Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެމެރިކާއިން އެދުނީމާވެސް އެރްދޮޣާން ވިދާޅުވީ ގޭސް ގަތުމުގައި އީރާނާއި ރަޝިޔާ ދޫކޮށްނުލާނެ ކަމަށް

އެމެރިކާއިން އެދުނީމާވެސް އެރްދޮޣާން ވިދާޅުވީ ގޭސް ގަތުމުގައި އީރާނާއި ރަޝިޔާ ދޫކޮށްނުލާނެ ކަމަށް

ޢަބްދުﷲ ޖުނައިދު
244 ދުވަސް ކުރިން - 9 އޮކްޓޫބަރު 2025 09:32
ތުރްކީވިލާތުގެ ރައީސް ރަޖަބް ޠޮއްޔިބް އެރްދޮޣާން އާއި އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ)
ތުރްކީވިލާތުގެ ރައީސް ރަޖަބް ޠޮއްޔިބް އެރްދޮޣާން އާއި އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ)
ޚުލާސާ

ތުރްކިޔޭ އިން ރަޝިޔާއާ އާއި އީރާނާއެކު ހަދާފައިވާ ގޭހުގެ އެގްރީމެންޓް އަންނަ އަހަރު ހަމަވާތީ އެމެރިކާއިން ކޮޅަށް ދީލާލުމަށްނޓްރަމްޕް އެދުމުން އެރްދޮޣާން ވިދާޅުވީމާ އެހެން ހެދެން ނެތްކަމަށް.

ރޫސީވިލާތާއި ތެހެރާނުގެ ގޭހަށް ބަރޯސާވުން ކުޑަކޮށް އަމިއްލަ އުފެއްދުން އިތުރުކުރުމަށް ތުރުކީވިލާތުން ނިންމުމާއި އެކު ތިމަންނަމެންގެ އަތުން ގޭސް ގިނައިން ގަތުމަށް ތުރުކީވިލާތުގައި އެމެރިކާއިން އެދިއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިއަހަރު ނިމޭއިރު ތުރްކިޔޭ އާއި މޮސްކޯ އާއި ދެމެދު ހަދާފައިވާ ގޭހުގެ ކޮންޓްރެކްޓް ހަމަވާއިރު އަންނަ އަހަރުގެ މެދުތެރޭގައި އީރާނާއި އެކު ހަދާފައިވާ އެއްބަސްވުން ވެސް ނިމޭނެއެވެ. އެހެންކަމުން ހުސްވި މަހުގެ 25 ވަނަ ދުވަހު ރައީސް އެރްދޮޣާނާއި ވައިޓްހައުސްގައި ބައްދަލުކުރައްވައި ޓްރަމްޕް ވިދާޅުވީ ތުރްކިޔޭ އަށް ބޭނުންވާ ގޭސް އެމެރިކާ އިން ސަޕްލައި ކޮށްދޭނެ ކަމަށާއި ރަޝިޔާ އާއި އީރާން ދޫކޮށްލުމަށް އެދޭ ކަމަށެވެ.

އިޤްތިޞާދަށް ލޮޅުން އަރާފައިވާ ތުރްކިޔޭއަށް މޮސްކޯގެ ގޭސް ހޮޅިން ކޮންމެ 1000 ކިއުބިކް މީޓަރު 1400 ޑޮލަރުގެ ރޭޓުން ގަތުމަށް ވުރެ އެމެރިކާއިން ފުޅިފުޅީގައި ނުވަތަ ކޮންޓޭނަރު ޝިޕުގައި ގޭސް ގެނައުމުން މާ ބޮޑަށް ވެސް ފައިދާ ވާނެއެވެ. ސަބަބަކީ ތުރުކީވިލާތަށް އެމެރިކާގެ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) އެތެރެކުރުމުގައި އެމެރިކާއަށް ދައްކަން ޖެހޭނީ ކިއުބިކް މީޓަރަކަށް 277 ޑޮލަރު ކަމަށް ވާތީއެވެ.

Advertisement

Advertisement 1

ތުރްކިޔޭއިން ބުނާ ގޮތުގައި އަންކާރާގެ ގޭސް ޕްރޮޑަކްޝަން އިތުރުވުމާއިއެކު 2028 ވަނަ އަހަރުގެ ނިޔަލަށް އެ ޤައުމަށް ބޭނުންވާ ހަކަތައިގެ ދެބައިކުޅަ އެއްބައި ކަވަރު ކުރެވޭނެއެވެ. އެހެންކަމުން އެމެރިކާއިން ބޭނުންވަނީ 2028 ގެ ފަހުން އީރާނާއި މޮސްކޯއިން ގޭސް ގަތުމުގެ ބަދަލުގައި ތުރްކިޔޭއިން އެމެރިކާގެ އަތުން ގޭސް ގަތުމަށެވެ. ނަމަވެސް އެރްދޮޣާން ވިދާޅުވީ ރަޝިއާ އާއި އީރާންގެ ގޭސް މުޅީން ދޫކޮށްނުލާނެ ކަމަށެވެ.

އަންކާރާއިން މިހާރުވެސް ވަނީ އެމެރިކާގެ އެލްއެންޖީ ޑީލްތަކުގައި ސޮއިކޮށް 43 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެއީ 20 އަހަރުގެ އެއްބަސްވުމެކެވެ. އަހަރަކު 4 ބިލިއަން ކިއުބިކް މީޓަރު (ބީސީއެމް) ހޯދުމަށެވެ.

ރަޝިޔާއިން ތުރްކިޔޭއަށް އަހަރަކު ސަޕްލައި ކުރަނީ ގާތްގަނޑަކަށް 21.6 ބީސީއެމްގެ ގުދުރަތީ ގޭސް ކަމަށް ވާއިރު އީރާނުން 10 ބީސީއެމް ކޮންމެ އަހަރަކު ތުރްކިޔޭއިން ހޯދައެވެ.

އެމެރިކާގެ ގޭހަށް ވުރެ ރަޝިއާގެ ހޮޅިލައިނުން ލިބޭ ގޭސް އެތައް ގުނައަކަށް ކޮލިޓީ ރަނގަޅުވެ އިތުބާރު ބޮޑުކަމުން، ގިނަ ޤައުމުތަކުން އަސްލު ބޭނުންވަނީ ރަޝިއާގެ ގޭހެވެ.

ނޭޓޯގެ ޤައުމުތަކުން ރަޝިއާ އާއި އީރާން އިނދަޖައްސާލަން މަސައްކަތް ކުރިޔަސް، ހުޅަނގުގެ ކުންފުނިތަކުން ދަނީ ސިއްރިޔާތުގައި އެ ދެޤައުމާއި އެކު ގޭހާއި ތެލުގެ ވިޔަފާރި ކުރަމުންކަން ފާހަގަ ކުރެވެއެވެ.

ތުރްކިއޭރަޝިއާއީރާންރަޖަބް ތައްޔިބް އެރްދޮގާންޑޮނަލްޑް ޓްރަމްޕުއެމެރިކާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭން ފަށައިފި

އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭން ފަށައިފި

18 ގަޑިއިރު ކުރިން - 13:13

އީރާނު ކައިރިން އެމެރިކާގެ ހެލިކޮޕަޓެރެއް ވެއްޓިއްޖެ

އީރާނު ކައިރިން އެމެރިކާގެ ހެލިކޮޕަޓެރެއް ވެއްޓިއްޖެ

19 ގަޑިއިރު ކުރިން - 11:26

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ؛ ޝަކީރާވެސް ފެންނާނެ

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ

19 ގަޑިއިރު ކުރިން - 11:23

ވޯލްޑް ކަޕްގައި އިންސާފުކުރަން ހަމަޖެހިފައިވާ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި

ވޯލްޑް ކަޕްގައި އިންސާފުކުރަން ހަމަޖެހިފައިވާ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި

1 ދުވަސް ކުރިން - 10:24

އިޒުރޭލަށް ޙަމަލާ ދިނުން އީރާނުން މިވަގުތަށް ހުއްޓާލައިފި

އިޒުރޭލަށް ޙަމަލާ ދިނުން އީރާނުން މިވަގުތަށް ހުއްޓާލައިފި

2 ދުވަސް ކުރިން - 17:27

އިސްރާއީލުން އީރާނަށް ހަމަލާދޭން ކެރުނީ 8 ގަޑިއިރު ފަހުން

އިސްރާއީލުން އީރާނަށް ހަމަލާދޭން ކެރުނީ 8 ގަޑިއިރު ފަހުން

2 ދުވަސް ކުރިން - 12:57