މުލަކު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅާ އިމާރާތުގެ ބިންގާ އަޅައިފި އެވެ.
މުލަކު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅާ އިމާރާތުގެ ބިންގާ އަޅާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މުލަކުގައި ތަރައްގީކުރާ ހޮސްޕިޓަލުގެ ބިންގާ އަޅުއްވާދެއްވާފައިވަނީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.
މުލަކުގައި ތަރައްގީކުރާ ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އަށެވެ. ރައީސްގެ މި ދަތުރުފުޅުގައި، ރަށްރަށުގައި ތަރައްގީގެ އެކި މަޝްރޫއުތައް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅުގައި މ. އަތޮޅުގެ އަށްރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ މ. އަތޮޅު ދިއްގަރު، މަޑުއްވަރި، ރަތްމަންދޫ، ވޭވަށް، މުލައް، ކޮޅުފުށި، ނާލާފުށި އަދި މުއްޔެވެ.