އެސްޓީއޯއިން އެލްޖީ ޓީވީ ތައާރަފްކޮށް ހާއްސަ ޕްރޮމޯޝަނަކާއެކު ވިއްކަން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު | 1 ދުވަސް ކުރިން - 29 ސެޕްޓެންބަރު 2025 19:55
އެސްޓީއޯއިން އެލްޖީ ޓީވީތައް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށް, ވިއްކަން ފެށުން/ ފޮޓޯ: އެސްޓީއޯ
އެސްޓީއޯއިން އެލްޖީ ޓީވީތައް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށް, ވިއްކަން ފެށުން/ ފޮޓޯ: އެސްޓީއޯ
ޚުލާސާ

މި އޮފަރގެ ދަށުން އެލްޖީ ޓީވީ ގަންނަ ކަސްޓަމަރުންނަށް 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯއިން ފާހަގަކުރި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން، ދުނިޔޭގެ މަޝްހޫރު އެލްޖީ ބްރޭންޑުގެ ޓީވީތައް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށް ވިއްކަން ފަށައިފި އެވެ. މި ބްރޭންޑް ތަޢާރަފްކޮށްފައިވަނީ މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެލްޖީ ޓީވީތައް ރާއްޖޭގެ މާކެޓަށް ތަޢާރަފްކުރުމާ ގުޅިގެން، އެސްޓީއޯއިން ވަނީ 'އެލްޖީ ޓީވީ އިންޓްރޮޑިއުސިންގް އޮފަރ' ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށާފަ އެވެ. މި އޮފަރގެ ދަށުން އެލްޖީ ޓީވީ ގަންނަ ކަސްޓަމަރުންނަށް 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ބުނީ، މި ހާއްސަ އޮފަރ 9 އޮކްޓޯބަރު 2025 އާއި ހަމައަށް ކުރިއަށް ދާނެކަމަށެެވެ. މި މުއްދަތުގެ ތެރޭގައި ގަންނަ ހުރިހާ އެލްޖީ ޓީވީއަކަށްވެސް ޑިސްކައުންޓް ލިބިގެންދާނެކަމަށް ވެސް އެ ކުންފުނިން ފާހަގަކުރި އެވެ.

އެލްޖީއަކީ އިލެކްޓްރޯނިކްސް މާކެޓުގައި އިތުބާރު ހޯދާފައިވާ ބްރޭންޑެއް ކަން އެސްޓީއޯއިން ފާހަގަކުރި އެވެ. މި ބްރޭންޑުގެ ޓީވީތަކަކީ ފެންވަރު ރަނގަޅު، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ޓީވީތަކެކެވެ. މި ޓީވީތަކުގެ ސަބަބުން ދިވެހި ކަސްޓަމަރުންނަށް އިތުރު ބަދަލުތަކެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން އުއްމީދުކުރާކަމަށް ބުންޏެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%