Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މެސީއާ ނުލާ ވެނެޒުއެލާ އަތުން އާޖެންޓީނާ މޮޅުވެއްޖެ

މެސީއާ ނުލާ ވެނެޒުއެލާ އަތުން އާޖެންޓީނާ މޮޅުވެއްޖެ

އައިޝަތު އީމާން
333 ދުވަސް ކުރިން - 11 އޮކްޓޫބަރު 2025 16:26
މެޗުގައި ގޯލު ޖެހުމަށްފަބު އާޖެންޓީނާގެ ކުޅުންތެރިން އުފާފާޅުކުރަނީ.
މެޗުގައި ގޯލު ޖެހުމަށްފަބު އާޖެންޓީނާގެ ކުޅުންތެރިން އުފާފާޅުކުރަނީ.
ޚުލާސާ

އެމެރިކާގައި ކުޅުނު މި މެޗު އާޖެންޓީނާއިން ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާއިން. މި މެޗުގައި އާޖެންޓީނާގެ ކޯޗު މެސީ ހިމަނާފައިނުވަނީ ރެސްޓު ދިނުމުގެ ގޮތުން ކަމަށް ބެލެވޭ.

އެންމެ ފަހުގެ ވޯލްޑް ކަޕު ޗެމްޕިއަން އާޖެންޓީނާ ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ވެނެޒުއެލާ މައްޗަށް 0-1 ގެ ނަތީޖާއިން ކުރި ހޯދައިފިއެވެ. އިންޓަރނޭޝަނަލް ބްރޭކުގެ މި ހަފްތާގައި އާޖެންޓީނާ އަދި ސައުތް އެމެރިކާގެ ބައެއް ގައުމުތަކުން ރަހުމަތްތެރިކަމުގެ މެޗުތައް ކުޅެނީ އެ ގައުމުތަކަށް ވޯލްޑް ކަޕުގެ ކޮލިފައިން ނިމިފައިވާތީ އެވެ.

މި މެޗުގައި ރެކޯޑު އަދަދަކަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލިއޮނެލް މެސީ މި ކުޅެފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި ކޯޗު ލިއޮނެލް ސްކަލޯނީ، މެސީ އަށް ޖާގަ ދީފައި ނުވަނީ މިފަދަ މެޗެއްގައި އެހެން ކުޅުންތެރިން ޓެސްޓު ކުރުމުގެ ގޮތުން ޖާގަ ދިނުމަށާއި މެސީ އަށް ރެސްޓު ދިނުމުގެ ގޮތުންނެވެ. މި މެޗު ބެލުމަށް މެސީ ދަނޑަށް އައިސްފައިވެ އެވެ.

Advertisement

Advertisement 1

އާޖެންޓީނާ - ވެނެޒުއެލާ މެޗު ބެލުމަށް މެސީ ދަނޑުގައި.

މެސީ، އޭނާގެ ދަރިފުޅު އަދި އަނބިކަބަލުން މެޗު ބަލަން ގޮސް ތިބި ކުޑަކުދިންތަކަކާއެކު.

މި މެޗުގައި ފެނުނު ހަމައެކަނި ގޯލަކީ 31 ވަނަ މިނެޓުގައި ޖިއޮވާނީ ލޮސެލްސޯ ޖަހައިދިން ގޯލެވެ. އޭނާ މި ގޯލު ޖަހާފައިވަނީ ލައުޓާރޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މުޅި މެޗުގައި ވެސް ވެނެޒުއެލާ އަށް ގޯލަށް ފޮނުވާލެވިފައިވަނީ ޖުމްލަ ތިން ހަމަލާ އެވެ. އަދި ގޯލަށް އަމާޒުވީ އެންމެ ހަމަލާއެކެވެ. އާޖެންޓީނާ އިން ޖުމްލަ 11 ހަމަލާ ފޮނުވާލިއިރު ތިން ހަމަލާ ގޯލަށް އަމާޒުކޮށްފައިވެ އެވެ. މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ވެސް އާޖެންޓީނާއިންނެވެ.

މި ދެ ގައުމު މީގެ ކުރިން ބައްދަލުކުރި ހަތަރު މެޗު ވެސް ކާމިޔާބުކުރީ އާޖެންޓީނާ އެވެ. ވެނެޒުއެލާ އަށް އާޖެންޓީނާގެ މައްޗަށް އެންމެ ފަހުން ކުރިހޯދިފައި ވަނީ 2019 ވަނަ އަހަރުގަ އެވެ.

މި ހަފްތާގެ އިންޓަނޭޝަނަލް ބްރޭކުގައި އާޖެންޓީނާ ދެން ބައްދަލުކުރަނީ އަންނަ ހޯމަ ދުވަހުގެ ރޭ ފަތިހު 05:00 ގައި ޕުއާޓޯ ރިކޯ އާ ދެކޮޅަށެވެ. އެ މެޗުގައި ވެސް މެސީ ކުޅޭނެ ކަމާމެދު ޔަގީނެއް ނޫނެވެ.

އާޖެންޓީނާލިއޮނެލް މެސީރަހުމަތްތެރިކަމުގެ މެޗު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މެސީ އަނެއްކާވެސް ބެލޮންޑިއޯގެ ނޮމިނޭޝަން ލިސްޓުން ޖާގަ ހޯދައިފި

މެސީ އަނެއްކާވެސް ބެލޮންޑިއޯގެ ނޮމިނޭޝަން ލިސްޓުން ޖާގަ ހޯދައިފި

6 ގަޑިއިރު ކުރިން - 12:35

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މެސީ ރަސްމީކޮށް އިއުލާންކޮށްފި

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މެސީ ރަސްމީކޮށް އިއުލާންކޮށްފި

8 ދުވަސް ކުރިން - 12:09

ފައިނަލް މެޗަށްފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

18 ދުވަސް ކުރިން - 22:08

މެސީގެ ބައްޕަ މަރުވީ ޗިސްމޭގެ ކެންސަރު ބަލީގައި: އާޖެންޓީނާ މީޑިއާ

މެސީގެ ބައްޕަ މަރުވީ ޗިސްމޭގެ ކެންސަރު ބަލީގައި: އާޖެންޓީނާ މީޑިއާ

31 ދުވަސް ކުރިން - 10:11

ފީފާގެ މަދަދުވެރިކަމާއެކު ނަހަލާލު ތައްޓެއް ނަގަން އުޅުނު ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

51 ދުވަސް ކުރިން - 03:01

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

52 ދުވަސް ކުރިން - 13:12