ކެޓްރީނާ ކައިފާއި ވިކީ ކޯޝަލަށް އަލަތު ދަރިއަކު ލިބޭކަމުގެ އުފާވެރި ހަބަރު

އައިޝަތު ރުވާ ރިފްޢަތު | 23 ދުވަސް ކުރިން - 23 ސެޕްޓެންބަރު 2025 23:56
ކެޓްރީނާގެ އިންސްޓަރގުރާމް އެކައުންޓަށް ދޫކޮށްލާފައިވާ ރީތި ފޮޓޯ
ކެޓްރީނާގެ އިންސްޓަރގުރާމް އެކައުންޓަށް ދޫކޮށްލާފައިވާ ރީތި ފޮޓޯ
ޚުލާސާ

މިހާރު އެމީހުންގެ ކައިވެންޏަށް ގާތްގަނޑަކަށް ތިން އަހަރު ވެފައިވާއިރު، ކެޓްރީނާ ވިހާނެ ކަމަށް ބުނެފައިވަނީ މި ފެށޭ އޮކްޓޫބަރު މަހުގައި.

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް އާއި އެކްޓަރު ވިކީ ކޯޝަލް އަށް އަލަތު ދަރިއަކު ލިބެން އުޅޭ ކަމުގެ އުފާވެރި ހަބަރު، ކެޓްރީނާ އެންމެ ފަހުން ވަނީ އޭނާގެ އަމިއްލަފުޅަށް ހާމަކޮށްފަ އެވެ. މި ހަބަރަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް ފޭނުންނާއި ސަޕޯޓަރުން އިންތިޒާރުކުރަމުން އައި ހަބަރެކެވެ.

މީސް މީޑިއާ މެދުވެރިކޮށް ކެޓްރީނާ މިކަން ކަށަވަރު ކޮށްދީފައި ވަނީ އޭނާގެ އިންސްޓަރގުރާމް އެކައުންޓަށް ދޫކޮށްލާފައިވާ ރީތި ފޮޓޯއަކުންނެވެ. މިފޮޓޯގައި، ވިކީ ކެޓްރީނާގެ ބަނޑުގައި ހިފަހައްޓައިގެން ހުއްޓައި ފެނިގެންދެއެވެ. ފޮޓޯއާއެކު ކެޓްރީނާ ލިޔެފައިވަނީ އެމީހުންގެ ދިރިއުޅުމުގެ އެންމެ ރަނގަޅު ބާބު ފަށަން އުޅެނީ ކަމަށެވެ.

ފާއިތު ވެގެން ގޮސްފައިވާ މަސްތަކުގައި މި ދެމަފިރިންގެ ގިނަ ފޮޓޯތަކާއި ވީޑިއޯތައް މީސް މީޑިއާގައި ކެޓްރީނާ ބަނޑު ބޮޑު ކަމަށް ބުނެ ވަނީ ފެތުރިފަ އެވެ. އެހެންކަމުން، އެމީހުންނަށް ސަޕޯޓް ކުރާ ގިނަ ފަރާތްތަކުން މިފަދަ އުފާވެރި ހަބަރަކަށް އިންތިޒާރު ކުރަމުން އައިސްފައިވާތާ އެތަކެއް ދުވަހެއް ފަހުން މިވަނީ ޔަގީންކަމާއެކު މި ހަބަރު ލިބިފަ އެވެ.

ކެޓްރީނާއާއި ވިކީ ކޯޝަލް އެންމެ ފުރަތަމަ ދިމާވެފައިވަނީ 2019 ވަނަ އަހަރު ބޭއްވި ޝޯއެއްގެ ތެރެއިންނެވެ. އެ ޝޯގައި ވިކީ މަޖަލަކަށް ކެޓްރީނާގެ ގާތު ރައްޓެހިވާން އެދުނެވެ. މި ދެތަރިން ގުޅިގެން އުޅޭ ކަން އެތައް ދުވަހެއް ވަންދެން ސިއްރު ކުރެވިފައި ވީނަމަވެސް، އާއިލީ އެއްވުންތަކުގަ އާއި ދެމީހުން އެކަނިވެސް އެކި ތަންތަނުން ފެނިގެން ގޮސްފައިވެ އެވެ.

މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން 2021 ވަނަ އަހަރު ރަސްމީކޮށް އިއުލާން ކޮށްފައިވާއިރު، އެ އަހަރުގެ ޑިސެމްބަރ މަހުގެ ނުވަ ވަނަ ދުވަހު އާއިލާ އާއި ގާތް ރައްޓެހިންނަށް ދައުވަތު ދީގެން ބޮޑު ހަފްލާއެއް ބާއްވައި ކައިވެނިކޮށްފައިވެ އެވެ. މިހާރު އެމީހުންގެ ކައިވެންޏަށް ގާތްގަނޑަކަށް ތިން އަހަރު ވެފައިވާއިރު، ކެޓްރީނާ ވިހާނެ ކަމަށް ބުނެފައިވަނީ އަންނަ އޮކްޓޫބަރު މަހުގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%