އަނެއްކާވެސް ދުވާފަރު ކައުންސިލުގެ ބޮޑު ހިޔާނާތެއް، މިފަހަރު ވައްކަން ކުރީ ޑޮކިއުމަންޓުތައް ފޯޖުކޮށްގެން!

މުހައްމަދު ޖަމްޝަތު | 16 ދުވަސް ކުރިން - 4 އޮކްޓޯބަރު 2025 14:58
ދުވާފަރު ކައުންސިލުގެ މެމްބަރުންނާއި ސެކެޓްރީ ޖެނެރަލް އަދި މުވައްޒަފުންތަކެއް، މިއީ މިހާތަނަށް އެންމެ ހިޔާނާތް ހިންގާކަން ހާމަވެފައިވާ ކައުންސިލު----
ދުވާފަރު ކައުންސިލުގެ މެމްބަރުންނާއި ސެކެޓްރީ ޖެނެރަލް އަދި މުވައްޒަފުންތަކެއް، މިއީ މިހާތަނަށް އެންމެ ހިޔާނާތް ހިންގާކަން ހާމަވެފައިވާ ކައުންސިލު----
ޚުލާސާ

ދުވާފަރު ކައުންސިލުން ކޮވިޑު ތެރޭގައިވެސް ބޮޑު ހިޔާނާތެއް ހިންގިކަން ވަނީ ހާމަވެފަ. އެފަހަރު ކައުންސިލު ހުރިހާ މެމްބަރުން ސަސްޕެންޑު ކުރިއިރު މައްސަލަ ފެންމަތިވުމުން މެމްބަރަކު އިސްތިއުފާވެސް ދިން.

ރ. ދުވާފަރު ކައުންސިލުން މާލިއްޔަތު ގާނޫނާއި ހިލާފު މުއާމަލާތްތަކެއް ކޮށް އަނެއްކާވެސް ބޮޑު ހިޔާނާތެއް ހިންގާފައިވާކަން އެ ކައުންސިލުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ. އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ދުވާފަރު ކައުންސިލުގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި މާލިއްޔަތު ގާނޫނާއި ހިލާފަށް ކޮށްފައިވާ 20 ކަމެއްވަނީ ފާހަގަކޮށްފަ އެވެ.

އޭގެތެރޭގައި އެންމެ ބޮޑު އެއް މައްސަލައެއް ގޮތުގައި ފާހަގަކޮށްފައިވަނީ ކައުންސިލުން ފައިސާ ދައްކަންޖެހޭ ބިލުތަކެއް ފޯޖުކޮށްގެން ކައުންސިލުގެ މުވައްޒަފަކު އޭގައި ހުރި އެކައުންޓު ނަންބަރުގެ ބަދަލުކޮށް އެ މުވައްޒަފާއި ގުޅުންހުރި އެހެން ފަރާތްތަކުގެ އެކައުންޓު ނަންބަރު ޖަހައި ފައިސާ ޖަމާކޮށްފައިވާ މައްސަލަ އެވެ. ރިޕޯޓުން އެނގޭ ގޮތުގައި ޑޮކިއުމަންޓު ފޯޖުކޮށްގެން އެ މުވައްޒަފު ވަނީ 99،338 ރުފިޔާ އަށް ހިޔާނާތްވެފަ އެވެ.

އަދި ކައުންސިލުން އެ ބިލުތަކަށް ފައިސާ ދެއްކުމަށް ޕޭމަންޓް ޝީޓުތަކުގައިވާ ނަމާއި އެކައުންޓު ނަމްބަރުގެ ސައްހަކަން ކަށަވަރުކޮށްފައި ނުވާއިރު އެމައްސަލަ ފެންމަތިވުމުން އަނބުރާ ކައުންސިލަށް ހޯދިފައިވަނީ އޭގެތެރެއިން އެންމެ 35،520 ރުފިޔާ ކަަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ދުވާފަރު ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ރަޖިސްޓްރީ ބަލަހައްޓާފައިނުވުމުން ލިބެންޖެހޭ ފައިސާގެ އަދަދުު ކަށަވަރުުކުރެވެން ނެތުމާއި އެ ފައިސާ ހޯދަން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވެ އެވެ. އަދި އެއްބަސްވުންތަކެއް ނުހަދައި ބިންތައް ކުއްޔަށް ދޫކޮށްފައިވާ މައްސަލަތަކާއި ކައުންސިލަށް ފައިސާ ލިބޭ ކަންތައްތަކުގެ ރަޖިސްޓްރީ ފުރިހަމައަށް ބަލަހައްޓާފައި ނުވާއިރު ފައިސާ ބަލައިގަންނަންޖެހޭ ރޭޓުތައް ކަށަވަރު ކުރެވެން ނެތްކަމަށްވެސް ރިޕޯޓުގައިވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ކައުންސިލަށް ބަލައިގަންނަ ފައިސާ ގަވާއިދުން ކައުންސިލް އެކައުންޓަށް ޖަމާ ނުކުރާ މައްސަލައާއި ބޭންކް އެކައުންޓުގެ ބާކީ އާއި ރިކޮންސިލިއޭޝަން ތައްޔާރުނުކުރުމުގެ ސަބަބުން ކައުންސިލް އިދާރާގެ ރެކޯޑްތަކުގެ ސައްހަކަން ކަށަވަރުކުރަން ދަތިވާކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ދުވާފަރު ކައުންސިލުން މީގެ ކުރިން 2022 ވަނަ އަހަރު ހިންގާފައިވާ ހިޔާނާތުގެ މައްސަލައަކީ މިހާތަނަށް ރާއްޖޭގެ ކައުންސިލަކުން ވެފައިވާ އެންމެ ބޮޑު ހިޔާނާތެވެ. ކައުންސިލުގެ ފައިސާ ކައުންސިލު މެމްބަރުންނާއި ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް މިިލިއަނުން ޖަމާކޮށްގެން ހިންގި އެ ހިޔާނާތުގެ މައްސަލާގައި ކައުންސިލު އެކީ ސަސްޕެންޑުވެސް ކުރި އެވެ.

ދުވާފަރު ކައުންސިލުގެ 12 މުވައްޒަފަކު ހިމެނޭގޮތަށް ހިންގާފައިވާ އެ މުއާމަލާތްތަކާއި ގުޅިގެން އޭސީސީންި ދައުވާކުރަންވެސް ފޮނުވި އެވެ. ނަމަވެސް އޭރު ޕީޖީން ނިންމީ އެ މައްސަލާގައި ދައުވާ ނުކޮށް ނަސޭހަތުގެ އެއްބަސްވުން ހަދާށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%