އެމެރިކާގެ ހެލިކޮޕްޓަރެއް ވެއްޓި އޭގައި ތިބި އެންމެން މަރުވެއްޖެ

ޢަބްދުﷲ ޖުނައިދު | 53 ދުވަސް ކުރިން - 8 އޮކްޓޯބަރު 2025 17:35
ކެލިފޯނިއާގެ މަގުމައްޗަށް ބަލިމީހުން އުފުލާ ހެލިކޮޕްޓަރު ވެއްޓިފައި / ފޮޓޯ؛ އޭޕީ
ކެލިފޯނިއާގެ މަގުމައްޗަށް ބަލިމީހުން އުފުލާ ހެލިކޮޕްޓަރު ވެއްޓިފައި / ފޮޓޯ؛ އޭޕީ
ޚުލާސާ

އެމެރިކާގެ ކެލިފޯނިއާގެ މަގެއްގެ މައްޗަށް ބަލިމީހުން އުފުލާ ހެލިކޮޕްޓަރެއް ވެއްޓި އޭގައި ތިބި ތިންމީހުން ވެސް މަރުވެއްޖެ.

އެމެރިކާގެ ހެލިކޮޕްޓަރެއް ވެއްޓި އެ ހެލިކޮޕްޓަރުގައި ތިބި ތިންމީހުން ވެސް މަރުވެފައިވާ ކަމަށް އެ ޤައުމުގެ ޑިޕާޓްމަންޓް އޮފް ޑިފެންސް އިން ކަށަވަރުކޮށްދީފިއެވެ.

އެމެރިކާގެ ހުޅަނގު ކެލިފޯނިޔާގެ މަގެއްގެ މައްޗަށެވެ.

ޙާލު ބޮޑު ބަލިމީހުންނާއި އިމަޖެންސީ ޙާލަތްތަކުގައި މީހުން އުފުލައިދޭ މި ހެލިކޮޕްޓަރު ވެއްޓުނުއިރު އޭގައި ތިބީ ޕައިލެޓާއި ނަރުހެއްގެ އިތުރުން ޕެރަމެޑިކެއް ކަމަށާއި މި ހާދިސާ ހިނގީ ކެލިފޯނިއާގައި ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

މި ހާދިސާ ހިނގި ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ. މިއީ އެމެރިކާގެ ރީޗް އެއާ މެޑިކަލް ސާވިސް ކިޔާ ކުންފުންޏަކުން އޮޕަރޭޓްކުރާ ހެލިކޮޕްޓަރެކެވެ.

މި އަހަރުގެ މިހާތަނަށް އެމެރިކާގައި ގިނަ ޢަދަދެއްގެ ހެލިކޮޕްޓަރު އެކްސިޑެންޓްތަކެއް ހިނގާފައިވާއިރު، އޭގެ ތެރޭގައި މާޗް މަހު އެކަނި ވެސް ހަތަރު އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%