އަދާލަތު ތެރޭގައި ކޯޅުން: ޕާޓީ މެމްބަރުންނަށް އޮޅުވާލަނީ ކަމަށްބުނެ އިލްޔާސްގެ ބަހުގެ ހަމަލާއެއް އިމްރާނަށް!

އައިޝަތު ރުވާ ރިފްޢަތު | 114 ދުވަސް ކުރިން - 3 އޮކްޓޯބަރު 2025 17:32
ޝެއިހް އިމްރާން (ކ)، ޝެއިލް އިލްޔާސް (ވ). - ފޮޓޯ: ޚުލާސާ ގްރެފިކްސް
ޝެއިހް އިމްރާން (ކ)، ޝެއިލް އިލްޔާސް (ވ). - ފޮޓޯ: ޚުލާސާ ގްރެފިކްސް
ޚުލާސާ

އަދާލަތު ޕާޓީގ ޕާޓީގެ މެމްބަރުންނަށް ހާމަނުކޮށް އޮޅުވާލައިގެން މަސައްކަތްކުރާ މަސައްކަތްކުރުން ހުއްޓާލަނީ ކޮންއިރަކުންތޯ ބުނެ އިލްޔާސް ވަނީ އިމްރާންއާ ސުވާލުކޮށްފައި.

ސަރުކާރު ޒިންމާދާރު ކުރަން އަދާލަތު ޕާޓީގެ މެންބަރުންނަށް ހާމަނުކޮށް އޮޅުވާލައިގެން ކަންކަން ކުރިޔަށް ގެންދިއުން ހުއްޓާލަނީ ކޮންއިރަކުންތޯ ބުނެ ޑރ. އިލްޔާސް އެ ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާންއާ ސުވާލުކޮށްފި އެވެ.

ޝެއިހް އިމްރާން ނޫހަކަށް ދީފައިވާ އިންޓަވިއުއެއް އަދާލަތު ޕާޓީގެ ކޮމިއުނިޓީ ގްރޫޕަށް މީހަކު ލުމުން އިލްޔާސް، އިމްރާންއާ ސުވާލުކޮށްފައިވަނީ "ސަރުކާރު ޒިންމާދާރުކުރުމަށް އަދާލަތުން ބަސްބުނަން ޖެހެނީ ވަކި ޕާޓީއެއްގެ ދަށުގައި ނިވާވެ އޮވެގެންތޯ؟" މިހެންނެވެ. އަދި އެ ޕާޓީގެ މެމްބަރުންނަށް އޮޅުވާލައިގެން ކަންކަން ކުރިޔަށް ގެންދަނީ ކީއްވެތޯ އޭނާ ވަނީ ސުވާލުކޮށްފައެވެ. ބެލެވޭ ގޮތުގައި މިރޭ އެމްޑީޕީން އިސްވެ އޮވެ ކުރިޔަށް ގެންދާ މުޒާހަރާގައި އަދާލަތު ޕާޓީން ބައިވެރިވާން ނިންމީ އެ ޕާޓީގެ ލީޑަޝިޕާއި މަޝްވަރާކުރުމެއް ނެތިއެވެ.

އަދާލަތު ޕާޓީ ކޮމިއުނިޓީ ގްރޫޕުން ލީކުވެފައިވާ ސްކްރީން ޝޮޓޮތައް.

އަދާލަތު ޕާޓީ އަކީ އަބަދުވެސް ސިޔާސީ ކަންކަމުގައި ބޮޑު އެހެން ޕާޓީއެއްގެ ނިވާފަތް ގަނޑަކަށްވެ އޮވެ މަސައްކަތްކުރާ ޕާޓީއެކެވެ. 2008 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަން ނިންމެވުމަށް އެޕާޓީ މަސައްކަތް ކުރީ ރައީސް ނަޝީދުގެ އެމްޑީޕީ ދަށުގައި އޮވެގެންނެވެ. ޖެހިގެން އައި ރިޔާސީ އިންތިހާބުގައި ޕީޕީއެމްއަށް ވެރިކަން ހޯދަން އެ ޕާޓީގެ ނިވާފަތް ގަނޑަށް ވަނެވެ. އަދި 2023 ވަނަ އަހަރު ނިކުތީ އަނެއްކާ ވެސް އެމްޑީޕީގެ ނިވާފަތް ގަނޑަށެވެ. ދިވެހިން މިކަހަލަ މީހުންނަށް ކިޔައި އުޅެނީ "އަމިއްލަ ރިމޯޓު ނެތުން" ނުވަތަ "ރިމޯޓަށް ފިތުން" މިހެންނެވެ.

"ލޫޓުވައިފި" ނަމުގަ އަދި ވެރިކަން މަގުމަތިން ވައްޓާލުމުގެ ނިޔަތުގައި އެމްޑީޕީން މިރޭ ބޮޑު މުޒާހަރާއެއް ކުރުމަށް ވަނީ ނިންމާފައެވެ. 2023 ގައި ވެރިކަން ބަދަލުވުމުން ބެންކޮކަށް ދިރިއުޅުން ބަދަލުކުރަމަށްފަހު ގައުމު ހަލަބޮލި ކުރުމަށް ޝެއިހް އިމްރާން އެނބުރި ރާއްޖެ ވަޑައިގަތީ އިހަކަށް ދުވަހުއެވެ. އަދި މިރޭގެ މުޒާހަރާގައި އަދާލަތު ޕާޓީން އެމްޑީޕީއާއެކު ބައިވެރިވާނެކަމަށް އޭނާ ބުނެފައިވަނީ އިއްޔެގެ ވަގުތެއްގައެއެވެ. މިއަދު މި ލީކުވި ސްކްރީންޝޮޓާއެކު މި ފަޅާއެރީ މިއީ އޭނާގެ އަމިއްލަ ނިންމެވުމެއް ކަމެވެ. އަދި ގައުމު ހަލަބޮލިކޮށްލަން މުޅި އަދާލަތު އެއްބަހެއް ނޫންކަމެވެ.

ޝެއިހް އިމްރާނަކީ މެއި ޑޭ (1 މެއި 2015) ގެ މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަފްރާޝީމް މަރުގެ ހުރިހާ ހެކިތައް އޭނާގެ އަތުގައި އެބަހުރި ކަމަށް ބުނި މީހާއެވެ. އެ ދުވަހު "މިހިރީ އޭ ހެކިތައް" ބުނެ އޭނާ ވަނީ ގަނޑުތަކެއް ދައްކާފައެވެ. އޭގައި ލިޔެފަ އޮތީ ކޯއްޗެއްކަމެއް މިއަދާއި ހަމައަށްވެސް ހާމަކޮށްފައެއް ނުވެއެވެ. އަދި ޖެހިގެން އައި ވެރިކަމުގައި ހޯމް މިނިސްޓަރަކަށްވެ ހުރެ އޭގެ އެއްވެސް ވާހަކައެއް އަދި އެ މައްސަލަވެސް އޭނާ ބަލާފައެއް ނުވެއެވެ. އެހެންކަމުން ވެރިކަމުގެ ދަހިވެތިކަމުގައި އިމްރާން ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެކަން ދިވެހިންނަށް އިނގެ އެވެ. އަދި ޝެއިހުގެ ތާކިހާ އަޅައިގެން ހުރި މުނާފިގެކޭ ބުނާ ދިވެހިން ރާއްޖޭގައި މަދެއް ނޫނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%