އެންސްޕާ އާއި އާސަންދައިން ބޭސްފަރުވާގެ އެހީއަށް މިދިޔަ އަހަރު 2.9 ބިލިއަން ރުފިޔާ ހޭދަކުރި

މުހައްމަދު ޖަމްޝަތު | 16 ދުވަސް ކުރިން - 2 އޮކްޓޯބަރު 2025 23:27
އާސަންދަ އޮފީސް----ފޮޓޯ: މޯލްޑިވްސް ފިނޭންޝަލް ރިވިއު
އާސަންދަ އޮފީސް----ފޮޓޯ: މޯލްޑިވްސް ފިނޭންޝަލް ރިވިއު
ޚުލާސާ

ބޭސްފަރުވާއަށް ސަރުކާރުން މިދިޔަ އަހަރު ކުރި ހޭދައަކީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު 12 ޕަސެންޓް އިތުރު އަދަދެއް.

ބޭސްފަރުވާގެ އެހީއަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އާއި އާސަންދައިން މިދިޔަ އަހަރު 2.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެންސްޕާއިން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު ބޭސްފަރުވާގެ އެހީއަށް ކުރި ހޭދައަކީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު 12 ޕަސެންޓު އިތުރު އަދަދެކެވެ. 2023 ވަނަ އަހަރު ބޭސްފަރުވާގެ އެހީއަށް ހޭދަކުރީ 2.6 ބިލިއަން ރުފިޔާއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު އެންސްޕާއިން 2024 ވަަނަ އަހަރު ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމުން 487،202،956 ރުފިޔާ ހޭދަކުރި އެވެ. 2023 ވަަނަ އަހަރު އެ ޕްރޮގްރާމުން ހޭދަކުރީ 365،512،374.81 ރުފިޔާ އެވެ.

އާސަންދަ ސްކީމަށް ބަލާއިރު 2024 ވަނަ އަހަރު 2.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. 2023 ވަނަ އަހަރު އެ ސްކީމުން ހަރަދުކުރި އަދަދު 2.2 މިލިއަނަށްވުރެ ގިނަ އެވެ.

ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގާ އެހީގެ އެކި ޕްރޮގްރާމުތަކަށް އެންސްޕާއިން މިއަހަރު ކުރި ހޭދައިގެ ޖުމްލަ އަދަދު ހަތް ލައްކަ ރުފިޔާއަށް ވުރެ އިތުރެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%