Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަރުކާރުންވީ ހުރިހާ ވައުދެއް ފުއްދައިދިނުމަށް އިސްކަންދޭނަން: ރައީސް

ސަރުކާރުންވީ ހުރިހާ ވައުދެއް ފުއްދައިދިނުމަށް އިސްކަންދޭނަން: ރައީސް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
344 ދުވަސް ކުރިން - 21 ސެޕްޓެންބަރު 2025 13:24
ދަރަނބޫދޫ ޖަލްސާގައި ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ: ފޮޓޯ/ ރައީސް އޮފީސް---
ދަރަނބޫދޫ ޖަލްސާގައި ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ: ފޮޓޯ/ ރައީސް އޮފީސް---
ޚުލާސާ

ރައީސް މި މޭރުމުން ވިދާޅުވެފައިވަނީ، ދަރަނބޫދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވުން.

ސަރުކާރުންވީ ހުރިހާ ވައުދެއް ފުއްދައިދިނުމަށް އަދި އިތުރު މަސައްކަތްތައް ކޮށްދިނުމުގައި ހާއްސަ އިސްކަންދެއްވައިގެން މަސައްކަތްކުރަމުން ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މި މޭރުމުން ވިދާޅުވެފައިވަނީ، އެމަނިކުފާނު ފ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިިން އެ އަތޮޅުގެ ދަރަނބޫދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވުންނެވެ.

މީގެ ތެރޭގައި އެ ރަށުގެ ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށިގެން ގޮސްފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.

Advertisement

Advertisement 1

ސިއްހީ ދާއިރާ ތަރައްގީކުރުމަށް ދަރަނބޫދޫގެ ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ ސަބަބުން، އެ ރަށުގެ ސިއްހީ މަރުކަޒަށް ބޭނުންވެފައި ހުރި ހުރިހާ ކަންތައްތަކެއް ފުރިހަމަކޮށްދިނުމުގެ ޖާގަ އަދި ވަސީލަތް އިތުރުވެގެންދާނެ ކަމަށާއި، އެތަނުގެ ހިދުމަތް 16 ގަޑިއިރަށް ހިދުމަތް ބަދަލުކުރެވިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. މީގެ އިތުރުން އެ ރަށުގެ ސިއްހީ ހިދުމަތް ވަރުގަދަކޮށް ދިނުމަށްޓަކައި، ނަރުހެއް އިތުރުކުރުމަށް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ނަރުހެއް ނެގުމަށް އިއުލާންކުރަން ސަރުކާރުންދޭންޖެހޭ ހުއްދަ ދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ތައުލީމީ ދާއިރާއަށް ބަލާލާއިރު، އެ ރަށުގެ ސްކޫލަށް މަލްޓި ޕާޕަސް ހޯލެއްގެ މުހިއްމުކަމަށް ރައީސް ވަނީ އަލިއަޅުއްވާލައްވައިފަ އެވެ. އެގޮތުން މަލްޓީ ޕާޕަސް ހޯލެއްގެ އިތުރުން ތިން ކްލާސްރޫމް ވެސް އެ ސްކޫލަށް ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ މަސައްކަތް އަވަސް މުސަތަގުބަލެއްގައި ފައްޓަވައިދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވިދާޅުވި އެވެ.

ކުޅިވަރުގެ ދާއިރާއިން އެ ރަށުގައި ފުޓްބޯޅަ ދަނޑެއް ހެދުމާއި، ވޮލީ ކޯޓެއް އެޅުމާއި، ފިޓްނެސް އެންޑް ރީކްރިއޭޝަން ސެންޓަރެއް ހެދުމުގެ މަސައްކަތަކީ އެމަނިކުފާނު ވެލެއްވި ވައުދުފުޅެއްކަން ހަނދާންކޮށްދެއްވަމުން ރައީސް ވިދާޅުވީ ފިޓްނެސް އެންޑް ރީކްރިއޭޝަން ސެންޓަރުގެ މަޝްރޫއުއާއެކީ އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ވަރަށް އަވަސް މުސްތަގުބަލެއްގައި ފެށިގެންދާނެކަމަށެވެ. އަދި އެ ރަށު ފުޓް ބޯޅަ ދަނޑުގެ މަސައްކަތްވެސް ވަރަށް އަވަސް މުސްތަގުބަލުގައި ފެށިގެންދާނެކަމަށާއި، އެ ދަނޑުވެގެންދާނީ ރޭގަނޑުގެ ވަގުތުގައި ކުޅެވޭގޮތަށް ލައިޓްޖަހައިގެން ތަރައްގީކުރެވޭ ދަނޑަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފުޓްބޯޅަ ދަނޑާއެކު ރައްޔިތުންގެ އެދުމުގެ މަތިން ދުވާ ޓްރެކެއްވެސް ތަރައްގީކޮށްދެއްވާނެ ކަމަށާއި، ވަކި މަޝްރޫއުއެއް ގޮތަށް ހިމަނައިގެން އެ ރަށުގައި ބެޑްމިންޓަން ކޯޓެއް ތަރައްގީކޮށްދެއްވާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ފުލުހުންގެ ހިދުމަތް ނެތް 39 ރަށެއް މިއަހަރު ފެށުނުއިރު ރާއްޖޭގައި އޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވެފައިވަނީ، ގިނަ ރަށްތަކެއްގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާކަމަށާއި މިއަހަރުގެ ތެރޭގައި ދަރަނބޫދޫގައި ވެސް ފުލުހުންގެ މަރުކަޒެއް ގާއިމުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތްކުރަނީ މިގޮތަށްހުރި ހުރިހާ ރަށެއްގައި މިއަހަރުގެ ތެރޭގައި އަދި ބާކީ ގާތްގަނޑަކަށް 15 ވަރަކަށް ރަށް އެބައުޅޭ. ހުރިހާ ރަށެއްގައި އަމަލީގޮތުން ފުލުހުންގެ މަރުކަޒު އެޅުމުގެ މަސައްކަތް ފަށަން." ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ދަރަނބޫދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް ފެންވަރު ރަނގަޅުގޮތެއްގައި ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފަ އެވެ.

ފ. ދަރަނބޫދޫރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

1 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

1 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

1 ގަޑިއިރު ކުރިން - 16:42

މަގުމަތީގެ ނިޒާމަށް ބޮޑެތި ބަދަލުތަކާއި އެކު އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި

ހަރުކަށި އުސޫލުތަކާއެކު އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި

2 ގަޑިއިރު ކުރިން - 15:43

ފަޅުރަށްރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި؛ ކުލީގެ ރޭޓުތަކަށް ބޮޑު ބަދަލެއް

ފަޅުރަށްރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި

3 ގަޑިއިރު ކުރިން - 15:12

ރިސޯޓުތަކުން 40 ޕަސެންޓު މާރުކުރިޔަސް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ: ރައީސް

ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހުނަސް، މުވައްޒަފުންނަށް ޑޮލަރުން މުސާރަ

3 ގަޑިއިރު ކުރިން - 14:46