Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މީހަކު މަރާލެވިދާނެތީވެ ސިގެރޭޓް ބުއިން ނުހުއްޓާނަން: އިޓަލީގެ ބޮޑުވަޒީރު

މީހަކު މަރާލެވިދާނެތީވެ ސިގެރޭޓް ބުއިން ނުހުއްޓާނަން: އިޓަލީގެ ބޮޑުވަޒީރު

ޢަބްދުﷲ ޖުނައިދު
282 ދުވަސް ކުރިން - 16 އޮކްޓޫބަރު 2025 11:05
ތުރްކިޔޭގެ ރައީސް އެރްދޮޣާން އިޓަލީގެ ބޮޑުވަޒީރު ޖޯޖިޔާ މެލޯނީ އާއި ސަލާމް ކުރައްވަނީ.
ތުރްކިޔޭގެ ރައީސް އެރްދޮޣާން އިޓަލީގެ ބޮޑުވަޒީރު ޖޯޖިޔާ މެލޯނީ އާއި ސަލާމް ކުރައްވަނީ.
ޚުލާސާ

އެންމެ ގަދަޔަށް ދުންފަތުގެ އިސްތިޢުމާލުކުރާ ބޮޑުވަޒީރަކީ އިޓަލީގެ ޖޯޖިޔާ މެލޯނީ. އެކަން ހުއްޓާލުމަށް އެރްދޮޣާން އެދިވަޑައިގަތުމުން، ސަމާސާއަކަށް މެލޯނީ ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލައިފިނަމަ މީހަކު މަރާލެވިދާނެކަމަށް.

ދުންފަތާއި ދުރަށް ވަޑައިގަތުމަށް އިޓަލީގެ ބޮޑުވަޒީރު ޖޯޖިޔާ މެލޯނީގެ އަރިހުގައި ތުރްކިޔޭގެ ރައީސް ރަޖަބް ޠައްޔިބް އެރްދޮޣާން އެދިވަޑައިގެންނެވުމުން، "މީހަކު މަރައިލެވިދާނެތީވެ" ދުންފަތުގެ އިސްތިޢުމާލުކުރުމާއި ދުރަށް ވަޑައިގެންނެވެން ނެތް ކަމަށް ވިދަޅުވެ މެލޯނީ ސަމާސާކުރައްވައިފިއެވެ.

13 އަހަރުގެ މެދުކެނޑުމަކަށް ފަހު އަނެއްކާވެސް އާދަޔާއި ޚިލާފަށް ގިނައިން ދުންފަތުން އިސްތިޢުމާލުކުރައްވާ މެލޯނީގެ ގާތު އެއާއި ދުރަށް ވަޑައިގަތުމަށް ރައީސް އެރްދޮޣާން އެދިވަޑައިގެންނެވީ މިޞްރުގައި އޮތް ޣައްޒާގެ ޞުލްޙައިގެ ސަމިޓުގައެވެ. އެރްދޮޣާނަކީ ދުންފަތާއި އެންމެ ބޮޑަށް ދެކޮޅުހައްދަވާ ރައީސްގެ ގޮތުގައި ޔޫރަޕްގެ ވެރިންގެ މެދުގައި މަޝްހޫރުކަން ހޯއްދަވާފައިވާ ރައީސެކެވެ.

މެލޯނީ އަކީ އެންމެ ގަދަޔަށް ދުންފަތުން އިސްތިޢުމާލުކުރައްވާ ބޮޑުވަޒީރު ކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ. ދުންފަތާއި ދުރަށް ވަޑައިގަތުމަށް މެލޯނީގެ އަރިހުން އެރްދޮޣާން އެދިވަޑައިގަތުމާއި އެކު އެކަމަނާ ދެއްވި ޖަވާބުން ފްރާންސްގެ ރައީސް އިމަނުއެލް މެޚްރޮން ފަދަ ބޭފުޅުން ޖޯކުވެސް ޖެއްސެވި މަންޒަރުތައް ކެމެރާތަކަށް ވަނީ އަރާފައެވެ.

Advertisement

Advertisement 1

ދުންފަތަކީ އެތައް ބަޔެއްގެ ފުރާނަ ދުއްވާލާ ވިހައެކެވެ. ދުންފަތާއި ގުޅުން ހުރި ބަލިތަކުގެ ސަބަބުން އިޓަލީގައި އެކަނިވެސް އަހަރަކު ގާތްގަނޑަކަށް 93،000 މީހުން މަރުވާ ކަމަށް އިސްޓިޓިއުޓޯ ސުޕީރިއޯ ޑި ސަނިޓާ އިން ބުނެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ރިޕޯޓްކުރާ ގޮތުގައި ޔޫރަޕުން އަހަރަކު ގާތްގަނޑަކަށް 1.1 މިލިއަން މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުންނެވެ.

އިޓަލީރަޖަބް ތައްޔިބް އެރްދޮގާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނޭޓޯ ބައްދަލުވުން؛ އީރާން މައްސަލައިގައި ޓްރަމްޕަށް އެރްދޮޣާން ނޯ ޖަހައިފި

ނޭޓޯ ބައްދަލުވުން؛ އީރާން މައްސަލައިގައި ޓްރަމްޕަށް އެރްދޮޣާން ނޯ ޖަހައިފި

17 ދުވަސް ކުރިން - 17:15

17 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސަކު ތުރްކިޔޭއަށް ވަޑައިގެންފި

17 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސަކު ތުރްކިޔޭއަށް ވަޑައިގެންފި

17 ދުވަސް ކުރިން - 14:36

އީރާނު މައްސަލާގައި މެލޯނީ ދެކެ ޓްރަމްޕް ރުޅިއައިސް، ދެގައުމުގެ ގުޅުން ގޯސްވެއްޖެ

އީރާނު މައްސަލާގައި މެލޯނީ ދެކެ ޓްރަމްޕް ރުޅިއައިސް، ދެގައުމުގެ ގުޅުން ގޯސްވެއްޖެ

34 ދުވަސް ކުރިން - 10:09

ސިއްރު މައުލޫމާތު ބޭނުންކޮށްގެން މާލީ މަންފާ ހޯދި މައްސަލައެއްގައި ގޫގުލްގެ މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލައިފި

ސިއްރު މައުލޫމާތު ބޭނުންކުރި ގޫގުލް މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލައިފި

58 ދުވަސް ކުރިން - 12:41

މަރުތައް “ސަރުކާރުގެ ބޮލަށް ކަނޑަން” އެމްޑީޕީން މަސައްކަތް ފަށައިފި

މަރުތައް “ސަރުކާރުގެ ބޮލަށް ކަނޑަން” އެމްޑީޕީން މަސައްކަތްފަށައިފި

66 ދުވަސް ކުރިން - 09:50

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

66 ދުވަސް ކުރިން - 13:57