ދަރިންގެ ސިއްހަތަށްޓަކައި ބޭން ކުރި ވޭޕްގެ ގާނޫނު އުވާލާނަން: ފައްޔާޒް

އައިޝަތު ޝިފްނާ ހުސައިން | 31 ދުވަސް ކުރިން - 18 ސެޕްޓެންބަރު 2025 23:57
އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާއިލް.--ފޮޓޯ: މިހާރު
އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާއިލް.--ފޮޓޯ: މިހާރު
ޚުލާސާ

ރާއްޖޭގައި ވޭޕް ބޭން ކުރުމުގެ ސަބަބުން އެތަށް ބައެއްގެ ސިއްހަތް ރައްކާތެރިކޮށް ބެހެއްޓުމަށް މަފގުފަހިވޭ.

މި ސަރުކާރުން ދަރިންގެ ސިއްހަތާއި ސަލާމަތައްޓަކައި ވޭޕް ބޭންކޮށް، ޑިއުޓީ ކުޑަކުރި ސިނގިރޭޓުގެ ގާނޫނު އުވާލާނެ ކަމަށް އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާއިލް ބުނެފި އެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ފައްޔާޒް ބުނީ އެމްޑީޕީން އަނެއްކާވެސް ވެރިކަމަށް އައިސް ރައީސް ޑރ. މުހައްމަދު މުއިއްޒު ގާނޫނަށް ގެނެސްފައިވާ ބަދަލުތައް އުވާލާނެކަމަށެވެ.

ރާއްޖެއިން ވޭޕް މަނާކުރަން ރައީސް ނިންމެވީ ރާއްޖޭގައި ވޭޕްގެ ބޭނުންކުރުން އިތުރުވަމުން ދިއުމާ ގުޅިގެން، ހާއްސަކޮށް ޒުވާނުންގެ މެދުގައި މި އާދަ ފެތުރެމުންދާތީ އެވެ. މި ނިންމެވުމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ސިއްހަތަށް ކުރިމަތިވެފައިވާ ނުރައްކަލުން ސަލާމަތްވުމަށް މަގުފަހިވެ އެވެ.

ސަރުކާރުން ވެސް ބުނެފައި ވަނީ އެ ނިންމެވުންތަކަކީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަދުކޮށް، ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.

ރައީސްގެ ނިންމެވުމުގައިވާ ގޮތުން، 15 ނޮވެމްބަރ 2024 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން މަނާވާނެ އެވެ. މީގެ އިތުރުން، 15 ޑިސެމްބަރ 2024 އިން ފެށިގެން ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުންވެސް މަނާވާނެ އެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

އާނަ

30 ދުވަސް ކުރިން - 18:38

ތިއީ ވ. ދެރަކަމެއް