ފުލިދޫގެ ސިއްހީ މަރުކަޒާއި ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 29 ދުވަސް ކުރިން - 19 ސެޕްޓެންބަރު 2025 19:55
ރައީސް މުއިއްޒު ވ. އަތޮޅު ފުލިދޫއަށް ވަޑައިގެން އެ ރަށުގައި ދެ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުން: ފޮޓޯ/ ރައީސް އޮފީސް---
ރައީސް މުއިއްޒު ވ. އަތޮޅު ފުލިދޫއަށް ވަޑައިގެން އެ ރަށުގައި ދެ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުން: ފޮޓޯ/ ރައީސް އޮފީސް---
ޚުލާސާ

މި ދެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިހާރު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފުލިދޫއަށް ވަޑައިގެން.

ފުލިދޫގެ ސިއްހީ މަރުކަޒުގެ އާ އިމާރާތާއި އެ ރަށު ބަނދަރުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

މި ދެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިހާރު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފުލިދޫއަށް ވަޑައިގެންނެވެ. އެކަމަށްޓަކައި މިއަދު ފުލިދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ ރަށު ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

ފުލިދޫގެ ސިއްހީ މަަރުކަޒުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ ނިމިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 27 މިލިއަން ރުފިޔާއަށެވެ.

ފުލިދޫ ބަނދަރުގެ މަސައްކަތް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. މި މަޝްރޫއުއަކީ ވެސް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. މިއީ އެ ރަށު ރައްޔިތުން ކުރަމުން އައި ދިގު އިންތިޒާރެއްގެ ނިމުމެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%