ފަސްއަހަރަށް ތަރައްގީގެ މަސައްކަތް ހުއްޓައިލުމަށް ނަޝީދު ވިދާޅުވެއްޖެ

އައިޝަތު ޝިފްނާ ހުސައިން | 3 ގަޑިއިރު ކުރިން - 18 އޮކްޓޯބަރު 2025 10:23
ކުރީގެ ރައީސް ނަޝީދު.---ފޮޓޯ: މަޖިލިސް
ކުރީގެ ރައީސް ނަޝީދު.---ފޮޓޯ: މަޖިލިސް
ޚުލާސާ

ނަޝީދު ވިދާޅުވީ ރައްޔިތުންގެ ތަނަވަސްކަން އިތުރު ކުރެވޭނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލައި، ރިޒާވް އިތުރުކޮށް އަދި ދަރަނި ކުޑަކުރެވިގެން ކަމަށް.

ތަރައްގީގެ މަޝްރޫއުތައް ފަސްއަހަރު ދުވަހަށް މަޑުޖައްސާލަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުތަކުގެ ޝިއާރަކަށް ވާންވާނީ "އިހަށް މަޑުކޮށްލާ" ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަމަށް ދެން ވަޑައިގަންނަވާ ރައީސެއްގެ ވައުދަކަށްވެސް ވާން ޖެހޭނީ އެ ޝިއާރު ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ހިންގާފައިވާ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަކީ ދައުލަތުން ބޭރު ގައުމުތަކުން ބޮޑެތި ދަރަނި ނަގައިގެން ކުރާ މަސައްކަތްތަކަށް ވާތީ، ނަޝީދު ވިދާޅުވީ ކޮންކްރީޓަކީ ތަރައްގީ ނޫން ކަމަށާއި އެއީ ގިނަ ފަހަރަށް ދަރަނި ކަމަށެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންގެ ތަނަވަސްކަން އިތުރު ކުރެވޭނީ ދައުލަތުގެ ބަޖެޓް ސަލާމަތްކޮށް، ރިޒާވް އިތުރުކޮށް އަދި ދަރަނި ކުޑަކުރެވިގެން ކަމަށެވެ.

ދަތުރުފަތުރުގެ ނިޒާމު ފުޅަކޮށްބރައްޔިތުންނަށް ފަސޭހަ ކުރުމަށްޓަކައި ސަރުކާރުން އެއާޕޯޓުތައް އަޅަން ހަވާލުކުރަމުން ދާތީ ނަޝީދު ވަނީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެއީ އިގްތިސާދީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. އަދި އޭގެ ސަބަބުން ގައުމީ އެއާލައިނަށް "ދެއުޅިއެއް ނުވާ" ހަރަދުތަކެއް ކުރަންޖެހޭ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%