Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އާންމުންނަށް ޕާކިން ޒޯންތަކުގައި އުޅަނދު ޕާކުކުރެވޭ ގޮތަށް ހުޅުވާލައިފި

އާންމުންނަށް ޕާކިން ޒޯންތަކުގައި އުޅަނދު ޕާކުކުރެވޭ ގޮތަށް ހުޅުވާލައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
343 ދުވަސް ކުރިން - 1 އޮކްޓޫބަރު 2025 13:22
4 ފުރޮޅުލީ އުޅަނދަށް ޕާކު ކުރަން ހާއްސަކޮށްފައިވާ ސަރަހައްދެއް: ފޮޓޯ/ އިންޓަނެޓް---
4 ފުރޮޅުލީ އުޅަނދަށް ޕާކު ކުރަން ހާއްސަކޮށްފައިވާ ސަރަހައްދެއް: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

ޕާކު ކުރާނެ ތަނެއް ނުދައްކާ އުޅަނދުތަކުގައި ސްޓިކާ ނުޖަހާނެ ކަމަށާއި، މި މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ރިޔާސީ އިންތިހާބުގައި ވިދާޅުވެފައިވޭ.

މާލޭ ސިޓީގެ އެކި ސަރަހައްދުތަކުގައި ވިއްކާފައިވާ ޕާކިން ޒޯންތަކުގައި އާންމުންނަށް ޕާކު ކުރެވޭނެ ގޮތަށް މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައި މިވަނީ، މާލޭގެ މަގުތަކުން ހަތަރު ފޮރޮޅުލީ އުޅަނދު ޕާކިންއަށް ދޫކޮށްފައިވާ ސަރަހައްދުތައް ކުއްޔަށް ދިނުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ދީފައިވާ ލަފަޔާ ގުޅިގެން އެ މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް އެކަން އެންގުމާ ގުޅިގެންނެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މާލޭ ސިޓީގެ މަގުތަކަށް ދިމާވެފައިވާ ހާސްކަން ފިލުވުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުން، މިއަދުން ފެށިގެން، މާލޭ ސިޓީގެ މަގުތަކުގައި، ވަކި ކަމަކަށް ބޭނުންކުރާކަން އަންގައިދިނުމުގެ ގޮތުން، ބޯޑަކުން ފާހަގަކޮށްފައިވާ ތަންތަން ފިޔަވައި، މަގުމަތީގައި، ޕާކުކުރެވޭނެކަން އަންގައިދޭ ނިޝާންތަކުން ފާހަގަކޮށްފައިވާ ކޮންމެތަނެއްގައި، އާންމުނަށް ޕާކު ކުރެވޭނެ ކަމަށެވެ.

Advertisement

Advertisement 1

އަމިއްލަ ފަރާތްތަކަށާއި، ޓެކްސީތަކަށް މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައި ހުރި ޕާކިންގެ އަދަދު 1،000 އަށް އަރާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މީގެ ކުރިން ވިދާޅުވި އެވެ. މިހާތަނަށް ޕްރައިވެޓް އުޅަނދުތަކަށް ޕާކިން ސްލޮޓެއް ކުއްޔަށް ދޫކުރަމުން އައީ މަހަކު 1,500 ރުފިޔާއަށެވެ. އަދި ޓެކްސީތަކަށް ޕާކިން ސްލޮޓް ދޫކުރަމުން އައީ މަހަކު 700 ރުފިޔާއަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި، ޕާކު ކުރާނެ ތަނެއް ނުދައްކާ އުޅަނދުތަކުގައި ސްޓިކާ ނުޖަހާނެ ކަމަށާއި، މި މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ޕާކިންއަށް ހާއްސަކޮށް އިމާރާތްތަކެއް ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މާލެ ސިޓީ ކައުންސިލް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

4 ގަޑިއިރު ކުރިން - 15:57

ސިޓީ ކައުންސިލް އިހުމާލުވެއްޖެ، ވެހިކަލް ފީ އެމީހުންގެ އަތަކަށް ދެން ނުލިބޭނެ

ސިޓީ ކައުންސިލް އިހުމާލުވެއްޖެ، ވެހިކަލް ފީ އެމީހުންގެ އަތަކަށް ދެން ނުލިބޭނެ

4 ގަޑިއިރު ކުރިން - 15:32

މާލޭގެ ކަންކަންމަތީގައި ޕާކުކުރުން ހުއްޓުވުމަށް ރީނދޫ ރޮނގު ދަމަން ފަށައިފި

މާލޭގެ ކަންކަންމަތީގައި ޕާކުކުރުން ހުއްޓުވަން ރީނދޫ ރޮނގު ދަމަން ފަށައިފި

5 ދުވަސް ކުރިން - 10:18

މާލެސިޓީ ކައުންސިލުގެ ދެގަޑިއިރުގެ ބައްދަލުވުމަކަށް ބައިމިލިއަން ރުފިޔާ ހަރަދުކޮށްފި

މާލެސިޓީ ކައުންސިލުގެ ދެގަޑިއިރުގެ ބައްދަލުވުމަކަށް ބައިމިލިއަން ރުފިޔާ ހަރަދުކޮށްފި

22 ދުވަސް ކުރިން - 08:02

މާލޭގެ މަގުތައް ތަރައްގީ ކުރަން މޭޔަރު ކަމުގައި ވެސް މަސައްކަތް ކުރިން، ނަމަވެސް އޭރުގެ ސަރުކާރުން ވަނީ ހުރަސްއަޅާފަ: ރައީސް

މާލޭގެ މަގުތައް ތަރައްގީ ކުރަން މޭޔަރު ކަމުގައިވެސް މަސައްކަތް ކުރިން: ރައީސް

41 ދުވަސް ކުރިން - 09:10

މާލޭގައި މާރުކޭޓު އެޅިޔަނުދިނުމަށް ސިޓިކައުންސިލުން ބިން ހިފަހައްޓައިފި

މާލޭގައި މާރުކޭޓު އެޅިޔަނުދިނުމަށް ސިޓިކައުންސިލުން ބިން ހިފަހައްޓައިފި

80 ދުވަސް ކުރިން - 12:01

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%