Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގައުމީ ގުރުއާން ކިޔެވުމުގެ މުބާރަތް: ރަންވަނަތައް ޝާޔާ، ޝަބާ އަދި ޝައިމްއަށް

ގައުމީ ގުރުއާން ކިޔެވުމުގެ މުބާރަތް: ރަންވަނަތައް ޝާޔާ، ޝަބާ އަދި ޝައިމްއަށް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
323 ދުވަސް ކުރިން - 12 އޮކްޓޫބަރު 2025 15:21
ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. މި ފަހަރުގެ މުބާރާތުގައި ރަންވަނަތަކަށްދާ ބައިވެރިންނަށް އުމްރާ ދަތުރެއް ދިނުމަށްވެސް ވަނީ ހަމަޖެހިފަ--- ފޮޓޯ: ރައީސް އޮފީސް
ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. މި ފަހަރުގެ މުބާރާތުގައި ރަންވަނަތަކަށްދާ ބައިވެރިންނަށް އުމްރާ ދަތުރެއް ދިނުމަށްވެސް ވަނީ ހަމަޖެހިފަ--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ފަހަރުގެ ގައުމީ ގުރުއާން މުބާރާތުގައި ރަންވަނަތަކަށްދާ ދަރިވަރުންނަށް ވަރަށް އަގުހުރި ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ

ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގެ ފަހުރުވެރި ރަންވަނަތައް ތިން ދަރިވަރަކަށް ލިބިއްޖެ އެވެ.

މި މުބާރާތުގެ ރަންވަނަތައް ލިބިފައިވާ ތިން ބައިވެރިންނަކީ، ފާތިމަތު ޝާޔާ ޒާހިރު، އާއިޝަތު ޝަބާ އަދި އަހުމަދު ޝައިމް ރިޒާ އެވެ. މި ބައިވެރިންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ވަޒީރުންނެވެ.

އެގޮތުން މުޅި މުބާރާތުން ހާފިޒުންގެ ގޮފިން އެއްވަނަ ހާސިލުކުރީ ތަދްރީސުލް ގުރުއާނުލް ކަރީމްގެ ފަރާތުން ބައިވެރިވި ފާތިމަތު ޝާޔާ ޒާހިރެވެ. ނުބަލާ ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލުކުރީ ށ. އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި އާއިޝަތު ޝަބާއެވެ. އަދި ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލުކުރީ ލ. އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި އަހުމަދު ޝައިމް ރިޒާ އެވެ.

Advertisement

Advertisement 1

ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް މިއަދު ނިމިފައިވާއިރު މި މުބާރާތުގެ ރަންވަނަތަކަށްދާ ބައިވެރިންނަށް އެކި އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ހާފިޒުންގެ ގޮފިންނާއި، ނުބަލައި ކިޔެވުމުގެ ގޮފިން އަދި ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނައަށް ދާ ބައިވެރިއަކަށް 75،000 ރުފިޔާގެ ފައިސާގެ އިނާމު، ކޮންމެ ގޮތްޕަކުން ދެވަނައަށް ދާ ބައިވެރިއަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު އަދި ކޮންމެ ގޮތްޕަކުން ތިންވަނައަށް ދާ ބައިވެރިއަކަށް 35،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. މި އިނާމުތަކުގެ އިތުރުން ރަންވަނަތަކަށް ދާ ބައިވެރިންނަށް އުމްރާ ދަތުރެއް ދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މި މުބާރާތުގައި، ނުބަލައި ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ، ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ، އަދި ހާފިޒުންގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތައުލީމް ހާސިލްކުރަން އެދޭ ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް އެފަރާތަކުން ބޭނުން ގައުމަކުން ތައުލީމު ހާސިލު ކުރުމަށް ހާއްސަ ސްކޮލާޝިޕް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

66 ދުވަސް ކުރިން - 20:02

ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

109 ދުވަސް ކުރިން - 14:22

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީގެ ވަފުދެއް ރާއްޖެއަށް

ސައުދީގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި

113 ދުވަސް ކުރިން - 13:27

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

120 ދުވަސް ކުރިން - 15:01

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ؛ ފުރަތަމަ ކުއާޓަރުގައި 45 މިލިއަން ރުފިޔާ ލިބިފައިވޭ

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ

123 ދުވަސް ކުރިން - 18:00

ހައްޖާއި އުމްރާ އާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

ހައްޖާއި އުމްރާއާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

131 ދުވަސް ކުރިން - 12:52