ޣައްޒާގައި މުސްލިމު ނަސްލެއް ނައްތާލުމަށްޓަކައި ޔަހޫދީން މަސައްކަތްކުރާތީވެ، އެ ކަންކަމާއި ފިކުރުކުރުމަށްފަހު ހުޅަނގުގެ ކާފަރުން އިސްލާމް ދީނަށް ވަންނަން ފަށައިފިއެވެ.
ހުޅަނގުގެ ކާފަރުން އިސްލާމް ދީނަށް ވަންނަމުންދަނީ ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި ޔަހޫދީން ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތަކުގެ ކުރިމަތީގައި ޣައްޒާގެ މުސްލިމުން އެ ދައްކަމުން ގެންދާ ސާބިތުކަމާއި، އެ މީހުންގެ އީމާންތެރިކަން ފެނި، މާތް ކީރިތި މޫރިތި އިލާހަކީ ޙައްޤު ގޮތުގައި އަޅުކަންކުރަން ޖެހޭ ހަމަ އެކަނި ފަރާތް ކަމަށް އެ މީހުންގެ ހިތަށް ތަޞައްވަރުކުރެވޭތީއެވެ. އެހެންވެ އެތައް ބަޔަކު މިހާރު މާތްވެގެންވާ އިސްލާމް ދީން ޤަބޫލުކޮށްފިއެވެ.
މީގެތެރެއިން ފާހަގަކޮށްލެވޭ އެއް މިސާލަކީ އެމެރިކާގެ އެކްޓިވިސްޓް މެގަން ރައިސް އިސްލާމް ދީން ޤަބޫލުކުރުމެވެ. އޭނާ އިސްލާމްވީ ފަލަސްޠީނުގެ މީހުންގެ އީމާންތެރިކަމާއި ހިތްވަރުންނެވެ.
ޣައްޒާ ހަނގުރާމައާއި ގުޅިގެން އިސްލާމް ދީން ޤަބޫލުކުރި އެމެރިކާގެ މަޝްހޫރު އެކްޓިވިސްޓް މެގަން ރައިސް. / ފޮޓޯ: ސޯޝަލް މީޑިއާ
ހުސްވި ހަފްތާގައި އޮސްޓްރޭލިއާ އިން ވެސް ގާތްގަނޑަކަށް 30 އަންހެނުން އިސްލާމް ދީން ޤަބޫލުކޮށްފިއެވެ. އެ މީހުން އިސްލާމް ދީނަށް ވަނީ މެލްބަންގެ މީޑޯ ހައިޓްސް މިސްކިތުގައި ކަމަށާއި، އީމާންތެރިކަން ހިތަށް ވަނީ އެއްގަމުންނާއި ވައިގެމަގުން އެވަރަށް ބޮން އަޅާއިރުވެސް ޣައްޒާ މުސްލިމުންގެ އީމާންތެރިކަން ފެނި، ޙަޤީޤީ އިލާހަކީ މާތް ﷲ ކަމަށް އެ މީހުންގެ ހިތަށް ވަދެ އެކަން ބުއްދިން ޤަބޫލުކުރެވިގެންނެވެ.
އެމެރިކާއިން މިހާރު މަސައްކަތް ކުރަމުން ދަނީ ޓިކްޓޮކްގައި ޔަހޫދީންނަށް ދެރަވާފަދަ ކޮންޓެންޓްތައް ލިމިޓް ކުރުމަށް ކަމަށް ވެސް ބައެއް ނުރަސްމީ ޗެނަލްތަކުން ބުނެއެވެ.
ޣައްޒާ ހަނގުރާމައިގެ ސަބަބުން ޔޫރަޕްގައި އިސްލާމް ދީނަށް ވަންނަ މީހުންގެ ޢަދަދު 400 ޕަސަންޓް މައްޗަށް އަރާފައި ވާއިރު، ފާހަގަކޮށްލަން ޖެހޭ ޙަޤީޤަތަކީ ޓިކްޓޮކް ފަދަ އެޕްލިކޭޝަންތަކުން ދައްކާ ޣައްޒާގެ މަންޒަރުތަކުގެ ސަބަބުން ކާފަރުންގެ ހިތްތައް ބަދަލުވެ އެ މީހުން އިސްލާމްދީނަށް ވަންނަމުންދާ މި ދަނޑިވަޅުގައި އެމެރިކާއިން މިހާރު އުޅެނީ ޓިކްޓޮކަކީ އެމެތިކާގެ މިލްކަކަށް ހެދުމަށް މަސައްކަތް ފަށަފައެވެ. ރައީސް ޓްރަމްޕް ވަނީ އެ ކަމުގައި ޗައިނާ އާއި މަޝްވަރާ ކޮށްފައެވެ.