Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފުލުހުންގެ އަތުން އާލާތްތައް "ފެލައިލި" މުޒާހަރާގެ ބައިވެރިޔަކު ދޫކޮށްލައިފި

ފުލުހުންގެ އަތުން އާލާތްތައް "ފެލައިލި" މުޒާހަރާގެ ބައިވެރިޔަކު ދޫކޮށްލައިފި

އައިޝަތު ރުވާ ރިފްޢަތު
339 ދުވަސް ކުރިން - 4 އޮކްޓޫބަރު 2025 15:02
ރޭގެ މުޒާހަރާގެ ބައިވެރިއެއް ފުލުހުންގެ ޝީލްޑެއް  ނައިގެން
ރޭގެ މުޒާހަރާގެ ބައިވެރިއެއް ފުލުހުންގެ ޝީލްޑެއް ނައިގެން
ޚުލާސާ

ފުލުހުންގެ އަތުގައި ހުރި ދައުލަތުގެ މުދާތައް ގަދަކަމުން އަތުލައި ހަމަނުޖެހުން ހިންގި ރޭގެ މުޒާހަރާ ހުއްޓުވަން ފުލުހުން ވަނީ ޕެޕާ ސްޕްރޭ އާއި އެލް.އާރް.އޭ.ޑީ ބޭނުންކޮށްފަ.

ފުލުހުންނާއި ކުރިމަތިލައި ތަޅައި އަނިޔާކޮށް އަދި އަނިޔާ ލިބިގަތުމަށްޓަކައި ނުބައި ރޭވުންތަކުގެ ތެރެއިން ރޭ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީީ) އިން ބޭއްވި މުޒާހަރާގައި ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން މީހަކު ދޫކޮށްލައިފި އެވެ.

ސުލްހަވެރިވާނެ ކަމަށް ފުލުހުންގެ ގާތު ބުނުމަށްފަހު ޣައިރުގާނޫނީ ކޮށްލި މުޒާހަރާގައި ފުލުހުން ބަންދުކުރި ހަތް މީހުންގެ ތެރެއިން ކޯޓުން ވަނީ ދެން ތިބި މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ. އެ މީހުންނަކީ ފުލުހުންނާއި ކުރިމަތިލައި އަދި ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހުން ކަމަށް ބެލެވެ އެވެ.

ރޭގެ މުޒާހަރާ ފެށީ މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުންނެވެ. މުޒާހަރާގެ ބައިވެރިން ވަނީ ކަނޑައަޅައި އެއްބަސްވެފައިވާ ސަރަހައްދުގެ ބަދަލުގައި، މުޒާހަރާކުރުން މަނާ ސަރަހައްދުތަކަށް ވަންނަން މަސައްކަތްކޮށް އަދި މަޖީދީމަގަށް ވަދެ ޓެރަރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގައި ސުލްހަ ގެއްލުވައިލުމަށް މަސައްކަތްކޮށްފަ އެވެ. ފުލުހުން ބެރިކޭޑް ޖަހައި އެ މަގު ބަންދުކުރިނަމަވެސް އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ ބެރިކޭޑާއި އަދި ފުލުހުންގެ އަތުގައިވާ ޝީލްޑްތައް ވެސް “ފެލައިލާފައެވެ”. ނަމަވެސް، ފެންނަ ވީޑިއޯތަކުން އެމީހުންގެ އަތުން އެތަކެތި ވަގުތުން އަތުލުމަށްޓަކައި ފުލުހުން ބާރުގެ ބޭނުމެއް ނުކުރެ އެވެ.

Advertisement

Advertisement 1

އެމްޑީޕީގެ ގާނޫނީ ވަކީލެއްގެ ފަރާތުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު، ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ބާކީ ތިބި ހަ މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ. ބަންދުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ އާއި، ޔާސިރު އަބްދުއްލަތީފާއި އަދި މާފުށީ ކައުންސިލްގެ ރައީސް ހަަސަން ސަލާހު ހިމެނެ އެވެ. މި ތިން ބޭފުޅުން ވެސް ވަނީ 15 ދުވަހަށް ބަންދުކޮށްފަ އެވެ.

މުޒާހަރާގެ ތެރެއިން ހިތާމަވެރި ހާދިސާއެއް ވެސް ރިޕޯޓުކޮށްފައިވެ އެވެ. އެގޮތުން އެމްޑީޕީގެ ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާނަށް ހާޓް އެޓޭކެއް ޖެހި، ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އެމްޑީޕީން ބުނެ އެވެ. އޭނާ އަށް ހާޓްއެޓޭކެއް ޖެހެން މެދުވެރިވި ސީދާ ސަބަބެއް ކަށަވަރެއް ނުވެ އެވެ.

ފުލުހުންގެ އަތުގައި ހުރި ދައުލަތުގެ މުދާތައް ގަދަކަމުން އަތުލައި ހަމަނުޖެހުން ހިންގި ރޭގެ މުޒާހަރާ ހުއްޓުވަން ފުލުހުން ވަނީ ޕެޕާ ސްޕްރޭ އާއި ލޯންގް ރޭންޖް އެކޮއިސްޓިކް ޑިވައިސް (އެލް.އާރް.އޭ.ޑީ) ބޭނުންކޮށްފަ އެވެ.

މުޒާހަރާއެމްޑީޕީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

“ކޮންމެ ދުވަހަކު އެއްގަޑިއަކަށް ފަޔާގެ ގެޔަށް ނަޝީދު ގެންގޮސް ސިހުރުގެ ކާއެއްޗެހި ދެނީ” ކަމަށް ތުހުމަތު ކޮށްފި

‘ފަޔާގެ ގެޔަށް ނަޝީދު ގެންގޮސް ސިހުރުގެ ކާއެއްޗެހި” ދޭކަމަށް ތުހުމަތު ކޮށްފި

3 ދުވަސް ކުރިން - 18:46

ބާރުގެ ބޭނުން ކޮށްގެން މެޑްރިޑްގެ މުޒާހަރާ ރޫޅާލައިފި

ބާރުގެ ބޭނުން ކޮށްގެން މެޑްރިޑްގެ މުޒާހަރާ ރޫޅާލައިފި

6 ދުވަސް ކުރިން - 05:32

ހިޔާލުތަފާތުވުން ބޮޑުވެ، 5 މަސް ނުވަނީސް "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

ހިޔާލުތަފާތުވުން ބޮޑުވެ، "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

10 ދުވަސް ކުރިން - 10:23

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

16 ދުވަސް ކުރިން - 13:11

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

17 ދުވަސް ކުރިން - 18:55

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ދައުލަތުގެ ބަޖެޓު ދަވައިލި

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ބަޖެޓު ދަވައިލި

21 ދުވަސް ކުރިން - 10:56