ކުރީގެ ތިން މިނިސްޓަރަކު އޭސީސީއަށް ހާޒިރުވުމަށް އަންގައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 10 ދުވަސް ކުރިން - 10 އޮކްޓޯބަރު 2025 16:53
އޭސީސީއަށް ހާޒިރުވުމަށް އެންގި ކުރީގެ ތިން މިނިސްޓަރުން--- ފޮޓޯ: ޚުލާސާ ގްރެފިކްސް
އޭސީސީއަށް ހާޒިރުވުމަށް އެންގި ކުރީގެ ތިން މިނިސްޓަރުން--- ފޮޓޯ: ޚުލާސާ ގްރެފިކްސް
ޚުލާސާ

ބެލެވޭ ގޮތުގައި މި ތިން މިނިސްޓަރުން ވެސް ހާޒިރުކުރަނީ މިނިސްޓަރުކަމުގައި ހުންނެވިއިރު ހިންގެވި ކޮރަޕްޝަންތަކެއްގެ މައްސަލައިގައި.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ތިން މިނިސްޓަރަކު އެ ކޮމިޝަނަށް ހާޒިރުވުމަށް އަންގައިފި އެވެ.

އޭސީސީއިން ކުރާ ތަހުގީގަކާ ގުޅިގެން އެ ކޮމިޝަނަށް ހާޒިރުވުމަށް އަންގާފައިވަނީ ކުރީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެވެ.

މި މައްސަލައާ ގުޅިގެން ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު، އޭނާގެ އެކްސް އެކައުންޓުގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، އޭސީސީ އިން ކުރިއަށް ގެންދާ ތަހުގީގަކާ ގުޅިގެން އާދިއްތަ ދުވަހު 14:30 އަށް އޭސީސީ އަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ.

އަމީރު ބުނެފައިވާ ގޮތުގައި، 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ފިނޭންސް މިނިސްޓަރުކަމުގައި މަސައްކަތްކޮށްފައި ވާނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކުގައި ކަމަށެވެ. މީގެ އިތުރުން ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށް ދައުލަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ވެސް އަމީރު ވަނީ ބުނެފަ އެވެ.

ފިނޭންސް މިނިސްޓަރުކަމުގައި، ކޮންމެ ކަމެއްވެސް ނިންމައި އަދި ލަފާދީފައިވާނީ ދައުލަތަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްކޮށް، ފައިދާވާނެ ގޮތަށް ކަމަށާއި އެ ޔަގީންކަން ނަފްސާއި މެދު އެބައޮތް ކަމަށް އަމީރު އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ބުނީީ، އޭސީސީގެ ތަހުގީގަކަށް ހާޒިރުވުމުގެ ޗިޓެއް ލިބިފައިވާ ކަމަށާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައި ނޯންނާނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%