Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މީޑިއާ ކޮމިޝަނުގެ މަގާމުތަކަށް ކުރިމަތިލުމަށް އީސީން ހުޅުވައިލައިފި

މީޑިއާ ކޮމިޝަނުގެ މަގާމުތަކަށް ކުރިމަތިލުމަށް އީސީން ހުޅުވައިލައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
258 ދުވަސް ކުރިން - 26 ސެޕްޓެންބަރު 2025 11:47
ނޫސްވެރިންތަކެއް: ފޮޓޯ/ ސޯޝަލް މީޑިއާ
ނޫސްވެރިންތަކެއް: ފޮޓޯ/ ސޯޝަލް މީޑިއާ
ޚުލާސާ

އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެމްބަރުންނާއި މީޑިއާތައް ތަމްސީލުކުރާ ދެ މެމްބަރުން ހޯދުމަށް.

އަލަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

އިލްކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހުގެ މެންދުރު 14:00 އާއި ހަމައަށް ހުޅުވާލާފައިވާ ކަަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެމްބަރުންނާއި މީޑިއާތައް ތަމްސީލުކުރާ ދެ މެމްބަރުން ހޯދުމަށެވެ.

Advertisement

Advertisement 1

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތަކަކީ:

  1. ދިވެހި ރައްޔިތަކު ކަމުގައިވުން
  2. އުމުރުން 30 އަހަރު ވެފައިވުން
  3. ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން، ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ މީހެއްކަމުގައިވުން
  4. މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ކަމުގައި ނުވަތަ އެޑިޓަރެއްގެ މަގާމު އަދާކުރަމުންދާ މީހަކު ކަމުގައި ނުވުން
  5. ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން
  6. ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން
  7. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  8. މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  9. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން
  10. ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  11. ކޮމިއުނިކޭޝަނާއި މީޑިއާގެ ހިދުމަތް ދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހެއް ކަމުގައި ނުވުން

އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ، އިލެކްޝަންސް ކޮމިޝަންގެ އޮފީސް (ޕޯޓް ކޮމްޕްލެކްސް ފަސް ވަނަ ފަންގިފިލާ، ހިލާލީމަގު) އަށެވެ. އިލެކްޝަންސް ކޮމިޝަނުން މި ތަކެތި ބަލައިގަންނާނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިިގެން މެންދުރުފަހު 14:00 އާއި ހަމައަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ ކޮންމެ ދުވަހަކު މެންދުރުފަހު 15:00 އިން ފެށިގެން ހަވީރު 17:00 އާއި ހަމައަށެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 11 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން ހަވީރު 16:00 އާއި ހަމައަށެވެ. އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ކުށުގެ ރެކޯޑަކީ މި މަހުގެ 24 ވަނަ ދުވަހުގެ ފަހުން ސާފުކޮށްފައިވާ ރެކޯޑަކަށް ވާންވާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މި އިންތިހާބުގައި ވޯޓުލެވޭނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކޮންމެ މީޑިއާއަކުން އެކަކަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ގެޒެޓުކުރި ގަވައިދުގައި ވަނީ ބުނެފަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

4 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

5 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

6 ދުވަސް ކުރިން - 12:12

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން ރޫޅާލައިފި؛ ޔާމީނުގެ ޕީއެންއެފް ސަލާމަތްވީ ކިރިޔާ

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން އުވާލައިފި

7 ދުވަސް ކުރިން - 18:13

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

ހިތަދޫ-އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި 4122 މީހުންނަށް ވޯޓުލެވޭނެ!

17 ދުވަސް ކުރިން - 14:14

ތަކުރާރުކޮށް ހިލާފުވުމުން އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް ޖޫރިމަނާކޮށްފި

ތަކުރާރުކޮށް ހިލާފުވުމުން އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް ޖޫރިމަނާކޮށްފި

31 ދުވަސް ކުރިން - 16:41