Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޖުމްލަ 11 މަޝްރޫއެއް - އެއާޕޯޓެއްގެ ފެހި ސިގްނަލް މާވަށަށް!

ޖުމްލަ 11 މަޝްރޫއެއް - އެއާޕޯޓެއްގެ ފެހި ސިގްނަލް މާވަށަށް!

އައިޝަތު ރުވާ ރިފްޢަތު
313 ދުވަސް ކުރިން - 20 އޮކްޓޫބަރު 2025 12:01
ރައީސުލްޖުމްހޫރިއްޔާ މާވަށު ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ މާވަށު ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ އެއާޕޯޓެއްގެ ބޭނުންވެފައި ހުރި މިންވަރު އެމަނިކުފާނަށް ވިސްނިވަޑައިގަންނަވާ ކަމަށާއި، އެކަމަށް ގޮތެއް ނިންމަވާނެ ކަމަށް.

ދުރު ރާސްތާއަށް ދެވަނަ އެއާޕޯޓެއް މި އަތޮޅުގައި އެޅުމަށް އެންމެ އެކަށޭނެ ރަށަކީ މާވަށް ކަމަށާއި އެ މަޝްރޫއު ފައްޓަވައިދެއްވާނެ ކަމުގެ ފެހި ސިގްނަލް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާވަށު ރައްޔިތުން އެއާޕޯޓެއްގެ ބޭނުން ވެފައި ހުރި މިންވަރު އެމަނިކުފާނަށް އިހުސާސްވެވަޑައިގަންނަވާ ކަމަށާއި އަވަސް މުސްތަގުބަލެއްގައި އެކަމަށް ގޮތެއް ނިންމަވާނެ ކަމަށެވެ.

މާވަށުގައި އެއާޕޯޓެއް ތަރައްގީ ކޮށްދެއްވުމަށް މާވަށު ކައުންސިލްގެ ރައީސް ވެސް ވަނީ ރައްޔިތުންގެ ފަރާތުން ރައީސަށް ދަންނަވާފަ އެވެ.

Advertisement

Advertisement 1

މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ މާވަށަށް ވަޑައިގެން ގިނަ މަޝްރޫއުތަކެއް ފައްޓަވައިދެއްވާ އަދި އިފްތިތާހުކޮށްދެއްވާފައިވެ އެވެ. އެގޮތުން؛

  1. ބީއެމްއެލްގެ އޭޓީއެމް އިފްތިތާހުކޮށްދެއްވުން
  2. ބޭންކް އޮފް މޯލްޑިވްސްގެ ގޮތްޕެއް ގާއިމްކުރުމުގެ މަސައްކަތް ފެއްޓެވުން
  3. ގޮޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފެއްޓެވުން
  4. ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވުން
  5. މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެއްޓެވުން
  6. އައުޓްޑޯ ވޮލީ ކޯޓުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުން
  7. ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވުން
  8. ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުން
  9. އައިސް ޕްލާންޓުގެ މަސައްކަތް ހަވާލުކުރެއްވުން
  10. ސްކޫލްގެ އައު އިމާރާތުގެ ބިނާކުރުމާއި ވަށާފާރު ރޭނުމުގެ މަސައްކަތް ހަވާލުކުރެއްވުން
  11. ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީ އާއެކު ސޮއިކުރެއްވުން

މީގެ އިތުރުން މާވަށުގައި މި މަހުގެ އަށް ވަނަ ދުވަހު ފެށި ބިން ހިއްކުމުގެ އަމަލީ މަސައްކަތްވެސް ރައީސް ވަނީ ބައްލަވާލައްވައިފަ އެވެ. ބިން ހިއްކުމުގެ މި މަޝްރޫއުއަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ. ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކުމަށް ހަވާލުކޮށް މަސައްކަތް ކުރަމުންދަނީ އެމްޓީސީސީ އިންނެވެ. ރައީސް ކުރިން ވައުދުވެފައިވަނީ 15 ހެކްޓަރުގެ ބިން ހިއްކައިދެެއްވާނެ ކަމަށެވެ. ނަމަވެސް ފަހުން ރައީސް ވަނީ 30 ހެކްޓަރުގެ ބިން މާވަށުގައި ހިއްކަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ބިން ހިއްކައި ނިމުމުން އެ ބިމުގައި ފަށާނެ އެންމެ ފުރަތަމަ މަޝްރޫއުއަކީ ޒަމާނީ ފެންވަރެއްގެ ފުޓްބޯޅަ ދަނޑެއް މާވަށުގައި ތަރައްގީ ކޮށްދެއްވުން ކަމަށެވެ. އަދި އޭގެ އިތުރުން ހައުސިންގ މަޝްރޫއެއް ވެސް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ މި ރަށުގެ ސިއްހީ ދާއިރާ ތަރައްގީކުރުމުގެ ގޮތުން މި މަސް ތެރޭގައި ކުންފުންޏަކާއެކު އެއްބަސްވުމުއް ހަދައި ހޮސްޕިޓަލެއް ގާއިމް ކުރުމުގެ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށެވެ. އަދި މިއަންނަ އަހަރު ރާއްޖޭގެ ސީ އެމްބިއުލާންސްގެ ފްލީޓު ފުޅާކޮށް، މި ރަށުގައި ގާއިމްކުރެވޭ ސީ އެމްބިއުލާސްގެ ހިދުމަތެއް އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. އަދި މީގެ އިތުރުން ސްޕޯޓްސް ފިޝިންގ ބޮއެއް މި ސަރަހައްދުގައި ގާއިމްކޮށްދޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވައުދުވެފަ އެވެ. މިއީ ރައީސް ޑރ. މުޢިއްޒު، މާވަށަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ.

ލ. މާވަށްރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

މާވަށް

312 ދުވަސް ކުރިން - 23:38

ރައީސް ބުނީ ދުރު މުސްތަގުބަލައް ވިސްނާފަ އެއާޕޯޓު އަޅަން އެންމެ މުހިންމު ރަށެއްގައޭ އެއާޕޯޓު އަޅާނީ. ވަރަށް އަވަހަށް އަޅާނެ ވަކިތަނެއް ނިންމާނެ ކަަމަށް. ނުބުނޭ ވަކި ރަށެއްގެ ވާހަކައެއް. ޚަބަރުތައް ލިޔާއިރު ތަންކޮޅެއް ޒިންމާދުވާން އެބަ ޖެހޭ. މީޑިއާ ރެގިއުލޭޓް ބިލް ތަކާ އެއްޗިހި ހަދާފަ ވަނީ ކޮންމެސް ކަމަކު.

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

18 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

1 ދުވަސް ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02