ރަޝިއާގެ ޖެޓުތައް ވައްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ނޭޓޯއިން ދީފި

ޢަބްދުﷲ ޖުނައިދު | 20 ދުވަސް ކުރިން - 28 ސެޕްޓެންބަރު 2025 10:08
ރަޝިއާ އެއާފޯސްގެ މަތިންދާ ބޯޓެއް: ދުނިޔޭގައި އެންމެ ބާރަށް ދަތުރުކުރާ ޖެޓުތައް ހުރީ ރަޝިއާގައި. / ފޮޓޯ: ރަޝިއާ މިލިޓަރީ.
ރަޝިއާ އެއާފޯސްގެ މަތިންދާ ބޯޓެއް: ދުނިޔޭގައި އެންމެ ބާރަށް ދަތުރުކުރާ ޖެޓުތައް ހުރީ ރަޝިއާގައި. / ފޮޓޯ: ރަޝިއާ މިލިޓަރީ.
ޚުލާސާ

ނޭޓޯގެ ވައިގެ ސަރަޙައްދު ޤަވާޢިދާއިޚިލާފަށް ރަޝިއާ ބޭނުންކުރަމުންދާ ކަމަށާއި، އެހެން ހަދާނަމަ މަތިންދާ ބޯޓޫތައް ވައްޓަލަން ޖެހިދާނެ ކަމަށް ނޭޓޯއިން ބުނުމުން ރަޝިއާއިން ނޭޓޯގެ ތުހުމަތުތަކަށް އިންކާރުކޮށްފި.

ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކުން ނޭޓޯގެ ވައިގެ ސަރަޙައްދަށް ވަދެއްޖެ ނަމަ އެ ބޯޓުތަކަށް ޙަމަލާ ދީ ވައްޓާލެވޭނެ ކަމަށް ބުނެ ޔޫރަޕްގެ ބާރުތަކުން މޮސްކޯ އަށް އިންޒާރު ދީފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި އިންޒާތުތައް ދީފައި ވަނީ މޮސްކޯގައި މި ފަހުން ރަޝިއާގެ އިސް އޮފިޝަލުންނާއި އިނގިރޭސިވިލާތާއި ފްރާންސް އަދި ޖަރުމަނުގެ ޑިޕްލޮމެޓުން ބޭއްވި ބައްދަލުވުންތަކުގައެވެ.

ނޭޓޯގެ ޑިޕްލޮމެޓުން ރަޝިޔާގެ މަންދޫބުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ވަރަށް ސާފުކޮށް ބުނީ ނޭޓޯގެ ވައިގެ ސަރަޙައްދު ދިފާޢު ކުރުމަށް ނޭޓޯ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށާއި، ރަޝިޔާގެ ޖެޓްތައް ނޭޓޯގެ އެއްވެސް ޤައުމެއްގެ ވައިގެ ސަރަޙައްދަށް ވަދެއްޖެނަމަ، ނޭޓޯގެ އިއްތިހާދުން ފިޔަވަޅު އަޅާނެ ކަމަށާއި އޭގެ ތެރޭގައި ޤަވާޢިދާއި ޚިލާފަށް ވަދެގަންނަ މަތިންދާބޯޓުތައް ވައްޓާލުމުގެ ފުރުސަތު ވެސް ހިމެނޭ ކަމަށެވެ.

އިނގިރޭސިވިލާތާއި ފުރާންސް އަދި ޖަރުމަނުގެ އޮފިޝަލުންނަށް ރައްދު ދެއްވަމުން ރަޝިޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ސާގޭ ރިޔާބްކޯވް ވިދާޅުވީ ނޭޓޯގެ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށާއި ނޭޓޯއިން މަސައްކަތް ކުރަމުން ދަނީ މައްސަލަ ބޮޑުކުރުމަށެވެ. ސާގޭ މިހެން ވިދާޅުވީ ޕޮލެންޑާއި އެސްޓޯނިއާގެ ވައިގެ ދަރަޙައްދަށް ރަޝިއާގެ ޖެޓުތަކާއި ޑްރޯންތައް ވަދެފައިވާ ކަމަށް ބުނެ އެ ޤައުމުތަކުން އެ ވާހަކަތައް ދައްކާފައި ވަނިކޮށެވެ. ނަމަވެސް މޮސްކޯގެ އޮފިޝަލުން މިވާހަކަތައް ދޮގުކުރަމުން ވިދާޅުވީ ނޭޓޯ އިން ދައްކަމުންދާ މިފަދަ ވާހަކަތަކުގައި އަސާސެއް ނެތް ކަމަށެވެ.

ނޭޓޯއިން މަސައްކަތް ކުރަމުން ދަނީ ރަޝިއާ އަށް ޙަމަލާދޭނެ މަގެއް ފެނޭތޯ ކަމަށް މުޙައްލިލުން ބުނެއެވެ. އަދި ބޯލްޓިކް ސަރަޙައްދާއި މެދުތެރޭ ޔޫރަޕްގެ ސަރަހައްދުތަކުގައި ނޭޓޯގެ ފައުޖުތައް އެލާޓްގައި ތިބި ކަމަށް މުޙައްލިލުން ފާހަގަ ކުރެއެވެ. އެހެންނަމަވެސް ނޭޓޯއިން މޮސްކޯއަށް ޙަމަލާ ދީފިނަމަ ދެން ނުކުންނާނެ ނަތީޖާ މާ ނުރައްކާ ވާނެކަން ނޭޓޯ އަށް އެނގެއެވެ. ސަބަބަކީ ރަޝިއާ އިން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ ކަމަށް އެ ޤައުމުން ބުނާތީއެވެ. އެހެންކަމުން އެނަލިސްޓުން ބުނަނީ ރަޝިއާއިން ނޭޓޯގެ ވައިގެ ސަރަޙައްދު “ފަޅައިލިޔަސް” ނޭޓޯއިން އަދިވެސް ދޭނީ އިންޒާރުތައް ކަމަށާއި، ކުރާނީ މަޝްވަރާ ކަމަށެވެ.

ދުނިޔޭގެ އެންމެ ހަލުވި ޖެޓުތައް ވެސް ތިބީ ރަޝިއާގައެވެ. ރަޝިއާގެ އެންމެ ޒަމާނީ ޖެޓުތައް ސިކުންތަކު ގާތްގަނޑަކަށް 840 މީޓަރަށް (ކިންޒާލް ހައިޕަރސޮނިކް މިސައިލް ފަދަ ޒަމާނީ ހަތިޔާރާއި އެކު) ދަތުރުކުރެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%