އިންޑިއާގެ 24 "ޝައިތާނުން" އެއްފަހަރާ އަމިއްލައަށް މަރުވާން އުޅުމުން ނާކާމިޔާބުވެއްޖެ

އައިޝަތު ރުވާ ރިފްޢަތު | 47 ދުވަސް ކުރިން - 18 އޮކްޓޯބަރު 2025 02:14
ވީޑިއޯއިން ފެންނަ ގޮތުގައި ކޮންމެ މީހެއްގެ އަތުގައިވެސް ބްލީޗް ފުޅިއެއް އޮވޭ.
ވީޑިއޯއިން ފެންނަ ގޮތުގައި ކޮންމެ މީހެއްގެ އަތުގައިވެސް ބްލީޗް ފުޅިއެއް އޮވޭ.
ޚުލާސާ

ބްލީޗް ބޮއެގެން އިންޑިއާގައި އެއްފަހަރާ އަމިއްލައަށް މަރުވާން އުޅުނު 24 މީހުންނަކީ އަންހެނުންގެ ގުނަވަންތައް ޖަހައިގެން އުޅޭ 24 ފިރިހެނުން.

މާތްރަސްކަލާނގެ ހެއްދެވި ސިފައާއި މެދު ހިތްހަމަނުޖެހިގެން ގުނަވަންތައް ބަދަލުކޮށްގެން އަންހެނުންނަށް ބަދަލުވެގެން އުޅުނު އިންޑިއާގެ 24 ފިރިހެނަކު އެއްފަހަރާ އަމިއްލައަށް މަރުވާން މަސައްކަތްކޮށްފިއެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ މި ހާދިސާ ހިނގީ މަދްޔާ ޕްރަދޭޝްގެ ނަންޑްލަޕޫރާގައެވެ.

މިދެންނެވި ވީޑިއޯ މިހާރު ޚުލާސާ ފޭސްބުކްގައި އަޕްލޯޑްކޮށްފައިވާއިރު، ނުރަސްމީ މަސްދަރުތަކުން ބުނާ ގޮތުގައި ހައްދުފަހަނައެޅި އިންޑިއާގެ މި "ޝައިޠާނުން" އަމިއްލައަށް މަރުވާން އުޅުނީ ޓްރާންސްޖެންޑަރ މީހުންނާއި މެދުގައި އިންޑިއާގެ ބައެއް މީހުން ތަފާތުކުރުންތައް ގެންގުޅޭތީވެ އެކަންކަން ހުއްޓުވުމުގެ ގޮތުންނެވެ.

https://tinyurl.com/32nwewz7

ވީޑިއޯއިން ފެންނަ ގޮތުގައި ކޮންމެ މީހެއްގެ އަތުގައިވެސް ބްލީޗް ފުޅިއެއް އޮތެވެ. އިންޑިއާގެ މަސްދަރުތަކުން ބުނީ އެމީހުން އަމިއްލައަށް މަރުވާން އުޅުނު އަސްލު ސަބަބު ކަށަވަރު ނުވާ ކަމަށާއި އެމީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެތެރެހަށީގެ ގުނަވަނަކަށް ގެއްލުމެއް ވެސް ނުލިބި އެމީހުންގެ "މިޝަން" ފެއިލްވީ ކަމަށެވެ.

އިންޑިއާއަކީ އަންހެނުން ފިރިހެނުންނަށް އަދި ފިރިހެނުން އަންހެނުންނަށް ބަދަލުވުން ނުވަތަ "ޓްރާންސްޖެންޑާ" އަށް ވުމަށް ގާނޫނުން ހުއްދަކޮށްފައިވާ ގައުމެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%