ބޮޑުތަކުރުފާނުމަގު ފުޅާކުރުމަށް ހިއްކާ ސަރަހައްދުގެ 90 އިންސައްތަ މަސައްކަތް ނިމިއްޖެ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 29 ދުވަސް ކުރިން - 19 ސެޕްޓެންބަރު 2025 19:57
އެމްޓީސީސީން މާލޭ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތްކުރަނީ: ފޮޓޯ/ އެމްޓީސީސީ---
އެމްޓީސީސީން މާލޭ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތްކުރަނީ: ފޮޓޯ/ އެމްޓީސީސީ---
ޚުލާސާ

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ ސަރަހައްދުގެ ބިން ހިއްކުމުގެ 90 އިންސައްތަ މަސައްކަތް ވަނީ ނިމިފައި.

މާލޭ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެމްއެމްއޭ ކުރިމަތި ހަތަރު ލޭނަށް ފުޅާކުރާ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

މިކަން ހާމަކޮށް އެމްޓީސީސީން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ ސަރަހައްދުގެ ބިން ހިއްކުމުގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މީގެއިތުރުން، އެ ސަރަހައްދުގެ ޝީޓްޕައިލްތައް ވަރުގަދަ ކުރުމުގެ ގޮތުން ޖަހާ އެންކާ ބްލޮކްތައް ޖެހުމުގެ މަސައްކަތް ނިމިފައިވާކަމަށާއި، އަދި 132 މީޓަރު ސަރަހައްދެއްގައި ޝީޓްޕައިލްކުރުމުގެ މަސައްކަތްވެސް ނިމިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

މި މަސައްކަތް ކަނޑައެޅިފައިވާ ތާވަލާއެއްގޮތަށް ކުރިއަށްދާކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، ނިމިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އެވެ. މި މަޝްރޫއު އެކުންފުންޏާ ހަވާލުކޮށްފައިވަނީ 144,509,024.16 ރުފިޔާ އަށް ޖުމުލަ 455 ދުވަސްތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ މަގުގެ އުތުރުފަރާތުން ހަތަރު ލޭނަށް މަގުފުޅާކުރުމާއި 830 މީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%