Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ތެލަސީމިއާ ކުދިންނަށް އަންނަ އަހަރުން ފެށިގެން 1000 ރުފިޔާގެ އެލަވަންސެއް!

މުހައްމަދު ޖަމްޝަތު
359 ދުވަސް ކުރިން - 22 އޮކްޓޫބަރު 2025 01:12
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. ގަން ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކަވަނީ---ފޮޓޯ: ރައީސް އޮފީސް

ޚުލާސާ

ލަސީމިއާ ކުދިންގެ ގޮތުގައި 982 ކުދިން ރަޖިސްޓްރީވެފައިވާއިރު އެކުދިންނަށް އެލަވަންސް ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި 11.7 މިލިއަން ރުފިޔާ ވަނީ ހިމަނާފަ

ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ ކޮންމެ ކުއްޖަކަށް އަންނަ އަހަރުން ފެށިގެން ކޮންމެ މަހަކު 1،000 ރުފިޔާގެ އެލަވަންސެއް ދޭން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލ.ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް މިރޭ ވިދާޅުވީ ތެލަސީމިއާ އެލަވަންސްގެ ގޮތުގައި އަންނަ އަހަރު ކޮންމެ ކުއްޖަކަށް 1،000 ރުފިޔާގެ ރޭޓުން އެލަވަންސެއް ދިނުމަށް ނިންމަވައި އަންނަ އަހަރުގެ ބަޖެޓުގައި އެކަމަށް 11.7 މިލިޔަން ރުފިޔާ ހިމެނުމަށް ނިންމާފައިވާކަމަށެވެ. އަދި މި އެލަވަންސްގެ ސަބަބުން އެ ކުދިންނަށް މިހާރު ލިބޭ ފަރުވާއަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ތެލަސީމިއާ ކުދިންގެ ގޮތުގައި 982 ކުދިން ރަޖިސްޓްރީވެފަ އެބަތިންބެވެ.

Advertisement

Advertisement 1

ތެލަސީމިއާ ކުދިންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ވީހާވެސް ބޮޑަށް ރަނގަޅުކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭގައި ހުރި ތެލަސީމިއާ ސެންޓަރުން ދެމުން ގެންދިޔަ ހިދުމަތްތައް ހުޅުމާލެ އޮރެންޖް ހިޔާއަށް ވަނީ ބަދަލުކޮށްފައިވާއިރު އެކުދިންނަށް ފަސޭހައިން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނެ މަގުތަނަވަސް ކޮށްދީފައިވާއިރު ތެލަސީމިއާ ކުދިންނަށް ފަރުވާދިނުމުގައި މިހާރު ރާއްޖޭގައި ޔޫރަޕުގެ ޑޮކްޓަރުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ރާއްޖޭގައި ތެލެސީމިއާ ކުދިންގެ އާބާދީ މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސްކޫލްތަކުގެ ގްރޭޑް 10 އެއްގައި ކިޔަވާ ދަރިވަރުން ތެލެސީމިއާއަށް ސްކްރީންކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށާފަ އެވެ. އަދި ބޯންމެރޯ ޓްރަންސްޕްލާންޓް ހެދުމުގެ އިންތިޒާމު ދައުލަތުގެ ހަރަދުގައި ހަމަޖައްސައިދެއްވުމުގެ އިންތިޒާމު ހަރުދަނާކުރުމާއި ތެލެސީމިއާ ކުދިން ހަދަންޖެހޭ މުހިއްމު ބައެއް ޓެސްޓުތައް ރާއްޖޭގައި ހެދޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސަވާފަ އެވެ.

ތެލަސީމިއާރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ދަނޑުވެރިކަމުން އަމިއްލަ ފުދުންތެރިކަން ހޯދުމަކީ ގައުމީ އިސްތިގުލާލާ ގުޅިފައިވާ ކަމެއް: ރައީސް

1 ދުވަސް ކުރިން - 13:57

ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކްޓަރީ ވެބްސައިޓް އިފުތިތާހުކޮށްފި

1 ދުވަސް ކުރިން - 12:13

ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުން ބޭރުގެ އެއްވެސް ފަރާތަކާ ހަވާލެއް ނުކުރާނެ: ސަރުކާރު

2 ދުވަސް ކުރިން - 15:02

ރަސްމާލެ ވޯޓަރފްރޮންޓް މަޝްރޫއާއެކު މަތީ ފަންތީގެ ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެ: އަލްއައްބާރު

2 ދުވަސް ކުރިން - 13:33

ރަސްމާލެ ވޯޓަރފްރަންޓް މަޝްރޫއުން ދިވެހި ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ: އަލްއައްބާރު

5 ދުވަސް ކުރިން - 15:29

ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ 9 ވަނަ ސެޝަން މިރޭ

5 ދުވަސް ކުރިން - 10:52