Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޭރު ފައިސާ އެކްސްޗޭންޖުކުރުމުގެ ލައިސަންސް ފީއާއި އަހަރީ ފީ ބޮޑުކޮށް، ގަވާއިދު އިސްލާހުކޮށްފި

ބޭރު ފައިސާ އެކްސްޗޭންޖުކުރުމުގެ ލައިސަންސް ފީއާއި އަހަރީ ފީ ބޮޑުކޮށް، ގަވާއިދު އިސްލާހުކޮށްފި

މުހައްމަދު ޖަމްޝަތު
325 ދުވަސް ކުރިން - 9 އޮކްޓޫބަރު 2025 22:10
އެމްއެމްއޭ---ފޮޓޯ:މޯލްޑިވްސް ޖާނަލް
އެމްއެމްއޭ---ފޮޓޯ:މޯލްޑިވްސް ޖާނަލް
ޚުލާސާ

މި އިސްލާހުގައި ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ހިދުމަތް ދޭ ތަނުގައި ހުންނަން ޖެހޭ މިންގަނޑުތަކެއްވެސް ވަނީ ކަނޑައަޅާފާ

ބޭރު ފައިސާ ގަނެވިއްކާ ވިޔަފާރިތަކުން މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނަގަންޖެހޭ ހާއްސަ ލައިސަންސްގެ އެޕްލިކޭޝަން ފީއާއި އަހަރުން އަހަރަށް ދައްކަންޖެހޭ ފީ ބޮޑުކޮށް، "މަނީ ޗޭންޖިން ވިޔަފާރިތަކާ ބެހޭ ގަވާއިދު" އިސްލާހުކޮށްފި އެވެ.

މަނީ ޗޭންޖިން ވިޔަފާރިތަކާބެހޭ ގަވާއިދުގައި ކުރިން ކަނޑައަޅާފައިވާ ގޮތުން ދެ ޓިއާއެއްގެ ދަށުން ލައިސަންސް އަންނަނީ ދޫކުރަމުންނެވެ. އެއީ ޓިއާ 1 އަދި ޓިއާ 2 އެވެ. ޓިއާ 1 އަކީ ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސެވެ. ޓިއާ 2 އަކީ ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސެވެ. ޓިއާ 2 ހާއްސަ ކޮށްފައިވާ ޓޫރިޒަމް ދާއިރާ އަށެވެ.

އެމްއެމްއޭ އިން މިއަދު އާންމުކުރި އިސްލާހުގައިވާ ގޮތުން ބޭރު ފައިސާ ގަނެވިއްކުމަށް ދޫކުރާ ލައިސަންސް ނުވަތަ ޓިއާ 1 ގެ ލައިސަންސްގެ ދަށުން ދެ ކެޓަރީއެއް ވަނީ ކަނޑައަޅާފަ އެވެ. އެއީ:

Advertisement

Advertisement 1
  1. ކެޓަގަރީ އޭ: އާންމުންނަށާއި ވިޔަފާރިތަކަށާއި އެހެންވެސް ފަރާތްތަކަށް އަމާޒު ކޮށްގެން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުން.
  2. ކެޓަގަރީ ބީ: ވިޔަފާރިތަކަށް އެކަނި އަމާޒު ކޮށްގެން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުން.

އިސްލާހުގައިވާ ގޮތުން ޓިއާ 1 ލައިސަންސަށް ހުށަހަޅާއިރު އެޕްލިކޭޝަން ފީގެ ގޮތުގައި 40،000 ރުފިޔާ، އެމްއެމްއޭއިން އަންގާ މުއްދަތެއްގެ ތެރޭގައި ދައްކަން ވާނެ އެވެ. އެއީ ލައިސަންސް ދޫކުރިޔަސް ދޫނުކުރިޔަސް އަނބުރާ ނުލިބޭނެ ފީއެކެވެ. އަދި އެ ލައިސަންސް އާ ކުރުމަށް އެދި ހުށަހަޅާއިރު، އަނބުރާ ނުލިބޭ ގޮތަށް 20،000 ރުފިޔާ ދައްކަން ޖެހެއެވެ.

މީގެ ކުރިން ޓިއާ 1 ލައިސަންސްގެ އެޕްލިކޭޝަން ފީއަކީ 20،000 ރުފިޔާއެވެ. އަދި ލައިސަންސް އައުކުރަން ދައްކަން ޖެހެނީ 10،000 ރުފިޔާއެވެ.

ޓިއާ 1 ލައިސަންސްގެ އަހަރީ ފީގެ ގޮތުގައި 48،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ބަޔާންކޮށްފަ އެވެ. މީގެ ކުރިން ދައްކަންޖެހެނީ 24،000 ރުފިޔާ އެވެ.

ޓިއާ 2 ލައިސަންސަށް އެދި ހުށަހަޅާއިރު، އެޕްލިކޭޝަން ފީގެ ގޮތުގައި 2،600 ޑޮލަރު ދައްކަންޖެހޭއިރު ލައިސަންސް އާ ކުރުމަށް 1،300 ޑޮލަރު ދައްކަން ޖެހެއެވެ. އަދި އަހަރީ ފީގެ ގޮތުގައި 3,600 ޑޮލަރު ދައްކަންޖެހެ އެވެ.

މީގެ ކުރިން އެޕްލިކޭޝަން ފީއަކީ 1،300 ޑޮލަރެވެ. އަދި ލައިސަންސް އާކުރަން ކުރިން 650 ޑޮލަރު ދައްކަންޖެހޭއިރު އަހަރީ ފީއަށް ދައްކަނީ 1،800 ޑޮލަރެވެ.

މީގެ އިތުރުން ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް، ހުރިހާ ވަގުތެއްގައި ވެސް 50،000 ޑޮލަރު ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި އެމްއެމްއޭގައި ބަހައްޓަންވާނެ ކަމަށް ކުރިން އޮތް ނަމަވެސް، މިހާރު އެ އަދަދު ވަނީ އެއް ލައްކައަށް ބޮޑުކޮށްފައެވެ.

އެމްއެމްއޭ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

3 ދުވަސް ކުރިން - 11:46

ބިދޭސީ މުވައްޒަފުންގެ މުސާރަ އެ މުވައްޒަފެއްގެ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

ބިދޭސީ މުވައްޒަފުންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

6 ދުވަސް ކުރިން - 11:40

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

7 ދުވަސް ކުރިން - 14:50

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

7 ދުވަސް ކުރިން - 13:54

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް އެއްވެސް ވަރަކަށް އަމަލުނުކުރާ ދެ ރިސޯޓެއްގެ ނަން އެމްއެމްއޭ އިން އާންމުކޮށްފި

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް އަމަލުނުކުރާ ދެ ރިސޯޓެއްގެ ނަން އާންމުކޮށްފި

8 ދުވަސް ކުރިން - 18:51

ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރި އެކްސްޗޭންޖެއްގެ ލައިސަންސް އެމްއެމްއޭއިން ބާތިލްކޮށްފި!

ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރި އެކްސްޗޭންޖެއްގެ ލައިސަންސް އެމްއެމްއޭއިން ބާތިލްކޮށްފި!

10 ދުވަސް ކުރިން - 16:40