Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްޑީޕީން ހިންގަން އުޅޭ ހަމަނުޖެހުމަށް އުމަރުގެ ޓީމުން ނުދާނެ; ބުނަނީ އެ ގޮވެނީ "ގުދޯ ގުދޯ" ކަމަށް

އެމްޑީޕީން ހިންގަން އުޅޭ ހަމަނުޖެހުމަށް އުމަރުގެ ޓީމުން ނުދާނެ; ބުނަނީ އެ ގޮވެނީ "ގުދޯ ގުދޯ" ކަމަށް

އައިޝަތު ރުވާ ރިފްޢަތު
292 ދުވަސް ކުރިން - 2 އޮކްޓޫބަރު 2025 17:46
އުމަރު ނަސީރު (ކ)، މުޙައްމަދު ނަޝީދު (ވ) - ފޮޓޯ: ޚުލާސާ ގްރެފިކްސް
އުމަރު ނަސީރު (ކ)، މުޙައްމަދު ނަޝީދު (ވ) - ފޮޓޯ: ޚުލާސާ ގްރެފިކްސް
ޚުލާސާ

ފޭސްބުކް މެދުވެރިކޮށް އުމަރުގެ ފޭސްބުކް ޕޭޖުން ބުނެފައިވަނީ ގައުމު ލޫޓުވާލީ އެމްޑީޕީން ކަމަށާއި އެ ޕާޓީން ގޮވަނީ "ގުދޯ ގުދޯ' ކަމަށް.

އޮކްޓޫބަރ 3 (މާދަމާ ރޭ) އާޓިފިޝަލް ބީޗުގައި އެމްޑީޕީން އިސްވެ މާލެ ތެރޭގައި އުޅެނީ ހަމަނުޖެހުން ހިންގަން ކަމަށާއި އެ ހަމަނުޖެހުންތަކުގައި އުމަރުގެ ޓީމުން ބައިވެރި ނުވާނެކަމަށް އޭނާގެ ފޭސްބުކް ޕޭޖުން އިއުލާނު ކޮށްފިއެވެ.

އުމަރުގެ ޕޭޖު މެދުވެރިކޮށް އޭނާ ބުނެފައިވަނީ "ލޫޓުވައިފި ލޫޓުވައިފި، ސައުންޑް މޯ ލައިކް ގުދޯ ގުދޯ" މިހެންނެވެ. މި ބުނި ބަހުގެ މާނައަކީ ގައުމު ލޫޓުވާލުމަށްފަހު އެމްޑީޕީން އެހެން މީހުންނަށް "ލޫޓުވައިފި" މިހެން ގޮވަނީ ކަމަށާއި އެމީހުންގެ ވައްކަންތައް ފޮރުވުމަށް އެހެން މީހުންގެ ބޮލުގައި އަޅުވަނީ ކަމަށެވެ. އުމަރު އިތުރަށް ވިދާޅުވެފައިވަނީ އަޑުގަދަކޮށްގެން ރުއްގިނަވެދާނެ ކަމަށާއި ނަމަވެސް ތާޅފިލިން ކިތަންމެ ބާރަށް ހަޅޭއްލެވިޔަސް ވަގުން ވައްކަން ނުކުރާ ކަމަށް ނުވާނެ ކަމަށެވެ. އެހެންކަމުން ވައްކަން ފޮރުވަދޭން އުމަރެއް ނުދާނެކަމަށެވެ.

ކުރީގެ ރައީސް، ރައީސް ނަޝީދަށް އަމާޒުކޮށް އުމަރު ވަނީ ނަޝީދު މުޒާހަރާ ކުރަން ތި ނިކުންނަވަނީ ކާކާ ދެކޮޅަށް ކަމަށް ބުނެ ސުވާލުކޮށްފައެވެ. ދެވަނަ ސުވާލެއްގެ ގޮތުގައި އުމަރު ކުރި ސުވާލަކީ "ތިމަންނާ އެސަރުކާރަކާ ދުރަށް ނުދެވިގެން އުޅޭ ބައިވެރިޔާ އާއި ދެކޮޅަށް ހެއްޔެވެ؟" މިހެންނެވެ. އުމަރު މިމޭރުމުން މި ދެ ސުވާލު ނަޝީދާއި އަމާޒުކުރީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ދެކޮޅަށް ފާޅުކަން ބޮޑު ގޮތެއްގައި ނިކުމެ އެ ސަރުކާރު ނިމުމަކަށް ގެނެސް ރައީސް ޑރ. މުޢިއްޒު ވެރިކަމަށް އިންތިހާބުވުމުން ތިމަންނާއަކީ "ދެން އަންނަ ސަރުކާރެއްގެ ބައިވެރިއެއް" މިހެން ވިދާޅުވުމުންނެވެ.

Advertisement

Advertisement 1

އިބްރާހިމް މުޙައްމަދު ސޯލިހާ މައްސަލަތަކެއް އުފެދި ރައީސް ނަޝީދު ވަނީ އެމްޑީޕީން އިސްތިއުފާދީ "ދަ ޑިމޮކްރެޓްސް" ނަމަކަށް ކިޔާ ޕާޓީއެއް އުފައްދާ ރިޔާސީ އިންތިހާބުގައި އިލްޔާސް އިބްރާހިމް ރިޔާސީ ރޭހަށް ނެރެފައެވެ. އަދި އެމްޑީޕީ ރިޔާސީ އިންތިހާބުގައި ބަލިކުރުމުގެ އަޒުމް އެމަނިކުފާނު ވަނީ ކާމިޔާބުކުރައްވާފައެވެ. ނަމަވެސް މިއަހަރު އެމަނިކުފާނު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑާއިގެންފައެވެ. ފެކްޝަންތަކެއް އުފެދިފައިވާ އެމްޑީޕީގައި އެމަނިކުފާނު ބޮޑަށް ފެންނަނީ ފައްޔާޒުގެ ފަޅީގައެވެ.

އެހެން ޕޯސްޓެއްގައި އުމަރުގެ ފޭސްބުކް ޕޭޖުން ބުނެފައިވަނީ ސިޔާސީ ޕާޓީތަކަކީ ކޮރަޕްޓް ބޮޑު ބައިގަނޑެއް ކަމަށާއި އެއީ ގާތްވާން ހެޔޮވާވަރުގެ ބައެއް ނޫން ކަމަށެވެ. ނަމަވެސް 2013 ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޕްރައިމަރީގައި އެމަނިކުފާނު ވަނީ ރައީސް އަބްދުﷲ ޔާމީންއާ ވާދަކޮށްފައެވެ. އަދި 2008 ވަނަ އަހަރު އައިޑީޕީ ނަމަކަށް ކިޔާ ސިޔާސީ ޕާޓީއެއް އުފައްދަވާ ރިޔާސީ ރޭހުގައި ވާދަކުރެއްވިއެވެ.

2013 ވަަ އަހަރު އެކުލެވުނު ޕީޕީއެމް ވެރިކަމުގެ ކެބިނެޓުގެ ހޯމް މިނިސްޓަރަކީ އުމަރު ނަސީރެވެ. މަގާމުގައި ހުންނެވިއިރު ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް އޭނާގެ މަސްލަހަތު ފުށުއަރާ ފަރާތްތަކެއްގެ ކުންފުންޏަކަށް ފައިދާވާ ގޮތަށް ހިންގި މުއާމަލާތެއްގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް 2021 ވަނަ އަހަރު ޕީޖީގެ އޮފީހަށް ހުށަހަޅާފައިވެއެވެ. އަދި މިނޫންވެސް ކޮރަޕްޝަނުގެ އެތަކެއް މައްސަލައެއް ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ވަނީ ފެންމަތިވެފައިވެއެވެ.

އުމަރު ނަސީރަކީ ފެށުނީއްސުރެ އެމްޑީޕީގެ ސިޔާސަތުތަކާ ވަރަށް ދެކޮޅު ބޭފުޅެކެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރު ވިއްކާލުމާއި އަބްދުﷲ ޣާޒީ ހައްޔަރުކުރުމާއި އިސްލާމް ދީނަށް ހަޖޫޖެހުން ފަދަ ކަންކަން އެމަނިކުފާނު ކޮށްފައިވާތީ އެ ވެރިކަން ނިމުމަކަށް ގެންނަން އެންމެ ބޮޑު ރޯލެއް އަދާކުރެއްވި އެއް ބޭފުޅަކީ އުމަރު ނަސީރެވެ. އަދި އިންޑިއާ ސިފައިން މިގައުމުގައި ތިބުމުގެ އަސްލަކީ އެމްޑީޕީގެ ދެ ވެރިކަން ކަމަށް އެމަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އުމަރު ނަސީރުގެ އެންމެ ބޮޑު އުންމީދަކީ ރާއްޖޭގެ ރައީސްކަން ކުރެއްވުމެވެ. ދެ ފަހަރުގެ ނާކާމިޔާބީއާއެކު ވެސް އެމަނިކުފާނި ދަނީ 2028 ގެ ރިޔާސީ ރޭހުގައި އެމަނިކުފާނުގެ ނަން އޮންނާނެ ކަމަށް މީސްމީޑިއާ މެދުވެރިކޮށް ވިދާޅުވަމުންނެވެ.

ރައީސް މުޙައްމަދު ނަޝީދުއެމްޑީޕީމުޒާހަރާއުމަރު ނަސީރު
Advertisement
Advertisement

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

މަރީ

292 ދުވަސް ކުރިން - 02:04

އުމަރު ވަރެއް ނެތް

ގުޅޭ ޚަބަރުތައް

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

4 ދުވަސް ކުރިން - 05:40

ތިންރައީސުން ހެދި އިއްތިހާދު ކުރިޔަކަށް ނުކަނޑާ

ތިންރައީސުން ހެދި އިއްތިހާދު ކުރިޔަކަށް ނުކަނޑާ

16 ދުވަސް ކުރިން - 23:29

އަންނިއަށް ޝުޖާއު: “ކޮންމެވެސް ވަރެއްގެ ލަދުހަޔާތް ވެސް ހުންނަންވާނެ”

އަންނިއަށް ޝުޖާއު: “ކޮންމެވެސް ވަރެއްގެ ލަދުހަޔާތް ވެސް ހުންނަންވާނެ”

34 ދުވަސް ކުރިން - 09:19

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

35 ދުވަސް ކުރިން - 10:24

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

37 ދުވަސް ކުރިން - 00:49

ޗާގޯސް މިދިޔަ ސަރުކާރުން ދޫކޮށްލީ ވަކީލުންނަށް މިލިއަނުން ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން: ރައީސް

"ޗާގޯސް މިދިޔަ ސަރުކާރުން ދޫކޮށްލީ ވަކީލުންނަށް މިލިއަނުން ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން"

37 ދުވަސް ކުރިން - 00:13