޕްރައިވެޓް ސެކްޓާގެ ކުންފުނިތަކަށް، މަޝްރޫއުތައް ނިންމުމަށް މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 170 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކުރެވިފައި... މާތްﷲ އިރާދަކުރެއްވިއްޔާ އަންނަ ރޯދަމަހުގެ ކުރިން، ބޮޑު 15 މަޝްރޫއެއް އިސްލާމީ ދާއިރާގެ ނިމިގެންދާނެ. އޭގެ ތެރޭގައި 500 މީހުންގެ ޖާގައިގެ މިސްކިތްތަކާއި 700 މީހުންގެ ޖާގައިގެ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނޭނެ،" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުން މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ކަމަށެވެ. އެގޮތުން، އެމިނިސްޓްރީން އެކި ފަރާތްތަކަށް 50 މިލިޔަން ރުފިޔާ ދައްކަންޖެހިފައި އޮތް ކަމަށާއި މިހާތަނަށް އެ ފައިސާއާއެކު 170 މިލިޔަން ރުފިޔާ ކުންފުނިތަކަށް ދޫކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްމިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

4 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

4 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

4 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

5 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

5 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

6 ދުވަސް ކުރިން - 07:43