ވޯލްޑް ކަޕު ކޮލިފިކޭޝަން: ޖަރުމަން އަދި ފްރާންސަށް ފަސޭހަ މޮޅެއް, ބެލްޖިއަމް އެއްވަރު

އައިޝަތު އީމާން | 7 ދުވަސް ކުރިން - 10 އޮކްޓޯބަރު 2025 02:42
ފޮޓޯ: ޚުލާސާ ގްރެފިކްސް
ފޮޓޯ: ޚުލާސާ ގްރެފިކްސް
ޚުލާސާ

ލަކްސަންބާގް އަތުން ޖަރުމަން 0-5ގެ ނަތީޖާއިން މޮޅުވެފައިވާއިރު އަޒަރުބައިޖާން އަތުން ފްރާންސު މޮޅުވެފައިވަނީ 0-3ގެ ނަތީޖާއިން. ބެލްޖިއަމް އަދި ނޯތް-މަސެޑޯނިއާ ބައްދަލުކުރި މެޗު ނިމުނީ 0-0އިން އެއްވަރުވެގެން.

އަންނަ އަހަރު (އެމެރިކާ-ކެނެޑާ-މެކްސިކޯ) ގައި އޮންނަ ފީފާ ވޯލްޑް ކަޕުހެ ކޮލިފިކޭޝަންގެ މެޗުތަކެއް މިރޭ ކުޅެފައިވާއިރު ޖަރުމަނާއި ފްރާންސުން ފަސޭހަކަމާއެކު މޮޅުވެއްޖެ އެވެ. ރަށުން ބޭރުގައި ލަކްސަންބާގު އަތުން 0-5 ގެ ނަތީޖާއިން ޖަރުމަން މޮޅުވެފައިވާއިރު އަޒަރުބައިޖާން އަތުން ފްރާންސު މޮޅުވެފައިވަނީ 0-3 ގެ ނަތީޖާއިންނެވެ.

ކޮލިފިކޭޝަންސްގެ ގްރޫޕު އޭ ގައި ހިމެނޭ ޖަރުމަންގެ މެޗުގައި އެ ޓީމުން ލަގްސަންބާގުގެ ގޯލު މެޗުގެ ކުރީ ކޮޅުގައި ވަނީ ހުޅުވާލާފަ އެވެ. 12 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ޖަހާފައިވަނީ ލެޕްޒިގަށް ކުޅޭ ޑޭވިޑް ރައުމް އެވެ. މެޗުގެ 20 ވަނަ މިނެޓުގައި ލަގްސަންބާގްގެ ޑާކް ކާލްސަނަށް ވަނީ ޖަރުމަންގެ ގުންޑޮގަން އަށް ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރަތް ކާޑު ދައްކާފަ އެވެ. މި ޕެނަލްޓީ ޖަރުމަނަށް ކާމިޔާބުކޮށްދިނީ ޖޯޝުއާ ކިމިޗެވެ. ދެވަނަ ހާފުގައި ޖަރުމަނަށް ގޯލުތައް ޖަހައިދީފައިވަނީ 48 ވަނަ މިނެޓުގައި ގްނެބްރީ، އަދި 50 ވަނަ މިނެޓުގައި ޖޯޝުއާ ކިމިޗެވެ.

މި ގްރޫޕުގައި ދެން ހިމެނެނީ ނަދަން އައިލެންޑާއި ސްލޮވާކިއާ އެވެ. 0-2 ގެ ނަތީޖާއިން ނަދަން އައިލެންޑު މި މެޗު ކާމިޔާބުކޮށްފައިވާއިރު ގޯލުތައް ޖަހާފައިވަނީ 18 ވަނަ މިނެޓުގައިސްލޮވާކިއާގެ ޑޭވިޑް ސްޓްރެލެކް އަތުން ބައިކޮޅަށް ވަތް ގޯލެއްގެ އިތުރުން 81 ވަނަ މިނެޓުގައި ޓްރައި ހުމޭ އެވެ.

ޖަރުމަން، ނަދަން އައިލެންޑު އަދި ސްލޮވާކިއާ، މިއިން ކޮންމެ ޓީމަކަށް ވެސް މި ގްރޫޕުގައި ތިން މެޗުން ހަ ޕޮއިންޓު ލިބިފައިވާއިރު ލަގްސަންބާގަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

ގްރޫޕު ޑީ ގައި ހިމެނޭ ފްރާންސާއި އަޒަރުބައިޖާން ބައްދަލުކުރި މެޗުގައި ގޯލުތައް ޖަހާފައިވަނީ 2+45 ވަނަ މިނެޓުގައި އެމްބާޕޭ، 69 ވަނަ މިނެޓުގައި ރަބިއޮޓް އަދި 84 ވަނަ މިނެޓުގައި ފްލޯރިއަން ތައުވިން އެވެ.

މި ގްރޫޕުގައި ދެން ހިމެނޭ އައިސްލެންޑާއި ޔޫކްރެއިން ބައްދަލުކުރި މެޗު ނިމުނީ 3-5 ގެ ނަތީޖާ އިން ޔުކްރެއިން ކާމިޔާބުކޮށްގެންނެވެ. ރަށުން ބޭރުގައި ޔުކްރެއިން މޮޅުވި މި މެޗުގައި ޔުކްރެއިނަށް ގޯލުތައް ޖަހާފައިވަނީ މަލިނޯވްސްކީގެ ދެ ގޯލު (14 ވަނަ މިނެޓު އަދި 5+45)، 45 ވަނަ މިނެޓުގައި ގަޓްސުލިއާކް، 85 ވަނަ މިނެޓުގައި ކަލިއުޒިނީ، 88 ވަނަ މިނެޓުގައި އޮޗެރެޓްކޯ އެވެ. އަދި އައިސްލެންޑުގެ ގޯލުތައް ޖެހީ 35 ވަނަ މިނެޓުގައި އެލާޓްސަން އަދި ގުޑްމުންޑްސަން (59 ވަނަ މިނެޓާއި 75 ވަނަ މިނެޓު) ގަ އެވެ.

މި ގްރޫޕުގައި މިހާތަނަށް ކުޅުނު ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓާއެކު އޮތީ ފްރާންސެވެ. ދެވަނައިގައި ހަތަރު ޕޮއިންޓާއެކު ޔުކްރެއިން އޮތްއިރު ތިން ވަނައިގައި ތިން ޕޮއިންޓާއެކު އޮތީ އައިސްލެންޑެވެ. އަދި އެއް ޕޮއިންޓާއެކު އަޒަރުބައިޖަން އޮތީ ފުލުގަ އެވެ.

ގްރޫޕް ޖޭ ގައި ހިމެނޭ ބްލްޖިއަމް އާއި ނޯތް މެސެޑޯނިއާ މެޗު ނިމުނީ ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. މި ގްރޫޕުގެ އެއްވަނައިގައި މިވަގުތު 12 ޕޮއިންޓާއެކު އޮތީ ނޯތް މަސެޑޯނިއާ އެވެ. އެއް މެޗު މަދުން ކުޅެ 11 ޕޮއިންޓާއެކު ބެލްޖިއަމް އޮތްއިރު އެއް ޕޮއިންޓް މަދުން ކުޅެ ތިން ވަނައިގައި 10 ޕޮއިންޓާއެކު އޮތީ ވޭލްސް އެވެ. ހަތަރު ވަނައިގައި ހަ ޕޮއިންޓާއެކު ކަޒްކިސްތާން އޮތްއިރު ލައިޓެންސްޓައިން ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންސްގައި މިހަފްތާގައި މިހާތަނަށް ކުޅުނު އެހެން މެޗުތަކުގެ ނަތީޖާތައް:

ޔޫރަޕް - ގްރޫޕް ބީ

ކޮސޯވޯ 0-0 ސްލޮވޭނިއާ

ސްވިޑަން 0-2 ސްވިޒަލެންޑު

އެފްރިކާ - ގްރޫޕް ބީ

ސައުތް ސޫދާން 0-5 ސެނެގާލް

ސޫދާން 0-0 މޮރިޓާނިއާ

ޓޯގޯ 0-1 ޑީއާރު ކޮންގޯ

އެފްރިކާ - ގްރޫޕް ސީ

ލެސޯތޯ 1-2 ނައިޖީރިއާ

ރުވާންޑާ 0-1 ބެނިން

ޒިމްބާބްވޭ 0-0 ސައުތް އެފްރިކާ

އެފްރިކާ - ގްރޫޕް އެފް

ގަމްބިއާ 3-4 ގަބޯން

ސީޝެލްސް 0-7 އައިވޮރީ ކޯސްޓް

އެފްރިކާ - ގްރޫޕް އެޗް

ސައޯ ޓޯމް އެންޑް ޕްރިންސިޕޭ 0-6 ޓިއުނީޝިއާ

ކޮންކަފް - ގްރޫޕް ސީ

ނިކަރޫގުއާ 0-3 ހައިޓީ

ހޮންޑިއުރަސް 0-0 ކޮސްޓަރިކާ

ވޯލްޑް ކަޕު ކޮލިފިކޭޝަންސް ގެ މެޗުތައް މާދަމާ ރޭ ވެސް ކުޅޭނެ އެވެ. ވޯލްޑް ކަޕު ފަށާނީ އަންނަ އަހަރު ޖޫން 11 ގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%