މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.6 މިލިއަނަށް އަރައިފި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 1،625،852 ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %13.1 އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 1،482،057 ފަތުރުވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5999 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ. އެގޮތުން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ:
- ޗައިނާ: 258،679 ފަތުރުވެރިން
- ރަޝިއާ: 196،594 ފަތުރުވެރިން
- އިނގިރޭސި ވިލާތް: 143،761 ފަތުރުވެރިން
- ޖަރުމަނު ވިލާތް: 112،834 ފަތުރުވެރިން
- އިޓަލީ ވިލާތް: 111،584 ފަތުރުވެރިން
- އިންޑިއާ: 93،853 ފަތުރުވެރިން
- އެމެރިކާ: 47،219 ފަތުރުވެރިން
- ފަރަންސޭސި ވިލާތް: 42،957 ފަތުރުވެރިން
- ސްޕެއިން: 38،999 ފަތުރުވެރިން
- އޮސްޓްރޭލިއާ: 30،638 ފަތުރުވެރިން
ސަރުކާރުން މިއަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފާފައިވަނީ 2.2 މިލިއަން ފަތުރުވެރިންނެވެ. މި އަދަދަށް ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ދެން ބޭނުންވާނީ ފަސް ލައްކައެއްހައި ފަތުރުވެރިންނެވެ.