ޓެކްސް އެޕީލް ޓްރައިބިއުނަލަށް 7 ބޭފުޅެއްގެ ނަން، އެންމެ ކުރީގައި މަހާޒުގެ ނަން!

މުހައްމަދު ޖަމްޝަތު | 2 ގަޑިއިރު ކުރިން - 2 އޮކްޓޯބަރު 2025 12:55
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ---
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ---
ޚުލާސާ

ޓެކްސް އެޕީލް ޓްރެބިއުނަލްގެ ދެ މެންބަރުންގެ މަގާމު ހުސްވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ދެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަތް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފި އެވެ.

މިއަދު ފެށި ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާ އަށް ރައީސް މުއިއްޒު ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް އެމަނިކުފާނު އިސްކަންދެއްވާ ތަރުތީބުން ފޮނުއްވައިފަ އެވެ.

ޓެކްސް އެޕީލް ޓްރެބިއުނަލުން ހުސްވެފައިވާ އެ ދެ މަގާމުގެ ތެރެއިން އެއް މަގާމަކީ ގާނޫނީ ދާއިރާގެ މެންބަރު ކަމުގެ މަގާމެވެ. ރައީސް ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި އޮތީ ސުލޫކީ މައްސަލައެއްގައި ސުޕްރީމް ކޯޓުން ވަކިކުރި ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ނަމެވެ. ދެވަނަ އަށް އޮތީ ރ. ހުޅުދުއްފާރު، ރޯޒްވިލާ، އާޝިޔާ އަޒީމާގެ ނަމެވެ.

ރައީސް ފޮނުއްވި ލިސްޓުގައި ދެން ހިމެނެނީ:

- އިބްރާހިމް އަފީފު- ގުލްބަހާރުގެ/ ބ. ތުޅާދޫ

- ޝިފާޒް އަލީ- ދަފްތަރު ނަމްބަރު (12504)

- ފާތިމަތު ނައުޝާން- ޅ. ނައިފަރު، ފިޔާތޮށިގެ

- އަހުމަދު ޔާމީން- ބީޗްކޯނަރު، ގދ. ގައްދޫ

- ޝައުފާ އިބްރާހިމް- އަކިރިވިލާ، ދ. މީދޫ

މިއީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ދެ މަގާމެއް ހުސްވުމާ އެކު، އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވައިލުމުން ލިބިވަޑައިގެންނެވި ނަންތައް ކަމަށް ރައީސް މުއިއްޒު މަޖިލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ. މި ނަންތައް ދިރާސާ ކުރަން މަޖިލިހުގެ ރިޔާސަތުން މިއަދު ވަނީ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިފަ އެވެ.

ޓެކްސް އެޕީލް ޓްރެބިއުނަލްގެ ދެ މެންބަރުންގެ މަގާމު ހުސްވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެ މަގާމަށް މީހުން ހޯދަން ތިން ފަހަރެއްގެ މަތިން ރައީސް އޮފީހުން އިއުލާނުކުރިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%