Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްޓީޑީ ހިންގި އޮފީހަށް ކުލި ނުދެއްކުމުން އިމާރާތުގެ ވެރިފަރާތުން ކޯޓަށް

އެމްޓީޑީ ހިންގި އޮފީހަށް ކުލި ނުދެއްކުމުން އިމާރާތުގެ ވެރިފަރާތުން ކޯޓަށް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
299 ދުވަސް ކުރިން - 30 ސެޕްޓެންބަރު 2025 15:05
އެމްޓީޑީ އޮފީސް ހިންގި އިމާރަތް: ފޮޓޯ/ އެމްޓީޑީ---
އެމްޓީޑީ އޮފީސް ހިންގި އިމާރަތް: ފޮޓޯ/ އެމްޓީޑީ---
ޚުލާސާ

އެމްޓީޑީ ހިންގާ އޮފީހަށް ކުލި ނުދައްކާ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ، އެ ޕާޓީއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އިމާރާތަށް ކުލި ނުދައްކާކަމަށް ބުނެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުރެ އުފެއްދި، މޯލްޑިވްސް ތާޑުވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ހިންގި އޮފީހަށް ކުލި ނުދެއްކުމުގެ ސަބަބުން އެތަނުގެ ވެރިފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އެމްޓީޑީ ހިންގާ އޮފީހަށް ކުލި ނުދައްކާ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ، އެ ޕާޓީއާއެކު 2023 ވަނަ އަހަރުގެ ޖުލައި މަހުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އިމާރާތަށް ކުލި ދައްކާފައިނުވާ ކަމަށް ބުނެއެވެ.

އެއްބަސްވުމުގެ މުއްދަތު މިހާރު ހަމަވެފައިވާތީ އެތަނުގައި ހުރި އެ ޕާޓީގެ ތަކެތި ނެރެ ތަން ސާފުކޮށް އެތަނުގެ ވެރިފަރާތްކަމަށްވާ އަލީ ހަލީލުއަށް ހަވާލުކުރުމަށާއި، އެއްބަސްވުމުގެ ދަށުން މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ދައްކަންޖެހޭ ކުލީގެ ގޮތުގައި ދައްކަންޖެހޭ 380،000 ރުފިޔާއާއި، އެތަނުގެ ވެރިފަރާތަށް ތަން ހަވާލުކުރާ ދުވަހާ ހަމައަށް މަހަކު ދައްކަންޖެހޭ 30،000 ރުފިޔާގެ އިތުރުން، ގާނޫނީ ވަކީލުންނަށް ހަރަދު ކުރަންޖެހުނު 25،920 ރުފިޔާ އެކީ އެއްފަހަރާ ހޯދުމަށް އެތަނުގެ ވެރިފަރާތުން ވަނީ އެދިފަ އެވެ.

Advertisement

Advertisement 1

އެހެންނަމަވެސް އެމްޓީޑީގެ ފަރާތުން ދައުވާގެ ރައްދު ހުށަހަޅާފައިނުވާތީ، ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމެއް ނެތި ހުކުމްކޮށްދިނުމަށް އަލީ ހަލީލްގެ ފަރާތުން ހުށަހަޅާފައިވީ ނަމަވެސް، އެއީ މަދަނީ އިޖްރާއަތާ ހިލާފު ހުށަހެޅުމެއް ކަމަށް ބުނެ ސިވިލް ކޯޓުން ވަނީ މައްސަލަ ބާތިލްކޮށްފަ އެވެ.

މައްސަލަ ބާތިލް ކުރި ނަމަވެސް އޮންނަ އިޖުރާއަތުގެ ތެރެއިން އަލުން ދައުވާކުރުމުގެ ހައްގު އަލީ ހަލީލްއަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވަނީ ބުނެފަ އެވެ.

މޯލްޑިވްސް ތާޑުވޭ ޑިމޮކްރެޓްސް އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުރެ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އުފެއްދި ޕާޓީއެކެވެ. އެ ޕާޓީން މީގެކުރިން ބައެއް ސިޔާސީ ހަރަކާތްތައް ހިންގި ނަމަވެސް، މި ފަހުން އެ ޕާޓީން ސިޔާސީ އެއްވެސް ހަރަކާތެއް ހިންގައިފައެއް ނުވެއެވެ. އަދި ސިޔާސީ ޕާޓީއަށް ބޭނުންވާ 3،000 މެންބަރުން އެ ޕާޓީއަށް ހަމަވެފައިނުވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ މިހާރު އުވާލައިފަ އެވެ.

ސިވިލް ކޯޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްވީކްރައިސިސް ހިންގަނީ ޝުންބާ ކަމުގެ ހެއްކެއް ނެތް: ސިވިލް ކޯޓު

އެމްވީކްރައިސިސް ހިންގަނީ ޝުންބާ ކަމުގެ ހެއްކެއް ނެތް: ސިވިލް ކޯޓު

44 ދުވަސް ކުރިން - 18:09

ޖަލުގެ ކުރީގެވެރިޔަކަށް އެއްފަހަރާ ފައިސާ ދިނުމަށް ކޯޓުން އަމުރުކޮށްފި

ޖަލުގެ ކުރީގެވެރިޔަކަށް އެއްފަހަރާ ފައިސާ ދިނުމަށް އަމުރުކޮށްފި

61 ދުވަސް ކުރިން - 13:18

91 އަހަރުގެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަމުރު ކޮށްފި

ނުވަދިހައެއްއަހަރުގެ މީހަކު ބަންދުގައިބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފި

74 ދުވަސް ކުރިން - 14:42

އަތަމާޕްލާޒާއަކީ ޖާބިރުގެ މިލްކެއް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި

އަތަމާޕްލާޒާއަކީ ޖާބިރުގެ މިލްކެއް ކަމަށް ކޯޓުން ކަނޑައަޅައިފި

145 ދުވަސް ކުރިން - 17:01

ޑީއާރުޕީން އާމިރަށް ދައްކަންޖެހޭ 4 މިލިއަން ރުފިޔާ ދެއްކުމަށް ނަޝީދުގެ މައްޗަށް ހުކުމްކޮށްފި

4މިލިއަން ރުފިޔާ ދެއްކުމަށް ނަޝީދުގެ މައްޗަށް ހުކުމްކޮށްފި

152 ދުވަސް ކުރިން - 21:21

ދިއްދޫ ހޮޓާ 15 ދުވަސް ތެރޭގައި ހުސްކުރަން ކޯޓުން އަންގައިފި

ދިއްދޫ ހޮޓާ ހުސްކުރަން ކޯޓުން އަންގައިފި

194 ދުވަސް ކުރިން - 19:54