އެމްޑީޕީ ސަރުކާރުގައި ވެމްކޯއިން ވެސް ވައްކަން، މައްސަލަ ބަލަން އިދާރާތަކަށް ފޮނުވައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 2 ގަޑިއިރު ކުރިން - 1 އޮކްޓޯބަރު 2025 21:28
ވެމްކޯގެ ކުނި ނަގާ ޕިކަޕެއް: ފޮޓޯ/ ވަން އޮންލައިން----
ވެމްކޯގެ ކުނި ނަގާ ޕިކަޕެއް: ފޮޓޯ/ ވަން އޮންލައިން----
ޚުލާސާ

ވެމްކޯއާ ގުޅުންހުރި ކޮރަޕްޝަންގެ އަމަލުތަކަށް ފިޔަވަޅުއަޅައި، ކުށްވެރިވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެންނާނެކަމުގެ ޔަގީންކަން ވެސް އެކުންފުނިން ވަނީ ދީފައި.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ކޮށްފައިވާ ވައްކަންތަކުގެ މައްސަލަތަށް ބެލުމަށް އިދާރާތަކަށް ފޮނުވާފައިވާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

މި މައްސަލައާ ގުޅިގެން ވެމްކޯއިން ބުނެފައިވަނީ، މިއީ އެކުންފުނިން އިސްނަގައިގެން، އޮޑިޓާ ޖެނެރަލްގެ އޮފީހާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި ދިވެހި ފުލުހުންގެ ހިދުމަތަށް މިކަމުގެ މައުލޫމާތުތައް މީގެކުރިން ވެސް ހިއްސާކޮށްފައިވާ ކަމަށެވެ.

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން މާލިއްޔަތު ގާނޫނާ ހިލާފަށް މުއާމަލާތްތަކެއް ހިންގާފައިވާކަން އިންޓާނަލް އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާތީ، އެ މައްސަލަތައް ބެލުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް މައުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށް އެކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ވެމްކޯއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އެކުންފުނީގެ ފާއިތުވީ އަހަރުތަކުގެ އިންޓާނަލް އޮޑިޓް ރިޕޯޓުތަކުން މާލިއްޔަތު ގާނޫނާ ހިލާފަށް ކޮށްފައި ހުރި މުއާމަލާތްތައް ފާހަގަކުރެވިފައިވާ ކަމަށެވެ. މި މައްސަލަ ބެލުމަށް ވެމްކޯއިން އިސްނަގައިގެން، އޮޑިޓާ ޖެނެރަލްގެ އޮފީހާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި ދިވެހި ފުލުހުންގެ ހިދުމަތަށް މައުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށް އެކުންފުނިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

ވެމްކޯއިން އަބަދުވެސް އަންނަނީ ދެފުށް ފެންނަ، ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި މި ފަދަ ކަންކަމާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެމުން ކަމަށް އެކުންފުނިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

ވެމްކޯއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ރައްޔިތުންނާ ގުޅުންހުރި މި ފަދަ ކަންކަމާ ގުޅޭ މައުލޫމާތު މި ފަދަ މައްސަލަތައް ބަލައި، އެ މައްސަލަތައް ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހަޅައިގެން ކުރިއަށްގެންދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ވެމްކޯއާ ގުޅުންހުރި ކޮރަޕްޝަންގެ އަމަލުތަކަށް ފިޔަވަޅުއަޅައި، ކުށްވެރިވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެންނާނެކަމުގެ ޔަގީންކަން ވެސް އެކުންފުނިން ވަނީ ދީފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%