8 ގެއާއި ކަޓަމަރާނެއް ބަލައި ފާސްކޮށް، ޑުރަގާ އެކު 2 މީހުން ހައްޔަރުކޮށްފި

އައިޝަތު ޝިފްނާ ހުސައިން | 2 ގަޑިއިރު ކުރިން - 1 އޮކްޓޯބަރު 2025 18:35
މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި މީހުން.---ފޮޓޯ:ޕޮލިސް
މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި މީހުން.---ފޮޓޯ:ޕޮލިސް
ޚުލާސާ

މަސްތުވާތަކެތި ކަމަށް ބެލެވޭ 11.66 ގުރާމުގުގެ ތަކެއްޗާއި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 10،500 އަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުނި.

އަށް ގެއާއި ކަޓަމަރާނެއް ބަލައި ފާސްކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާ އެކު އިއްޔެ ދެ މީހުން ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކުރީ ނ. ވެލިދުއަށް ނިސްބަތްވާ ދެ ޒުވާނުންނެވެ. އެއީ، 30 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެކެވެ. ދެ މީހުން ވެސް ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ފުލުހުން ބުނީ ޑުރަގު އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ނ. އަތޮޅު ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ވެލިދޫގެ ހަތް ގެއާއި މިލަދޫގެ ގެއެއްގެ އިތުރުން ފޮއްދޫ ކައިރީގައި އަޅާފައި އޮތް ކަޓަމަރާނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ ބަލައި ފާސްކުރުމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ 11.66 ގުރާމުގުގެ ތަކެއްޗާއި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 10،500 އަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 30 އަހަރުގެ މީހާ ފަސް ދުވަހަށް އަދި 29 އަހަރުގެ މީހާ ހަތް ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%