އެސްޓީއޯއިން އެޗްޑީސީއާ ގުޅިގެން، އަންނަ ރޯދަ މަހުގެ ކުރިން ހުޅުމާލޭގައި ފިހާރައެއް ހުޅުވަނީ

އައިޝަތު ޝިފްނާ ހުސައިން | 3 ދުވަސް ކުރިން - 15 އޮކްޓޯބަރު 2025 17:35
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޝިމާދު ވާހަކަ ދައްކަވަނީ.—-ފޮޓޯ: އެސްޓީއޯ
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޝިމާދު ވާހަކަ ދައްކަވަނީ.—-ފޮޓޯ: އެސްޓީއޯ
ޚުލާސާ

ޝިމާދު ބުނީ، އަސާސީ ބާވަތްތަކުގެ 23 ބާވަތް މިއަދުން ފެށިގެން ރީޓެއިލްކޮށް ލިބެން ހުންނާނެ ކަމަށް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން އަންނަ ރޯދަ މަހުގެ ކުރިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯގެ ފިހާރައެއް ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިއަދު ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިމާދު ބުނީ، ހުޅުމާލޭގައި އެސްޓީއޯއިން ހަރަކާތްތެރިވާވަރު މަދު ކަމުގެ ޝަކުވާ އަބަދު ވެސް ލިބޭ ކަމަށެވެ.

އެގޮތުން، ހުޅުމާލޭގައި ވަކި ވިޔަފާރިއެއް ނުހިންގަނީ ރީޓެއިލް ވިޔަފާރީގައި ނޫޅޭތީ ކަމަށާއި ރޯދަ މަހަށް އިންތިޒާމުތައް ހަމަޖައްސަނީ ވަގުތީ ގޮތުން ކަމަށް އޭނާ ބުންޏެވެ.

ޝިމާދު ބުނީ، އަސާސީ ބާވަތްތަކުގެ 23 ބާވަތް މިއަދުން ފެށިގެން ރީޓެއިލްކޮށް ލިބެން ހުންނާނެ ކަމަށެވެ.

އެ ތަކެތި ބާޒާރުމަތިން ބޯޓުތަކަށް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް، ކުރިން މަކީޓާގެ ޝޯރޫމް ހިންގި ތަން އެސްޓީއޯގެ ފިހާރައަކަށް ބަދަލުކޮށްފައިވާ ކަމަށާއި އެއީ ރީޓެއިލްކޮށް ވިޔަފާރި ކުރުމަށް ހުޅުވާ ތަނެއް ނޫން ކަމަށް ޝިމާދު ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%