ސަބަބު މެދުވެރިވެއްޖެ ކަމުގައި ވަނީނަމަ އަނެއްކާވެސް އީރާނުގެ މިސައިލްތައް ބޭނުންކުރަން ޖެހިދާނެ ކަމަށް ބުނެ އީރާނުގެ ލީޑަރު އާޔަތުالله ސައްޔިދު ޢަލީ ޙުސައިނީ ޚާމަނާއީ އިންޒާރެއް ދެއްވައިފިއެވެ.
ޚާމަނާއީ މިގޮތަށް އިންޒާރު މި ދެއްވީ އިސްރާއީލުގެ ވަރަށް ބޮޑު ލަޝްކަރެއް ލުބުނާނުގެ ބޯޑަރު ކައިރިޔަށް ހަތިޔާރާއި އެކު ތަމްރީނުތަކަށް ކަމަށް ބުނެ އެއްވެފައިވާ ދަނޑިވަޅެއްގައެވެ.
ލުބުނާނުގައިވާ އީރާނުން ވާގިދޭ ހިޒްބުﷲ ޖަމާޢަތާއި ދެކޮޅަށް އިސްރާއީލުން އޮޕަރޭޝަނަކަށް ތައްޔާރުވަމުންދާ ކަމުގެ ޚަބަރުތައް ވެސް ދަނީ ލިބެމުންނެވެ.
އެހެންކަމުން ޚާމަނާއީގެ މި ނުސީދާ އިންޒާރަކީ އިސްރާއީލަށް ދިން އިންޒާރެއް ކަމަށް ބެލެވެއެވެ.