އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައިސްފި

ޢަބްދުﷲ ޖުނައިދު | 6 ގަޑިއިރު ކުރިން - 1 އޮކްޓޯބަރު 2025 09:46
ކުއްލި ޚަބަރު: އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައިސްފި
ކުއްލި ޚަބަރު: އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައިސްފި
ޚުލާސާ

އެމެރިކާ ސަރުކާރު ގާތްގަނޑަކަށް ހުއްޓިފައި ވާއިރު، އަސްކަރިއްޔާ އާއި އެއާޓްރެފިކް ކޮންޓްރޯލް މުއައްޒަފުން އަދި ޤާނޫނު ތަންފީޛުކުރާ މުވައްޒަފުން މި ވަގުތު މަސައްކަތް ކުރަނީ މުސާރައެއް ނެތި.

އެމެރިކާ ސަރުކާރުގެ އައު ފަންޑިންގ ބިލް، އިދިކޮޅު ޑިމޮކްރެޓްސް އިން ފާސް ވިޔަ ނުދީ ބްލޮކް ކޮށްލުމާއި އެކު ޓްރަމްޕުގެ ސަރުކާރު ހުއްޓުމަކަށް އައިސްފިއެވެ.

މި ބިލުގައި އެމެރިކާގެ ދަރަނި 4 ޓްރިލިއަން ޑޮލަރު އިތުރުކޮށް، އަސްކަރީ ކަންކަމަށް ކުރާ ހޭދަ ބޮޑުކޮށް އެތައް ދާއިރާއަކުން ޚަރަދު ކުޑަކުރަން ނިންމާފައިވާއިރު، އެމެރިކާގެ ފެޑެރަލް ގާނޫނުގައި ކޮންގްރެސް އިން މިއަދު (އޮކްޓޯބަރ1)ގެ ކުރިން (މާނައަކީ ސެޕްޓެމްބަރު 30 ވަނަ ދުވަހުގެރޭ 12 ޖެހުމުގެ ކުރިން) ފާސް ކުރަން ޖެހެއެވެ.

މި ބިލް ފާސް ނުވުމުގެ ސަބަބުން އެމެރިކާގެ ގިނަ ޚިދުމަތްތަކެއް ބަންދުކުރަން މަޖުބޫރުވެ، އެތައް ލައްކަ މުވައްޒަފުންނަށް މިހާރު ވަނީ ވަގުތީ ގޮތުން ޗުއްޓީ ދީފައެވެ. ނަމަވެސް، މުސާރައެއް ނެތި އަސްކަރިއްޔާ އާއި އެއާޓްރެފިކް ކޮންޓްރޯލް މުއައްޒަފުން އަދި ޤާނޫނު ތަންފީޛުކުރާ މުވައްޒަފުން މި ވަގުތު މަސައްކަތް ކުރަމުން އެބަ ދެއެވެ. އެމެރިކާ ސަރުކާރުގެ ގިނަ ޚިދުމަތްތަކެއް ވަނީ މެދުކަނޑާލާފައެވެ. އޭގެ ތެރޭގައި ރަސްމީ ހުއްދަތައް ދިނުމާއި، ކުދި ވިޔަފާރިތަކަށް ލޯނު އެޕްރޫވް ކުރުމާއި ސަރުކާރުގެ ޔުނިވާސިޓީތައް ބަންދުކުރުމާއި، ޕާސްޕޯޓާއި ވިސާ ދޫކުރުން ވެސް ވަނީ ހުއްޓިފައެވެ. މިކަން ހަމަޔަކަށް އެޅޭނީ ކޮންގްރެސް އިން ދެ ޕާޓީން އެއްބަސްވާ ފަންޑިން ބިލެއް ފާސްވުމުންނެވެ.

އެމެރިކާގެ ސަރުކާރު ހުއްޓުމާއި ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މިއީ ސީދާ އިދިކޮޅުން ގަސްދުގައި ސިޔާސީ ބޭނުމަކު ކުރި ކަމެއް ކަމަށެވެ. އެ ގޮތުން އިދިކޮޅު ޑިމޮކްރެޓުންނަށް އިންޒާރު ދެއްވަމުން އޯވަލް ހައުސް އިން ނެރުނު ބަޔާނުގައި ވަނީ ޑިމޮކްރެޓްސް އަށް ދަތިކުރާނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%