Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކައުންސިލްތަކުން އުސޫލުތައް ހަދަންޖެހޭނީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްވާގޮތަށް: ރައީސް

ކައުންސިލްތަކުން އުސޫލުތައް ހަދަންޖެހޭނީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްވާގޮތަށް: ރައީސް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
329 ދުވަސް ކުރިން - 6 އޮކްޓޫބަރު 2025 14:47
ރައީސް މުއިއްޒު. ދިގުރަށުގައި ގެދޮރުގެ ނުވަތަ ގޯތީގެ މައްސަލައަށް ހައްލެއް ނުލިބި ވަނީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭން އެންމެ އެކަށީގެންވާ ގޮތަކަށް ތައްޔާރުކުރެވިފައި ނުވުމުން ކަމަށް ރައީސް ވަނީ ވިދާޅުވެފަ--- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު. ދިގުރަށުގައި ގެދޮރުގެ ނުވަތަ ގޯތީގެ މައްސަލައަށް ހައްލެއް ނުލިބި ވަނީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭން އެންމެ އެކަށީގެންވާ ގޮތަކަށް ތައްޔާރުކުރެވިފައި ނުވުމުން ކަމަށް ރައީސް ވަނީ ވިދާޅުވެފަ--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް މުއިއްޒު މި މޭރުމުން ވިދާޅުވީ އެ އަތޮޅު ދިގުރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން

ކައުންސިލްތަކުން އުސޫލުތައް ހަދަންޖެހޭނީ ރަށުގެ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ހުރިހާ ރައްޔިތުންނަށް ޝާމިލުވާ ގޮތަށް އަދި ހިމާޔަތްވާ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މި މޭރުމުން ވިދާޅުވީ އެމަނިކުފާނު މިހާރު އދ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ދިގުރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ދިގުރަށަށް މި ވަގުތު އެންމެ މުހިއްމު ކަމަކީ އެ ރަށަށް ދިމާވެފައިވާ ގެދޮރުގެ ނުވަތަ ގޯތީގެ މައްސަލަ ހައްލުކުރުން ކަމަށެވެ. ދިގުރަށުގައި މި މައްސަލައަށް ހައްލެއް ނުލިބި ވަނީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭން އެންމެ އެކަށީގެންވާ ގޮތަކަށް ތައްޔާރުކުރެވިފައި ނުވުމުން ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

Advertisement

Advertisement 1

ދިގުރަށުގައި ގެދޮރުގެ ނުވަތަ ގޯތީގެ މައްސަލަ މިހާތަނަށް ދިގުލައިގެން ދިއުމުގެ މައްސަލަ ހައްލުކުރެއްވުމަށްޓަކައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. މިހާރު ފާސްކުރެވިފައިވާ ލޭންޑް ޔޫސް ޕްލޭނަށް ވެސް ގޯތި އިތުރުކުރަންޖެހޭ ކަމަށް ރަށުގެ ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

"އެހެންވީމަ މަދުވެގެން 50 ގޯތި ދެވޭ ވަރަށް ލޭންޑް ޔޫސް ޕްލޭން އިސްލާހުކޮށްދިނުމުގައި ސަރުކާރުން އެހީތެރިކަންދޭނަން." --- ރައީސް ޑރ. މުއިއްޒު ދިގުރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވައި ވިދާޅުވި އެވެ.

މީގެ އިތުރަށް އެ ރަށުގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތުގައި އިންސާފުވެރިކޮށް ގޯތި ދިނުމުގެ ކަންތަށް އިއުލާންކުރެވިގެންދާ ގޮތަށް، އުސޫލު ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ވަރަށް އަވަސް މުސްތަގުބަލެއްގައި ފަށާނެ ކަމަށާއި އުސޫލު ހެދުމަށް ފަހު ކައުންސިލަށް އެ އުސޫލު ފޮނުވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއދ. ދިގުރަށް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

4 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

4 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

4 ގަޑިއިރު ކުރިން - 18:26

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

6 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

6 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

6 ގަޑިއިރު ކުރިން - 16:42