ޣައްޒާ އަށް އިސްރާއީލުން މިހާރު ދެމުންދާ ވައިގެ ޙަމަލާތައް ހުއްޓާލައި ޓްރަމްޕްގެ ނިންމުން އަލުން ތަންފީޛުކުރުމުގެ މަޝްވަރާތައް އިސްރާއީލުގެ ސަރުކާރުތެރޭގައި ފަށައިފި ކަމަށް އިތުބާރު ހުރި މަސްދަރަކުން މަޢުލޫމާތު ލިބިއްޖެއެވެ.
އެ މަސްދަރުން ވަނީ ޣައްޒާ ހަނގުރާމަ ހުއްޓައިލުމާއި މެދު އިސްރާއީލުން ޓްރަމްޕަށް ބޭވަފާތެރި ވެއްޖެ ކަމަށް ސީދާ ޓްރަމްޕް ވިދާޅުވި ކަމަށް ވެސް ބުނެފައެވެ.
ޔަހޫދީން މިއަދު ވެސް ވަނީ ޣައްޒާގެ 35 މީހުން ޝަހީދުކޮށްލާފައި ކަމަށް މަސްދަރުތަކުން ބުނާއިރު، ޙަމާސް އިން ވަނީ ޚާން ޔޫނިސްގައި ޔަހޫދީންގެ ދެސިފައިން މަރާލައި ޔަހޫދީންގެ ބައެއް ބަރު ހަތިޔާރާއި މެޝިނަރީޒްތައް ހަލާކުކޮށްލާފައެވެ.
މި ދެންނެވި މަސްދަރުން ދެންމެ ބުނީ ޓްރަމްޕްގެ ޕްލޭނާއި އެއްގޮތަށް ޣައްޒާގެ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުން އަލުން ތަންފީޛު ކުރުމަށް އިސްރާއީލްގެ ޑިފެންސް ފޯސްގެ ތެރޭގައި މިހާރު ވާހަކަ ދައްކަން ފަށާފައިވާ ކަމަށެވެ.
އެ މަސްދަރުން ލަފާ ކުރަނީ މި ސަބަބަުތަކާއި ހުރެ ފަހަރެއްގައި މާދަމާ އިސްރާއީލުން ޣައްޒާ އަށް ޙަމަލާ ދިނުން ހުއްޓާލައި، ޓްރަމްޕްގެ ޕްލޭނާއި އެއްގޮތަށް ކަންކަން ތަރުތީބުކުރުމުގެ މަސައްކަތް ފެށުން އެކަށިގެންވާ ކަމަށެވެ.









