ހުޅުމާލޭގައި ތޫނު އެއްޗަކުން މީހަކަށް ޙަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.
ފުލުހުން ބުނީ އޭނާއަށް ޒަހަމްވެގެން ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމުގެ ރިޕޯޓު ލިބުނީ މިއަދު 12:45 ހާއިރު ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މި މާރާމާރީގައި އަނިޔާވެފައި ވަނީ ހުޅުމާލެ ފޭސް1 ގައި ހުންނަ ފިހާރައެއްގައި މަސައްކަތް ކުރާ ނޭޕާލް އަންހެނަކަށެވެ.
އަނިޔާވި މީހާގެ އުމުރަކީ 21 އަހަރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މި މައްސަލަ ތަހުގީގުކުރަމުން ދާއިރު، އެނގިފަިވާ ގޮތުގައި އަނިޔާ ވެފައި ވަނީ އޯސީސީ ފިހާރައިގެ އަންހެން ކޭޝިއަރަށެވެ.
މި ޙަމަލާ ދިނީ ކާކު ތޯ އާއި، ސަބަބާއި އަދި ނޭޕާލްގެ އަންހެން މީހާ އަށް ލިބިފައިވާ ގެއްލުމެއްގެ ތަފްޞީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.