11 މިލިއަން ޑޮލަރު ދައްކާ ގޮތަށް ލުބުނާނުގެ ޖަލުން ޤައްޛާފީގެ ދަރިކަލުން ދޫކޮށްލައިފި

ޢަބްދުﷲ ޖުނައިދު | 19 ގަޑިއިރު ކުރިން - 17 އޮކްޓޯބަރު 2025 16:28
ކުއްލި ޚަބަރު: 11 މިލިއަން ޑޮލަރު ދައްކާ ގޮތަށް ލުބުނާނުގެ ޖަލުން ޤައްޛާފީގެ ދަރިކަލުން ދޫކޮށްލައިފި
ކުއްލި ޚަބަރު: 11 މިލިއަން ޑޮލަރު ދައްކާ ގޮތަށް ލުބުނާނުގެ ޖަލުން ޤައްޛާފީގެ ދަރިކަލުން ދޫކޮށްލައިފި
ޚުލާސާ

11 މިލިއަން ޑޮލަރު ދައްކއި ދެމަސްދުވަހަށް ދަރުރުކުރުން މަނާކޮށް، ލުބުނާނުގެ ޖަލުން ލީބިއާގެ ކުރީގެ ލީޑަރު ކާނަލް މުޢައްމަރުލް ޤައްޛާފީގެ ދަރިކަލުން ޙަނިބަޢަލް ޤައްޛާފީ ދޫކޮށްލައިފި.

އެމެރިކާ އާއި ހުޅަނގުންވެސް ޖެހިލުންވި މުސްލިމު ލީޑަރު އަދި ލީބިޔާގެ ކުރީގެ ވެރިޔާ (މަރްޙޫމް) ކާނަލް މުޢައްމަރުލް ޤައްޛާފީގެ ދަރިކަލުން ޙަނިބަޢަލް ޤައްޛާފީ ލުބުނާނުގެ ރޫމީ ޖަލުން ދޫކޮށްލުމަށް އަމުރުކޮށްފިއެވެ. ލުބުނާނުގެ ފަނޑިޔާރު އޭނާ ދޫކޮށްލުމަށް ޝަރުޠުކުރެއްވީ ކަފާލާތުގެ ގޮތުގައި 11 މިލިއަން ޑޮލަރު ދެއްކުމަށާއި އަދި ދެމަސް ދުވަހަށް ދަތުރުކުރުން މަނާކުރުމަށް އަމުރުކޮށްފައެވެ.

އެއްވެސް ދަޢުވާއެއް ކުރުމަކާއި ނުލައި 2015 ވަނަ އަހަރުން ފެށިގެން ލުބުނާނުގެ ޖަލުގައި އޭނާ ބަންދުކޮށްފައި ވަނީ 1978 ވަނަ އަހަރު ލުބުނާނުގެ ޝީއީ ޢިލްމުވެރިއެއް ކަމަށްވާ މޫސާ އަލް ޞަދުރު ގެއްލުނު މައްސަލައިގެ މަޢުލޫމާތު ހޯދުމަށް ކަމަށް ބުނެއެވެ.

1969 އިން 2011 ވަނަ އަހަރާއި ހަމަޔަށް (މުޅިއެކު 42 އަހަރު) ވަންދެން ލީބިޔާގައި ވެރިކަން ކުރެއްވި ޤައްޛާފީ އަށް އެމެރިކާ އިން ތުހުމަތުކުރަނީ ހުޅަނގުގެ ފިކުރާއި ދެކޮޅު “ހަރުކަށި” މުސްލިމުންނަށް އެހީވާ ފަރާތެއްގެ ގޮތުގައެވެ. ޤައްޛާފީގެ ބާރުތައް ކަނޑުވައިލުމަށް 1980 ގެ އަހަރުތަކުގައި އެމެރިކާއިން ލީބިޔާ އަށް ބޮން ވެސް އެޅިއެވެ.

ޤައްޛާފީގެ ވެރިކަން ވައްޓައިލީ ނޭޓޯގެ ހަތިޔާރު އެޅި ސިފައިން ލީބިޔާގެ ދާޚިލީ ހަނގުރާމައިގެތެރެއަށް ވަދެ އެންމެ ފަހުން މިލިޓަރީ ބަޣާވާތެއް ގެނެސް، 2011 ވަނަ އަހަރުގެ އޮކްޓޯބަރު 20 ވަނަ ދުވަހު އޭނާގެ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލައިގެންނެވެ. އޭގެފަހުން އޭނާގެ ޢާއިލާގެ މުދާތައް ވެސް އެމެރިކާ އިން ވަނީ ހިފަހައްޓާފައެވެ.

މިއަދު ޖަލުން މިނިވަންކުރި ޤައްޛާފީގެ ދަރިކަލުން ބަންދުކޮށްފައި ވަނީ ވެސް އެމެރިކާގެ ނުފޫޒު ހިނގާ ޖަލެއްގައެވެ. މީގެ ކުރިން އެތައް ފަހަރަކު ޤައްޛާފީގެ ދަރިކަލުން ޙަނިބަޢަލް އާއި ސުވާލު ކުރި ނަމަވެސް، އޭނާގެ މައްޗަށް ދަޢުވާއެއް ކުރުމެއް ނެތި ބަންދުކޮށްފައި ބެހެއްޓީ “ސިޔާސީ ގޮތުން” ކަމަށް ބެލެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%