މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސް، ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 2 ދުވަސް ކުރިން - 16 އޮކްޓޯބަރު 2025 10:01
މޫސުން ގޯސް ކަނޑުގަދަ ދުވަހެއް. މެޓް އޮފީހުން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ --- ފޮޓޯ: އިންޓަނެޓް
މޫސުން ގޯސް ކަނޑުގަދަ ދުވަހެއް. މެޓް އޮފީހުން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ --- ފޮޓޯ: އިންޓަނެޓް
ޚުލާސާ

ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު މެންދުރުފަހު 02:00 އާއި ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފަ

މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހު 02:00 އާއި ހަމައަށެވެ. މި ވަގުތުތަކުގައި، ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފަ އެވެ.

މި ވަގުތުތަކުގައި ވައިގަދަވާނެކަމަށް ލަފާކޮށް އެ އިދާރާއިން ބުނީ، ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން އިތުރަށް ބުނީ، ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި، އަދި ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން މޫސުން މިހާ ގޯސްދުވަސްވަރެއްގައި، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، މޫސުމާ ގުޅޭ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހޯދައިގެން ދަތުރުކުރުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%