ދަރަނބޫދޫ ސިއްހީ މަރުކަޒުގެ އަލަށް އިތުރުކުރެވޭ ބަޔާއި، ފިޓްނެސް ސެންޓަރުގެ ބިންގާ އަޅައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 10 ދުވަސް ކުރިން - 21 ސެޕްޓެންބަރު 2025 10:56
ދަރަނބޫދޫ ފިޓްނެސް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް---
ދަރަނބޫދޫ ފިޓްނެސް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް---
ޚުލާސާ

ރައީސްގެ މި ދަތުރުފުޅުގައި ފ. އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި. އެއީ ފ. އަތޮޅު ފީއަލި، ބިލެތްދޫ، މަގޫދޫ، ދަރަނބޫދޫގެ އިތުރުން ނިލަންދޫ.

ފ. ދަރަނބޫދޫ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރެވޭ ބަޔާއި، ފިޓްނެސް އެންޑް ރީކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި އެވެ.

ދަރަނބޫދޫ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރެވޭ ބަޔާއި، ފިޓްނެސް އެންޑް ރީކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ ތެރެއިންނެވެ.

އެގޮތުން ދަރަނބޫދޫ ސިއްހީ މަރުކަޒުގެ އަލަށް އިތުރު ކުރެވޭ ބައިގެ ބިންގާ އަޅުއްވާދެއްވާފައިވަނީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ. އަދި ފިޓްނެސް އެންޑް ރީކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވާދެއްވާފައިވަނީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ފ. އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ފ. އަތޮޅު ފީއަލި، ބިލެތްދޫ، މަގޫދޫ، ދަރަނބޫދޫގެ އިތުރުން ނިލަންދޫއަށެވެ. ރައީސްގެ މި ދަތުރުފުޅުގައި، އެކި ރަށްރަށުގައި ތަރައްގީއަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫއުތައް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސްގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%