އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 2 ގަޑިއިރު ކުރިން - 19 އޮކްޓޯބަރު 2025 16:16
އެމްޑީޕީގެ މުޒާހަރާގައި ހައްޔަރުކުރި މެމްބަރުން. މި ހަ މެމްބަރުން މިއަދު ވަނީ ދޫކޮށްލައިފަ--- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ މުޒާހަރާގައި ހައްޔަރުކުރި މެމްބަރުން. މި ހަ މެމްބަރުން މިއަދު ވަނީ ދޫކޮށްލައިފަ--- ފޮޓޯ: އެމްޑީޕީ
ޚުލާސާ

އެމްޑީޕީގެ އެއްވުމުގައި ހައްޔަރުކުރި ހަ މެމްބަރުން މިއަދު ދޫކޮށްލާފައިވަނީ ވަކި ޝަރުތުތަކެއް ކުރުމަށްފަހު

އެމްޑީޕީއިން އިސްވެހުރެ މި މަހުގެ ތިންވަނަ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާ އިން ހައްޔަރުކުރި އެންމެން ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

އެމްޑީޕީގެ އެއްވުމުގައި އެ ޕާޓީގެ ހަ މެމްބަރަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މެމްބަރުންނަކީ:

  1. ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ޔައުގޫބު އަބްދުالله
  2. ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ޔާސިރު އަބްދުއްލަތީފް
  3. މާފުށީ ކައުންސިލް ރައީސް ހަސަން ސޮލާހް
  4. އަޒީމް އަލީ
  5. އެމްޑީޕީގެ ނިމިދިޔަ ދައުރުގައި ރައީސް އޮފީހުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް އަލީ ޖުމާން
  6. ހަސަން ޝާކިރު

އެމްޑީޕީގެ މުޒާހަރާގެ ތެރެއިން މި ހަ މީހުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަކަށް މި މީހުން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. އެހެންނަމަވެސް މިއަދު ހެނދުނު، ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން، އިތުރު 15 ދުވަހަށް އެމީހުންގެ ބަންދު އިތުރުކުރުމަށް ފުލުހުން ކޯޓުގައި އެދިފައިވީ ނަމަވެސް، ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކަކާއެކު އެ މީހުން ދޫކޮށްލުމަށް ނިންމައިފަ އެވެ.

އެމީހުން ބަންދުން ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދިނުމަށާއި، ދިރިއުޅޭ އެޑްރެސް ނުވަތަ ގުޅޭނެ ނަންބަރު ބަދަލުވާނަމަ އެކަން އެންގުމަށް ޝަރުތު ކުރުމަށްފަހުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%