ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ކުނި ނަގާ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފި އެވެ.
މިކަމާ ގުޅިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، މި ބަދަލުތަކަކީ ވަގުތީގޮތުން ގެނެވުނު ބަދަލުތަކެއް ކަމަށެވެ. މި ބަދަލު ގެނައުމަށް ނިންމާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަތަރުވަނަ ދުވަހާއި ހަމައަށް ކަމަށް ވެމްކޯއިން ވަނީ ބުނެފަ އެވެ.
މި ދުވަސްތަކުގައި ކުނި ނެގުމަށް ހަމަޖެހިފައިވަނީ ހަވީރު 04:00 އިން ފެށިގެން ރޭގަނޑު 08:00 އާއި ހަމައަށް ކަމަށް ވެމްކޯއިން ވަނީ ބުނެފަ އެވެ. މި މުއްދަތުގައި، މެންދުރުފަހު 03:00 އިން ފެށިގެން ހަވީރު 04:00 އަށް ގޭގެއިން ކުނި ރެޑީކޮށްފައި ބެހެއްޓުމަށް ވެމްކޯއިން ވަނީ އެދިފަ އެވެ.
ވެމްކޯއިން ކުނި ނެގުމަށް ހަމަޖެހިފައިވާ ގަޑިތަށް----
މީގެ ކުރިން ވެމްކޯއިން މާލެ، ހުޅުމާލެ އަދި ވިލިމާލެއިން ކުނި ނަގަމުން އައީ ރޭގަނޑު 08:00 އިން ފެށިގެން 11:00 އާއި ދޭތެރޭގެ ވަގުތެއްގަ އެވެ.
މިކަމާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ހޮޓްލައިން 1666 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.