Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ވަނަތަކަށް ދޭ އިނާމުތައް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި

ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ވަނަތަކަށް ދޭ އިނާމުތައް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
287 ދުވަސް ކުރިން - 2 އޮކްޓޫބަރު 2025 19:41
2024 ވަނަ އަހަރުގެ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާފާޅުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
2024 ވަނަ އަހަރުގެ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާފާޅުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

މި އިނާމުތަކުގެ އިތުރުން ރަންވަނަތަކަށް ދާ ބައިވެރިންނަށް އުމްރާ ދަތުރެއް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައި

37 ވަނަ ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ރަން ވަނަތަކަށް ދާ ބައިވެރިންނަށް، އިސްލާމިކް މިނިސްޓްރީން ބޮޑު ފައިސާގެ އިނާމެއް ދިނުމަށް ނިންމައިފި އެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފައިވަނީ، ގުރްއާން މުބާރާތުގެ ހާފިޒުންގެ ގޮފިންނާއި، ނުބަލައި ކިޔެވުމުގެ ގޮފިން އަދި ބަލައިގެން ކިޔެވުމުގެ ގޮފިން އެއް ވަނައަށް ދާ ބައިވެރިއަކަށް 75،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ކޮންމެ ގޮތްޕަކުން ވަނައަށް ދާ ބައިވެރިއަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު އަދި ކޮންމެ ގޮތްޕަކުން ތިން ވަނައަށް ދާ ބައިވެރިއަކަށް 35،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

މި މުބާރާތުގެ މައި އިނާމުގެ ގޮތުގައި ކަނޑައަޅާފައިވާ އިނާމަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ އިނާމުތައް ކަމަށާއި، މިނިސްޓްރީގެ އިނާމުތަކަކީ ރައީސް ދެއްވާ އިނާމުތަކުގެ އިތުރަށް ދެވޭ އިނާމުތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

Advertisement

Advertisement 1

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، މި އިނާމުތަކުގެ އިތުރުން ރަންވަނަތަކަށް ދާ ބައިވެރިންނަށް އުމްރާ ދަތުރެއް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި، މި އަހަރުން ފެށިގެން ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ނުބަލައި ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ، އަދި ހާފިޒުންގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތައުލީމް ހާސިލްކުރަން އެދޭ ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް އެފަރާތަކުން ބޭނުން ގައުމަކުން ތައުލީމު ހާސިލު ކުރުމަށް ހާއްސަ ސްކޮލާޝިޕް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެ ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ، މުޅި މުބާރާތުން ތިން ބައިން އެއްވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން އެއްވަނަ ހޯދާ މުއައްސަސާއަކަށް، ރައީސްގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ދިނުމަށް ނިންމަވާފައިވާ ކަަމަށެވެ.

މި މުބާރާތުގެ ނަތީޖާފާޅުކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

20 ދުވަސް ކުރިން - 20:02

ދިވެހި ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

ހައްޖު މިޝަނުން ސަޢުދީ ހައްޖު މިނިސްޓްރީއާ ބައްދަލުކުރައްވައިފި

63 ދުވަސް ކުރިން - 14:22

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީގެ ވަފުދެއް ރާއްޖެއަށް

ސައުދީގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި

67 ދުވަސް ކުރިން - 13:27

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

74 ދުވަސް ކުރިން - 15:01

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ؛ ފުރަތަމަ ކުއާޓަރުގައި 45 މިލިއަން ރުފިޔާ ލިބިފައިވޭ

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ

77 ދުވަސް ކުރިން - 18:00

ހައްޖާއި އުމްރާ އާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

ހައްޖާއި އުމްރާއާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

85 ދުވަސް ކުރިން - 12:52