Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކޮރަޕްޝަނުގެ މައްސަލައެއްގައި ކަސްޓަމްސް ކުރީގެ ވެރިއެއްގެ މައްޗަށް ދައުވާ ކުރަނީ

ކޮރަޕްޝަނުގެ މައްސަލައެއްގައި ކަސްޓަމްސް ކުރީގެ ވެރިއެއްގެ މައްޗަށް ދައުވާ ކުރަނީ

އައިޝަތު ރުވާ ރިފްޢަތު
331 ދުވަސް ކުރިން - 13 އޮކްޓޫބަރު 2025 08:59
މުއާޒް އަލީ - ފޮޓޯ: ޚުލާސާ ގްރެފިކްސް
މުއާޒް އަލީ - ފޮޓޯ: ޚުލާސާ ގްރެފިކްސް
ޚުލާސާ

2018 ވަނަ އަހަރު ހިނގި މި ކޮރަޕްޝަނުގެ މައްސަލައިގައި އޭސީސީން ޕީޖީގައި ދައުވާކުރަން އެދިފައިވަނީ މުއާޒް އަލީ (ހ. ނިއުހެޕިނެސް، މާލެ) ގެ މައްޗަށް.

އަމިއްލަ ކުންފުންޏަކުން ދިވެހިރާއްޖެ އަށް އެތެރެކުރި ސިގިރޭޓު ކޭސްތަކެއް ރީއެކްސްޕޯޓު ނުކޮށް އެ ކުންފުންޏަށް ފައިދާވާ ގޮތަށް ނިންމައި އެ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން ރިޝަވަތަށް އެދިފައިވާތީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިޑެންޓް، މުއާޒް އަލީގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީ އިން ޕީޖީ އޮފީހުގައި އެދެފި އެވެ.

އޭސީސީ އިން ޕީޖީ އޮފީހުގައި އެދިފައިވަނީ އަމިއްލަ ކުންފުންޏަކުން 450 ސިގިރޭޓް ކޭސް ރާއްޖެއަށް އެތެރެކޮށް ކަސްޓަމްސްގެ ހުޅުމާޅެ ބޮންޑެޑް ވެއަހައުސްގައި ބެހެއްޓުމަށްފަހު، އޭގެ ތެރެއިން 430 ކޭސް ރީއެކްސްޕޯޓް ކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް ހުޅުމާލެ ބޮންޑެޑް ވެއަހައުސް އިން ދޫކޮށްފައިވީ ނަމަވެސް އެ ކޭސްތައް ރީއެކްސްޕޯޓް ނުކޮށް، އެތެރެކުރި ކުންފުންޏަށް ފަހިވާ ގޮތަށް ނިންމުމުގެ މުގާބިލުގައި ސިގިރޭޓް އެތެރެކުރި ކުންފުނީގެ ދެ ވެރިއެއްގެ ކިބައިން މުއާޒް އަލީ ރިޝްވަތަށް އެދިފައިވާތީ އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށެވެ.

ޕީޖީ އޮފީހުގައި އޭސީސީ އިން ދައުވާ ކޮށްދިނުމަށް އެދިފައިވަނީ ގާނޫނު ނަމްބަރު 9/2014 ގެ 510 ވަނަ މާއްދާގެ (ހ) ގެ ދަށުން އެނގިހުރެ މަންފާއަކަށް އެދުމާއި ގަބޫލުކުރުމާއި އަދު ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި މަންފާ ގަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދައުވާ އެވެ.

Advertisement

Advertisement 1

މި ހާދިސާ ހިނގާފައިވަނީ 2018 ވަނަ އަހަރުގަ އެވެ. މި މައްސަލައާ ގުޅިގެން މުއާޒް ވަނީ 2019 ވަނަ އަހަރު ކަސްޓަމްސްގެ ވަޒީފާ އިން ވަކޮކޮށްފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާ މިހާރު ވަޒީފާ އަދާކުރަމުން ދަނީ މިފްކޯގެ ޖެނެރަލް މެނޭޖަރެއްގެ މަގާމުގަ އެވެ.

މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންހިފައި ރިޝްވަތާއި ކޮރަޕްޝަނުގެ މިފަދަ އަމަލުތައް ކަސްޓަމްގެ މުވައްޒަފުންގެ ފަރާތުން ވަރަށް ގިނައިން ފެންމަތިވެ އެވެ. އާންމު ގޮތެއްގައި މިފަދަ އަމަލުތައް ހިންގަނީ އެމްޕީއެލް އާއި ކަސްޓަމްސް ނުވަތަ އެމްއޭސީއެލް އާއި ކަސްޓަމްސް، މި ތިން ތަނުގެ މުވައްޒަފުން ގުޅިގެންނެވެ.

ކަސްޓަމްސްއެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސްކޮރަޕްޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

1 ދުވަސް ކުރިން - 11:24

އެސެޓް ރިކަވަރީ ބިލުގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން، ކުރީ ސަރުކާރުތަކުން އެސެޓް ރިކަވަރީ ނަމުގައި ކުރީ ސިޔާސީ މަސައްކަތެއް: ރައީސް

އެސެޓް ރިކަވަރީ ބިލުގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން: ރައީސް

13 ދުވަސް ކުރިން - 23:02

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް؛ އެއީ ޑރ. މުހައްމަދު މުއިއްޒު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް!

15 ދުވަސް ކުރިން - 11:16

ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގަންފި

ރާއްޖެ އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

22 ދުވަސް ކުރިން - 09:18

ކަސްޓަމްސްގެ ގާނޫނީ ޒިންމާތަކަށް ހުރަސްއެޅޭ ގޮތަށް ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި

ކަސްޓަމްސްގެ ގާނޫނީ ޒިންމާތަކަށް ހުރަސްއެޅޭ ގޮތަށް ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި

35 ދުވަސް ކުރިން - 23:01

ފަހުދާގެ ދައުވާ އަނބުރާ ގެންގޮސް، އިމާދަށް 13 އަހަރުގެ ޖަލު ހުކުމެއް

ފަހުދާގެ ދައުވާ އަނބުރާ ގެންގޮސް، އިމާދަށް 13 އަހަރުގެ ޖަލު ހުކުމެއް

36 ދުވަސް ކުރިން - 00:57