Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މެލޭޝިއާގެ ގައުމީ އެއާލައިނަށް ވީއައިއޭގެ އާ ޓާމިނަލުން ހިދުމަތް ދޭން ފަށައިފި

މެލޭޝިއާގެ ގައުމީ އެއާލައިނަށް ވީއައިއޭގެ އާ ޓާމިނަލުން ހިދުމަތް ދޭން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
287 ދުވަސް ކުރިން - 12 އޮކްޓޫބަރު 2025 00:03
މެލޭޝިއާ އެއާލައިންސް ގެ ބޯޓު ޓާމިނަލް 1 ގައި. - ފޮޓޯ: އެމްއޭސީއެލް
މެލޭޝިއާ އެއާލައިންސް ގެ ބޯޓު ޓާމިނަލް 1 ގައި. - ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

މިއީ އަލަށް ހުޅުވި ޓާމިނަލުން ހިދުމަތް ދޭން ފެށި 10 ވަނަ އެއާލައިން. މެލޭޝިއާ އެއާލައިންސް އަށް ހިދުމަތް ދޭން ފެށީ ހާއްސަ ރަސްމިއްޔާތަކާއެކު.

މިއަހަރު ޖުލައި މަހު ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް "ޓާމިނަލް 1" އިން މެލޭޝިއާގެ ގައުމީ އެއާލައިން ކަމަށްވާ މެލޭޝިއާ އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފިއެވެ. މި އެއާލައިނަށް ހިދުމަތްދޭން ފަށާފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި އެއާޕޯޓުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގަ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސް އެވެ. ރަސްމިއްޔާތުގައި މެލޭޝިއާ އެއާލައިންސް ގެ މާލޭ ސްޓޭޝަންގެ ހެޑް އަހްމަދު ހަނަމް ފާއިޒް އާއި އެމްއޭސީއެލް އާއި މެލޭޝިއާ އެއާލައިންސްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެފައިވެ އެވެ.

މިއަދު ބޭއްވުނު ރަސްމިއްޔާތުގައި އެ އެއާލައިންގެ ޗެކިން ކައުންޓަރުތައް ހުޅުވާފައިވާއިރު އެ ފުލައިޓުން ދަތުރުކުރި 170 ފަސިންޖަރުންނަށް އެމްއޭސީއެލްގެ ފަރާތުން ވަނީ ހަދިޔާ ދީފަ އެވެ. އަދި މިއަދު އެ އެއާލައިން ޖެއްސި ބޯޓު (MH485) އަށް ވަނީ މަރުހަބާ ކިޔުމުގެ ގޮތުން ވޯޓަރ ސެލިއުޓެއް ދީ، އެ ބޯޓުން ރާއްޖެ އައި 172 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު މަރުހަބާ ކިޔާފައެވެ.

Advertisement

Advertisement 1

މެލޭޝިއާ އެއާލައިންގެ ބޯޓު ވެލާނާ އެއާޕޯޓުގެ ޓެކްސީ ވޭ ގައި ވޯޓަރ ސެލިއުޓެއް އަރުވަނީ - ފޮޓޯ: އެމްއޭސީއެލް

2014 ވަނަ އަހަރު މާޗު މަހުގައި މެލޭޝިއާ އެއާލައިންގެ ބޯޓެއް ވީނުވީއެއް ނޭނގި ގެއްލުނު ހާދިސާއާ ގުޅިގެން އެ އެއާލައިން ގާތްގަނޑަކަށް ބަގުރޫޓުވި އެވެ. އެ ކުންފުނީގެ ސީއީއޯ 2015 ވަނަ އަަހަރު ބުނެފައިވަނީ MH317 ހާދިސާއަށް ފަހު ކުންފުނީގެ ޕާފޯމެންސް ދަށްވެ އެ ކުންފުނި ޓެކްނިކަލީ ބަގުރޫޓުވެފައިވާ ކަމަށެވެ. ނަމަވެސް 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު "މެލޭޝިއާ އެއާލައިން ބެރްހާދް" ނަމުގައި އެ އެއާލައިން އަލުން އުދުހެން ފެށިއެވެ. 2017 ގެ މެދުކެނޑުމަކަށް ފަހު އެ އެއާލައިނުން ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައިވަނީ 2024 ވަނަ އަހަރު އޮގަސްޓް ގައެވެ.

މެލޭޝިއާ އެއާލައިނަށް އާ ޓާމިނަލުން ދޭން ފެށި މި ހިދުމަތާއެކު ޓާމިނަލް 1 އިން ހިދުމަތްދޭ އެއާލައިންތަކުގެ އަދަދު މިވަނީ 10 އަކަށް އަރާފަ އެވެ. މީގެ ކުރިން ހިދުމަތް ދޭން ފެށި އެއާލައިންތަކަކީ މޯލްޑިވިއަން (ރާއްޖެ)، އެއާ އަރަބިއާ (ސައޫދީ އަރަބިއާ)، ބިއޯންޑް (ރާއްޖެ)، ފިޓްސް އެއާ (ލަންކާ)، ބެއިޖިންގް ކެޕިޓަލް އެއާލައިންސް (ޗައިނާ)، ބަޓިކް އެއާ (މެލޭޝިއާ)، ބެންކޮކް އެއާވޭސް (ތައިލެންޑް)، އިންޑިގޯ (އިންޑިއާ)، އަދި ގަލްފް އެއާ (ބަހްރެއިން) އެވެ.

އެމްއޭސީއެލް އަދި ސަރުކާރުގެ މައިގަނޑު އަމާޒަކީ ކުރިޔަށް އޮތް ދުވަސްތަކުގައި އެއާޕޯޓުގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކޮށް ވީހާވެސް ގިނަ އެއާލައިންތަކަށް ހިދުމަތްދީ އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމެވެ. އަދި ހަމަ އެހެންމެ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަކީ އެ ކުންފުނީ އަމާޒެކެވެ.

އެމްއޭސީއެލްމެލޭޝިއާ އެއާލައިންސްވެލާނާ އެއާޕޯޓް ޓާމިނަލް 1ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗައިނާގެ އެއަރ ކާގޯ މައުރަޒުގައި ވެލާނާ އެއަރޕޯޓުގެ ކާގޯ ހިދުމަތްތައް އެމް.އޭ.ސީ.އެލް އިން ދައްކާލައިފި

ވެލާނާ އެއަރޕޯޓުގެ ކާގޯ ޚިދުމަތްތައް ޗައިނާގެ އެއަރ ކާގޯ މައުރަޒުގައި ދައްކާލައިފި

4 ދުވަސް ކުރިން - 18:05

ސްޓާފުންނަށް އިންޒާރުދިން ކަމަށް ދެކެވޭ ވާހަކަތައް އެމްއޭސީއެލްއިން ދޮގުކޮށްފި

ސްޓާފުންނަށް އިންޒާރުދިން ކަމަށް ދެކެވޭ ވާހަކަތައް އެމްއޭސީއެލްއިން ދޮގުކޮށްފި

20 ދުވަސް ކުރިން - 14:19

އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

27 ދުވަސް ކުރިން - 14:05

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް "ހާބަރ ޕޯޓަލް" ތައާރަފުކޮށްފި

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް "ހާބަރ ޕޯޓަލް" ތައާރަފުކޮށްފި

29 ދުވަސް ކުރިން - 19:47

އެމްއޭސީއެލްގެ ބޯޑަށް ނާޞިފް އަދި އޭއައިއޭގެ ބޯޑަށް ޝެރީނާ

އެމްއޭސީއެލްގެ ބޯޑަށް ނާޞިފް އަދި އޭއައިއޭގެ ބޯޑަށް ޝެރީނާ

31 ދުވަސް ކުރިން - 23:43

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފި

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް

35 ދުވަސް ކުރިން - 19:53