ލުބުނާނުގެ ބޯޑަރު ކައިރިޔަށް ހަތިޔާރާއެކު ޔަހޫދީ އަސްކަރިއްޔާގެ ބޮޑު ލަޝްކަރެއް އެއްވެއްޖެ

ޢަބްދުﷲ ޖުނައިދު | 46 ދުވަސް ކުރިން - 20 އޮކްޓޯބަރު 2025 12:25
ކުއްލި ޚަބަރު: ލުބުނާނުގެ ބޯޑަރު ކައިރިޔަށް ހަތިޔާރާއެކު ޔަހޫދީ އަސްކަރިއްޔާގެ ބޮޑު ލަޝްކަރެއް އެއްވެއްޖެ
ކުއްލި ޚަބަރު: ލުބުނާނުގެ ބޯޑަރު ކައިރިޔަށް ހަތިޔާރާއެކު ޔަހޫދީ އަސްކަރިއްޔާގެ ބޮޑު ލަޝްކަރެއް އެއްވެއްޖެ
ޚުލާސާ

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި އެތައް ފަހަރަކު ޚިލާފުވެ، ބޯޑަރު ހުރަސްކޮށް ލުބުނާނަށް ޙަމަލާދެމުންދާ އިސްރާއީލުގެ ވަރަށް ބޮޑު ލަޝްކަރަެއް ހަތިޔާރާއެކު ލުބުނާނުގެ ބޯޑަރުކައިރީގައި ތަމްރީނުތަކެއް ފަށައިފި.

އެތައް ހާސް ސިފައިންނާއި ޓޭންކަރުތަކާއި ހަތިޔާރާއި އަދި ވައިގެ ޔުނިޓްތައް ހިމެނޭ އިސްރާއީލުގެ ބޮޑު ލަޝްކަރެއް ލުބުނާނުގެ ބޯޑަރު ކައިރިޔަށް އެއްވެއްޖެއެވެ.

ޔަހޫދީ އަސްކަރިއްޔާގެ ޖެނެރަލަކާއި ޙަވާލާދީ އިސްރާއީލުގެ ނޫހަކުން ބުނީ މިއީ އޮކްޓޯބަރު 7 2023 ގެ ފަހުން އިސްރާއީލުން ކުރިޔަށްދާ އެންމެ ބޮޑު ތަމްރީނެވެ.

ނަމަވެސް މިއީ ސީރިއަސް ކަމެއްގެ ގޮތުގައި ބަލަން ޖެހޭ ސަބަބަކީ އިސްރާއީލުން ވަނީ ލުބުނާނާއި ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ވެސް އެތައް ފަހަރަކު ޚިލާފުވެ، އަދި ބޯޑަރު ހުރަސްކޮށް އެތައް ފަހަރަކު ލުބުނާނަށް ޙަމާލާ ދީފައި ވާތީއެވެ. އަނެއްކޮޅުން، އިސްރާއީލު ސިފައިން އަދިވެސް ތިބީ ލުބުނާނުގެ ދެކުނުގެ ބައެއް ޒޯންތައް ހިފައިގެންނެވެ.

ވުމާއި އެކު މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ އައު ހަމަނުޖެހުންތައް ކުރިމަތިވުމުގެ ނުރައްކާ އޮތް ކަމެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%