Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއެއް އަންނަ އަހަރު ފަށަނީ

އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއެއް އަންނަ އަހަރު ފަށަނީ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
326 ދުވަސް ކުރިން - 8 އޮކްޓޫބަރު 2025 13:11
ރައީސް މުއިއްޒު. ތަރައްގީގެ ކަންކަން ކުރިއަށްދާއިރު މީހުންގެ ވިސްނުމާއި، އުޅުމާއި ގުޅުންތައްވެސް ތަރައްގީ ވާންޖެހޭ ކަމަށް ރައީސް ވިދާޅުވި--- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު. ތަރައްގީގެ ކަންކަން ކުރިއަށްދާއިރު މީހުންގެ ވިސްނުމާއި، އުޅުމާއި ގުޅުންތައްވެސް ތަރައްގީ ވާންޖެހޭ ކަމަށް ރައީސް ވިދާޅުވި--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ދިވެހީންނަކީ ލޯތްބާއި ކުލުނާއި، ހިނިތުންވުމާއެކު އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރި ބައެއްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި

އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއެއް އަންނަ 2026 ވަނަ އަހަރުގެ ތެރޭގައި ފެއްޓެވުމަށް ގަސްތުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު މި މޭރުމުން ވިދާޅުވީ، އެމަނިކުފާނު އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މަހިބަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ތަރައްގީގެ ކަންކަން ކުރިއަށްދާއިރު މީހުންގެ ވިސްނުމާއި، އުޅުމާއި ގުޅުންތައްވެސް ތަރައްގީ ވާންޖެހޭ ކަމަށެވެ.

މީގެ އަހަރުތަކެއް ކުރިން، ސިޔާސީ އޮއިވަރެއްގެ ތެރެއަށް ރައްޔިތުން ވަދެގެންދާން ފެށުމާއެކު، އެކަކު އަނެކަކަށް އިހްތިރާމް އަދާކުރުމުގެ އާދަކާދަ ވަރަށް ބޮޑަށް ނެތި ގޮސްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވަނީ މިކަން ބަދަލުކުރައްވައި އިހު އޮތް ގޮތަށް އަނބުރާ ވަޑައިގަތުމަށް ކަމަށެވެ.

Advertisement

Advertisement 1
"ސަރުކާރުން ބޭނުން މި އަންނަ އަހަރުގެ ތެރޭގައި މިއީ އަތްލެވޭ މަޝްރޫއެއް ނޫން، އެހެންނަމަވެސް ބިޔަ މަޝްރޫއެއްގެ ގޮތުގައި އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއުއެއް ފަށަން، ރެސްޕެކްޓް ކެމްޕޭނެއް ފަށަން. މިކަމުގައި ހުރިހާ ރައްޔިތުންނާއި، ކަމާބެހޭ ހުރިހާ މުއައްސަސާތަކާއި، ސިވިލް ސޮސައިޓީގެ ހުރިހާ އެންޖީއޯތަކާއި ހުރިހާ ފަރާތްތައް ބައިވެރިވާން އަޅުގަނޑު ގޮވާލަން، ސިޔާސީ ޕާޓީތަކާއި ހުރިހާ ފަރާތްތައް." ރައީސް ވިދާޅުވި އެވެ.

މިކަމުގެ ހަގީގީ ނަތީޖާ ފެންނާނީ، އެންމެންގެ ބައިވެރިވުން ލިބިގެންކަމަށާއި ހަގީގީ މާނާގައި ދިވެހިރާއްޖެ ތަރައްގީވެގެންދާނީ، މިފަދަ، ވަށައިޖެހޭ ގޮތެއްގައި ތަރައްގީ ހާސިލުކުރެވިގެން ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. މިކަމުގައި ދިވެހި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބި، ކާމިޔާބު ހޯއްދެވޭނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށް އެމަނިކުފާނު ވަނީ އިތުރަށް ވިދާޅުވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއދ. މަހިބަދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައީސް ޑރ. މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ: ޝިޔާމް

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

16 ގަޑިއިރު ކުރިން - 20:10

ރާއްޖޭގައި އިންޖިނިއަރިން ދާއިރާއިން ދިރާސާތައް ކުރެވޭނެ އެންމެ މަތީ ފެންވަރުގެ ލެބޯޓަރީއެއް ގާއިމުކުރަން ނިންމަވައިފި

އިންޖިނީރިންގެ ދާއިރާއިން ތަހުލީލާއި ދިރާސާކުރާނެ ލެބޯޓާރީއެއް ގާއިމުކަރަނީ

16 ގަޑިއިރު ކުރިން - 19:52

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި: މުޅި މަޝްރޫއު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި

16 ގަޑިއިރު ކުރިން - 19:49

އިންޖިނީރިންގއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

އިންޖިނީރިންގްއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

1 ދުވަސް ކުރިން - 11:32

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

1 ދުވަސް ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

2 ދުވަސް ކުރިން - 08:31